އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް
އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް
އިދިކޮޅުން ރޭ ބޭއްވި "ވިސްނާ" ޖަލްސާގައި ފާޅުކުރި ޝުޢޫރުތަކަށް މި ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރު ފައްޔާޒް އިސްމާޢީލް ރައްދު ދެއްވައިފިއެވެ.

ރޭ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބޭއްވި "ވިސްނާ" ޖަލްސާގައި ވާހަކަ ދެއްކެވި ފަރާތްތަކުން ވަނީ ރައްޔިތުން ރަނގަޅަށް ވިސްނައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނުމަށް ގޮވާލާފައެވެ. އަދި ސަރުކާރަށް ކައުންސިލްގެ ގޮނޑިތައް ދީފިނަމަ މުޅި ޤައުމުވެސް އެއްކޮށް ފެއިލްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

އިދިކޮޅަށް ރައްދު ދެއްވަމުން މި ސަރުކާރުގެ އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ލިއުއްވާފައިފާ އާޅެމުގައި ވިދާޅުވެފައިވަނީ، ރަނގަޅަށް ވިސްނުމަށާއި، ވިސްނި ވަރަކަށް ކަންތައްތައް ސާފުވާނެ ކަމަށެވެ.

"ވިސްނާށެވެ. ފުންކޮށް ވިސްނާށެވެ. އަމިއްލައަށް ވިސްނޭށެވެ. ބަލާށެވެ. ސާފުވާނެއެވެ. ﷲގެ ރަޙްމަތް ލައްވާ ހެޔޮ ވިސްނުން ދެއްވާންދޭވެ. ވިސްނާށެވެ. އާމީން." ފައްޔާޒް ކުރެއްވި ޓްވީޓްގައި ވެއެވެ.



ފައްޔާޒްގެ ޓްވީޓްގައި އަމިއްލަ އަށް ފުންކޮށް ވިސްނުމަށް އިރުޝާދުދެއްވާފައިވާއިރު، މި ދުވަސްވަރަކީ ނަޞާރާއިންގެ ޢީދެއް ކަމަށްވާ ކްރިސްމަސް ގެ ތަހުނިޔާ މުސްލިމުން ފޮނުވުމާމެދު ރާއްޖޭގެ ދީނީ ޢިލްމުވެރިން ތަފާތު ރަޢުޔުތައް ފާޅުކުރަށްވަމުން ގެންދަވާ ދުވަސްވަރެކެވެ. އެގޮތުން ޢަދާލަތު ޕާޓީގެ ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ ކްރިސްމަސް ތަހުނިޔާ ފޮނުވާ މީހުންނަކީ އިސްލާމް ދީނުގެ ޢަދުއްވުން ކަމަށެވެ.

އަދި ފައްޔާޒާ ސިޔާސީގޮތުން އެންމެ ވާދަވެރިކޮށް ފެންނަ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކްރިސްމަސްގެ ތަހުނިޔާ ފޮނުއްވާފައިވާތީ ރައީސް ނަޝީދު ތައުބާވެ ވަޑައިގެންނެވުމަށްވެސް ބައެއް ޢިލްމުވެރިން ގޮވާލައްވާފައިވެއެވެ. މި ކަމުގައި ކުރީގެ ރައީސް މައުމޫން ނަންގަވާފައިވަނީ ރައީސް ނަޝީދުގެ ފަޅިއެވެ. ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި ފައްޔާޒުގެ ޓްވީޓަކީ ރައީސް ނަޝީދަށް އިސްލާމްދީނުގެ ކަންތައްތައް އިތުރަށް ބަލާ ހޯދުމަށް ދެއްވި އިރުޝާދެކެވެ. އަނެއް ބަޔަކު ބުނަނީ އެއީ އިދިކޮޅުން ދެއްކި ވާހަކަ ތަކާމެދު ފުންކޮށް ވިސްނުމުން އަސްލު ހަގީގަތް ހާމަވާނެ ކަމުގެ ވާހަކައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ކިނބޫ

30-Dec-2020

ބްރޯ ފައްޔާޒެއް ނޫން. އެ ދަގަނޑު ޖަނގިޔަލަށް އަހަރުމެން ކިޔަނީ ފައިބްރޯ!



ޓްރެންޑިން