ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ޙަމީދާއި، ފަނޑިޔާރު އަބްދުﷲ ދީދީ އާއި، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ފަނޑިޔާރުކަމަށް ކަމުނުދާ ކަމަށް ދޭހަވާފަދަ މޭރުމަކުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެމްބަރު އަލްއުސްތާޛު އިމްތިޔާޒް ފަހުމީ ވާހަކަ ދައްކަވައިފިއެވެ.
ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު ބޮޑު އަމުރާއި ގުޅިގެން އުފެދިފައިވާ ބޮޑު ބަޙުސްގައި، އިންތިގެ ރައްދު މިތިން ފަނޑިޔާރުންނަށް އަމާޒުކުރެއްވީ އިންތި ކުރިން ފަނޑިޔާރު ޢަލީ ޙަމީދާއި، ބެހޭ ގޮތުން ދެއްކެވި ވާހަކަތަކެއްގެ ވީޑިއޯ ޙައިލަމް ޓްވީޓް ކުރެއްވުމުންނެވެ. ޙައިލަމް އެގޮތަށް ޓްވީޓް ކުރެއްވީ، ފަނޑިޔާރު އަލީ ޙަމީދު ރައީސް ޔާމީންގެ ވެރިކަމުގައި ހައްޔަރު ކުރުން ގޯސްކަމަށް އިންތި ވިދާޅުވެފައި ވާތީއެވެ.
އެ ވީޑިއޯ ގައި އިންތި ވިދާޅުވަނީ، ފިލްމު ކުޅޭ ފަނޑިޔާރުން ހިމާޔަތް ކުރުމަށް ދަޢުލަތުގެ އެއްވެސް މުއައްސަސާއަކުން ނޫޅުމަށް މަޖިލީހުގެ ޖަލްސާއެއްގައި ދަންނަވާފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ފަނޑިޔާރެއް މުސްލިމް އުންމަތެއްގެ މައްޗަށް ޝަރީޢަތް ކުރަށްވަން އެބައިންނެވި ކަމަށް އެ ވީޑިއޯގައި އިންތި ވިދާޅުވެއެވެ. އަދި އެކަން ނިމުމަކަށް ގެންނާނެ ކަމަށްވެސް އިންތި ވިދާޅުވެފައިވެއެވެ.
ޙައިލަމަށް ރައްދު ދެއްވަމުން އިންތި ވިދާޅުވީ، "އަލީ ޙަމީދަކީ ވެސް، ޢަބްދުﷲ ދީދީ އަކީ ވެސް އަދި ހައިލަމަކީ ވެސް ފަނޑިޔާރުކަން ކުރުމުގައި އިނދެވިގެންވާނޭ ބައެއް ނޫން." ކަމަށެވެ. އަދި ޙައިލަމް ތިޔަ ކިޔަނީ ކީކޭތޯ އިންތި ވަނީ ސުވާލު ކުރަށްވާފައެވެ.
ޖަވާބުގައި ޙައިލަމް ވިދާޅުވީ، ފަނޑިޔާރުކަމުގައި ތިބެވޭނީ އިންތިމެންގެ ސިޔާސީ ޙަރަކާތްތަކަށް ވާގިދީ އެކަންކަމަށް މަގުފަހިވާނޭހެން ސިޔާސީ ޑީލް ހައްދަވާ ބޭފުޅުންނަށްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި 1 ފެބްރުއަރީ އަމުރުން މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން ބޭނުންވި ނަތީޖާ ޙާޞިލްވިނަމަ ޢަލީ ޙަމީދު މިއަދުވެސް ހުންނާނީ އެމަޤާމުގައި ކަމަށް ޙައިލަމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން، ފެބްރުއަރީ 1 ގައި ސިޔާސީ ފަރާތްތަކެއް މިނިވަން ކުރުމަށް އަމުރު ނެރެފައި ވަނިިކޮށް، އެ އަމުރު ތަންފީޒު ނުކުރާނެކަމަށް ސަރުކާރުން ބުނެ، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރިއެވެ. އޭގެ ފަހުން އުއްތަމަ ފަނޑިޔާރުކަމަށް ޢައްޔަން ކުރެއްވީ ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ. މީގެއިތުރުން އެ ދުވަހުގެ އަމުރު ނެރުނު ބެންޗުގައި ތިއްބެވި އަނެއް ތިން ފަނޑިޔާރުން ފަހުން ވަނީ ކުރިން ނެރުނު އަމުރުގެ ބައެއް ބައިތައް ބާތިލް ކޮށް އެހެން އަމުރެއް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު