އިސްލާމް ދީނުގެ ޢިލްމުވެރިން އިސްވެ އުފައްދަވާފައިވާ ޢަދާލަތު ޕާޓީއަށް ދަޢުލަތުގެ ބަޖެޓުން ފައިސާ ދިނުން ހުއްޓާލުމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަޙްމަދު ޝަހީދު ގޮވާލައްވައިފިއެވެ.
ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ، އެޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ކުރިމަތި ނުލެވޭގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކޮށްފައެވެ. މި އިސްލާހު އެޕާޓީން ގެނެސްފައިވަނީ، އެޕާޓީގެ ރައީސް ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ކުރިމަތިލައްވަން އުޅުއްވުމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އެކަމާ ގުޅިގެން އދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް ރެލީޖަން އޯރ ބިލީފްގެ މަޤާމުގައި ހުންނެވި ޑރ. ޝަހީދު ވިދާޅުވީ، ޢަދާލަތު ޕާޓީން އެޕާޓީގެ އެންމެ އިސް މަޤާމަށް ކުރިމަތި ލުމުގެ ޙައްޤު އަންހެނުންގެ ކިބައިން ނިގުޅައިގެންފިނަމަ އެ ޕާޓީއަށް ދަޢުލަތުގެ ބަޖެޓުން ފައިސާ ލިބުން ޙައްޤުނޫން ކަމަށެވެ.
އަދި އަންހެނުންގެ ޙައްޤުތައް ނިގުޅައިގަނެ މިންތީގެ ހަމަހަމަކަމަށް އަރައިގަންނަ ޕާޓީތަކަށް ދަޢުލަތުން ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދު ނުކުރެވޭނެ ކަމަށް ޑރ. ޝަހީދު ވަނީ ވިދާޅުވެފައެވެ.
އަންނަ ފެބުރުއަރީ 26 އަދި 27 ގައި ބާއްވާ އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުގައި އާ ދައުރަކަށް އެ ޕާޓީގެ އެކި އެކި މަގާމްތަކަށް މީހުން ހޮވާނެ އެވެ. އެ ޕާޓީން ބުނެފައި ވަނީ ޕާޓީގެ ގައުމީ މަޖިލީހުގެ ކުރިން، ޕާޓީގެ ރައީސާއި، ނައިބު ރައީސްކަމުގެ އިންތިހާބާއި، ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިހާބު މިއަހަރުގެ ތެރޭގައި ބާއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު