ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ކިބައިގައި ޢަދުލު އިންސާފުގެ ކަންފުޅެއްވެސް ހުރިކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ތަފްސީރު ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމިނަށް ނިސްބަތް ކުރަށްވައި ޑރ. އިޔާޒް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ޖަލުގައި ބަންދުވެފައި އޮތް މީހަކާއި ދިމާއަށް މިނިވަން ހާލަތުގައި ހުރި މީހަކު އެއްޗެހި ގޮވުމަކީ ޖާހިލިއްޔަ ޒަމާނުގައި ވެސް އައިބު ކަމެއްގެ ގޮތުގައި ދެކޭ ކަމެއް ކަމަށާއި، އަދި ޓުވިޓަރގައި މީހުންނަށް އެއްޗެހި ގޮވުން ހުއްޓާލައި ހެޔޮ ޢަމަލުތައް ގިނަ ކުރުމަށް ޑރ. އިޔާޒަށް ނަސޭޙަތްތެރިވެފައެވެ.
އެކަމާގުޅިގެން ޑރ. އިޔާޒް ވިދާޅުވީ، ޑރ. ޝަހީމް ދެއްވީ ވަރަށް އަގުހުރި ނަސޭޙަތެއް ކަމަށް ޤަބޫލުކުރަށްވާ ކަމަށާއި، ނަމަވެސް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ކިބައިގައި ޢަދުލު އިންސާފުގެ ޒައްރެއްވެސް ހުރިކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.
"އަޅުގަނޑު މިހާތަނަށް 13.2 ހާސް ޓްވީޓް ކޮށްފިން. ނަމަވެސް ރައީސް ޔާމީންގެ ވާހަކައެއް ލިޔެލީމަ އެއްޗެހި ކިޔާ ކަމަށް ތިޔަ ވިދާޅުވަނީ." ޑރ. އިޔާޒް ވިދާޅުވިއެވެ.
މިހާރު ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ ރައީސް ޢަބްދުﷲ ޔާމިނަށް ނިސްބަތް ކުރަށްވައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ގައުމު އިސްލާހްކުރަން ރައީސް ޔާމީނަށް ފުރުސަތު ލިބިވަޑައިގެންނެވީމާ އެކަން ނުކުރަށްވައި މުސްކުޅި ބޭބެއާއި ތިމާއަށް ހެޔޮއެދޭ އެންމެން ޖަލަށް ލައި، އާންމުކޮށް "ބެގް ބްރޯ އޯ ސްޓީލް" ގެ ސިޔާސަތު ފެތުރުމަށް އުޅުއްވީމާ ވީ ގޮތް ކަމަށެވެެ. އަދި ހަގީގަތް އޮޅުވާ ނުލައްވާ އެކަން ގަބޫލުކުރެއްވުމަށް ޑރ. އިޔާޒު ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު