ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސްޕޯކްސްޕާސަން ހީނާ ވަލީދު
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސްޕޯކްސްޕާސަން ހީނާ ވަލީދު
އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ރޭ ބޭއްވި "ވިސްނާ" ޖަލްސާގައި، ފިލްމީ މަސައްކަތަކީ ދެރަ މަސައްކަތެއްގެ ގޮތުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ސިފަކޮށްފައިވާ ކަމަށް ބުނެ ފިލްމީ ދާއިރާގެ ބައެއް ފަރާތްތަކުން ނުރުހުން ފާޅުކޮށްފިއެވެ.

ރޭގެ ޖަލްސާގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އެންމެ ރަނގަޅަށް ކުރަށްވަން އެނގޭ ކަމަކީ ފިލްމު ޕްރޮޑިއުސް ކުރުން ކަމަށެވެ. އަދި ރައީސް ޞާލިޙް ޕްރޮޑިއުސް ކުރެއްވި ފިލްމަށް ކިޔަނީ "ލޭ ކަރުނަ" ކަމަށާއި، ރައީސް އަށް ކީރިތި ކުރެއްވެނީ އެހެންވެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

އެކަމާގުޅިގެން ރާއްޖޭގެ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ވަނީ ހީނާ މަސައްކަތްކުރެއްވީ ފިލްމީ ދާއިރާއަކީ ދެރަ ދާއިރާއެއްކަމާއި، އަދި ފިލްމީ މަސައްކަތަކީ ދަށް މަސައްކަތެއްގެ ގޮތުގައި ސިފަކޮށްދިނުމަށް ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ފަހަކަށްއައިސް ރާއްޖޭގައި އެންމެ ބޮޑަށް މަޝްހޫރުވި "ގަމިނި" ގެ ލީޑް އެކްޓަރ އަޙްމަދު އާސިމް ވަނީ ހީނާގެ އެ ޢަމަލު ކުށްވެރިކޮށް ޓްވީޓެއް ކޮށްފައެވެ.

އާސިމް ބުނެފައިވަނީ، "މީހަކު ދަށްކޮށްލާފަ ކުރިން ބުނާނީ ނަޖިސްވަޅު ސާފުކުރަން ދާށޭ، އެވެސް ބަޔަކު ކުރާ ބުރަ މަސައްކަތެއް، ކަމެއް ކުރަން ނޭންގުނީމަ ދަށްކޮށްލަން އެއްވެސް ބަޔަކަށް މަލާމާތް ކޮށްގެން ނުވާނެ،" ކަމަށެވެ.



އާސިމްގެ އިތުރުން މަޝްހޫރު ފިލްމީތަރި ޢަބްދުﷲ މުއާޒް ވެސް ވަނީ ފިލްމް ކުޅުމަކީ ވަރަށް ސަޅިކަމެއް ކަމަށާއި، އަދި ފިލްމު ޕްރޮޑިއުސް ކުރުމަކީ ވެސް ސަޅިކަމެއް ކަމަށް ބުނެ ހީނާ އަށް ރައްދު ދީފައެވެ. މުއާ އިތުރަށް ބުނެފައިވަނީ، ހީނާ ދެއްކި ވާހަކަ އަޑުއެހި ކަމަށާއި، ބުނި ރާގާއި ކުރި މަލާމާތްވެސް ދުށްކަމަށެވެ.



މިކަމާގުޅިގެން ތަޖްރިބާކާރު ޑައިރެކްޓަރ އަދި އެކްޓަރ އަޙްމަދު ނިމާލް ބުނެފައިވަނީ، ހީނާ އެފަދަ ވާހަކައެއް ދެއްކުމަށް ލަދުގަންނަން ޖެހޭނެ ކަމަށެވެ.

"ފިލްމު ކުޅޭ މީހުން ލައްވާ ފިލްމު ކުޅުވުމާއި، ފިލްމު އުފައްދާނެ ބަޔަކު ހޯދުމާ، އެ ހަދާނެ ބަޔަކު ހޯދުމާ، ގަނެވޭނެ ގޮތް ރާވާހަދާ މީހުންގެ އަނބިން ފިލްމޭ ކިޔައިގެން އަނގަ ހުޅުވަން ލަދު ގަންނަން ޖެހޭނެ." ނިމާލް ބުނެފައިވެއެވެ.

ނިމާލްގެ ވާހަކައަށް ތާޢީދުކޮށް ތަޖްރިބާކާރު ޑައިރެކްޓަރ ޓެޑްރީ ބުނެފައިވަނީ، އެއްވެސް ހައިރާކީއެއް ނެތި ކުރިއަށްދާ މީހުންނަށް ޕްރޮޑިއުސަރުންގެ ދައުރު ނޭނގޭނެ ކަމަށެވެ.

ޕީއެންސީ ގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ފިލްމީ މަސައްކަތަކީ ދެރަ މަސައްކަތަކަށް ހެދި ކަމަށް ބުނެ ފިލްމީ ދާއިރާގެ ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރަމުން ދާއިރު އިދިކޮޅަށް ތާޢީދުކުރާ ފަރާތްތަކުން ބުނަމުން ގެންދަނީ ހީނާގެ ވާހަކައިގެ މަޤްސަދަކީ ފިލްމީ ދާއިރާއަށް ބަދުބަހެއް ބުނުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ރައީސް ޞާލިޙަށް ވެރިކަން ކުރަން ނޭނގޭކަން ބުނެދިނުމަށް ހީނާ ބޭނުންކުރި ޢިބާރާތެއް ކަމަށް އިދިކޮޅު ފިކުރަށް ތާޢީދުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


3

މާސްޓަރ

02-Jan-2021

ފިލްމު ޕްރޮޑިއުސް ކުރަން މޮޅު މީހަކު އެކަމުގަ ދެމިހުރުމަކީ އެދާއިރާއަށް ލިބޭ ކުރިއެރުމަކަށް ވާނީ. އެހެންވެ ހީނާ އެބުނީ އެވާހަކަ. ފިލްމީ މަސައްކަތަކީ ދަށް މަސަކަތެއް ކަމުގަ ދެކޭ މީހުންނަށް އެކަން ކަމުނުދިޔައީތާ! އެއީ ހީނާގެ މައްސަލައެއް ނޫނެއްނު.


11

ކިނބޫ

02-Jan-2021

ފާޑު ކިޔާކަށް ނުޖެހޭ. އެކި މީހުން ކުރާނީ އެކި މަސައްކަތް. ތިމާއާ ނުއެކަށޭނަ ކަންކަމަށް މެހިގަނެ ނާގާބިލުކަން ހާމަ ކުރުމަށްވުރެ ކުރެވޭވަރު ކަމެއްގަ ދެމިހުރުމުން އަބުރުވެރިކަން ހިފެހެއްޓޭނެ. ހީނާ ދިނީ ރަނގަޅު ލަފައެއް. ހެޔޮ ނަސޭހަތެއް ދިނަސް ކަމަކުނުދޭ.


-5

ޜައީސް

30-Dec-2020

ޙީނާ ރަގަޅު. ޜާއްޖޭގެ ފިލްމުސްޓާރުން ކުރާ ރަގަޅު ކަންތައް ކޯޓްތަކުގައި ކުރިއަށް އެދަނީ. ނިމާލު ލަދުކޮބާ.


-2

ޜައީސް

30-Dec-2020

ޙީނާ ރަގަޅު. ޜާއްޖޭގެ ފިލްމުސްޓާރުން ކުރާ ރަގަޅު ކަންތައް ކޯޓްތަކުގައި ކުރިއަށް އެދަނީ. ނިމާލު ލަދުކޮބާ.


5

ޜައީސް

30-Dec-2020

ޙީނާ ރަގަޅު. ޜާއްޖޭގެ ފިލްމުސްޓާރުން ކުރާ ރަގަޅު ކަންތައް ކޯޓްތަކުގައި ކުރިއަށް އެދަނީ. ނިމާލު ލަދުކޮބާ.


10

ީއިބްރޭޭ

29-Dec-2020

ހީނާ ބުނިބަހަކު ނެއް އެއްވެސް ގޯހެއް. އެސޮރު މާ ރަނގަޅު ވާނެ ފިލްމް ކުޅުން އުޅުނީޔާ.


7

ބަދަވި

29-Dec-2020

ރައީސް ހަމަ މޮޅުވާނީ ފިލްމު ކުޅެން ރަނގަޅުވާނީވެސް ލޯބީގެ ހިތާމަވެރި ރޯލެއް


-6

މާސްޓަރ

28-Dec-2020

ކަމެއް ކުރަން ނޭގޭމީހުން ޕޯޑިއަމް ތަކަށް އެރުވީމާ ތިކަހަލަ ކޮސްވެސް ގޮވޭނެ. ވައްކަން ކުރުމާއި ވަގުން އޯކޭ ކަމަށްވެސް ވަކާލާތުކުރޭ. އެއީވެސް ފިކުރެއް.



ޓްރެންޑިން