ކޮންމެ ދަތިޙާލަތެއްގައި ވެސް ދިވެހިން އިސްކޮށްފައިވަނީ ޤައުމީ މަސްލަޙަތާއި އެއްބައިވަންތަކަން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރްއެމުން ބުނެފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކޮންމެ ދަތިޙާލަތެއްގައި ދިވެހިން އިސްކޮށްފައިވަނީ ޤައުމީ މަސްލަޙަތާއި އެއްބައިވަންތަކަން ކަމަށާއި، ސުނާމީ ކާރިސާއާއި، ކޯވިޑް-19 ގެ މި ދަތި އުނދަގޫ ޙާލަތުގައިވެސް ދިވެހިންގެ ފަރާތުން ފެނިގެންދަނީ އެ މަންޒަރުކަމަށެވެ.
މި ދުވަސް ފާހަގަ ކުރަނީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގައިދިޔަ ހިތާމަވެރި އަދި ބިރުވެރި ހާދިސާއެއް ކަމަށްވާ ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި ރައްޔިތުން ދެއްކެވި އަޚުވަންތަކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުން ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެދުވަހުގެ އެ ނާޒުކު ދަނޑިވަޅުގައި ދިވެހި ލޮބުވެތި ރައްޔިތުން ދެއްކެވީ ދުލާއި ޤަލަމުން ބަޔާން ނުކުރެވޭ ވަރުގެ އެއްބައިވަންތަ ކަމެއް ކަމަށާއި، "ދިވެހިރާއްޖޭގެ ޤަޢުމީ އެއްބައިވަންތަ ކަމުގެ ދުވަސް" ފާހަގަކުރަނީ، އެ ދުވަހު މިދުނިޔެ އާއި ވަކިވެ ދިޔަ ދިވެހީންގެ ޒިކުރާ އާކުރުމުގެ ގޮތުންނާއި އެ ދުވަހު ދިވެހީން ދެއްކެވި އެއްބައިވަންތަކަމުން ޢިބްރަތް ލިބިގަތުމަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިފަދަ ދުވަހެއް ފާހަގަ ކުރާއިރު ސުނާމީ ކާރިސާގައި ދިވެހިރައްޔިތުން ދެއްކެވި މަތިވެރި ޤައުމީ ރޫޙުގެ ހަނދާން އާކޮށް، އެއިން ޢިބްރަތް ލިބިގަންނަން ޖެހޭ ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"އެ ދުވަހު ދިވެހި ރައްޔިތުން އިސްކުރައްވާފައިވަނީ ޤައުމީ މަސްލަޙަތާއި ޤައުމީ އެއްބައިވަންތަކަމެވެ. ޤައުމަށް ދިމާވާ މިފަދަ ކޮންމެ ދަތި އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅެއްގައި ޤައުމީ މަސްލަހަތު އިސްކޮށް، ދިވެހި ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެގޮތުން، ކޯވިޑް-19 ގެ މިހާލަތުގައިވެސް ސަރުކާރާއެކު ދިވެހި ރައްޔިތުން ދައްކުވައިދެއްވާފައިވަނީ ޤައުމީ އެއްބައިވަންތަކަމެވެ. އަދި ކޯވިޑް-19 ބަލި ޖެހޭ މީހުންގެ އަދަދު ދަށުގައި ހިފެހެއްޓިފައި މިވަނީ އެއްބައިވަންތަކާމާއެކު، އަޅުގަނޑުމެން ސަމާލުވެ ތިބެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްނުލާތީއެވެ،" އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.
2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ކާރިސާގައި މިދުނިޔެ ދޫކުރި ދިވެހީންނާއި ގެއްލުނު ދިވެހީންގެ ޖުމްލަ ޢަދަދު 104 އަށް އަރައެވެ. އެމްއާރުއެމްގެ ބަޔާނުގައި އެދުވަހު އެ ހިތާމަވެރި ކާރިސާ ގައި ވަކިވެގެން ދިޔަ އަޚުންނާއި އުޚުތުންގެ އާއިލާ ތަކަށް ތަޢުޒިޔާ ދަންނަވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު