ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ (ކ) އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ވ)
ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ (ކ) އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ވ)
އެމްޑީޕީއަކީ ޤަބީލާއެއްތޯ ސުވާލު އުފެދޭކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވެފައިވަނީ، އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް އަކީ އެމްޑީޕީގެ ބޭފުޅެއް ނޫން ކަމަށާއި، އެއީ ލިބަރަލް ޕާޓީގެ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ފައްޔާޒަށް ފާޑު ވިދާޅުވެ ބޮންޑޭ ވިދާޅުވީ ފައްޔާޒުގެ ވިސްނުމާއި އެމްޑީޕީގެ ވިސްނުމާ ދިމާ ނުވާ ކަމަށާއި އެއީ ފައްޔާޒަކީ އެމަނިކުފާނުގެ ބޭބޭފުޅު އިބްރާހީމް އިސްމާއީލް (އިބްރާ) އުފެއްދެވި ލޭބަރ ޕާޓީގެ ވިސްނުމުގެ ބޭފުޅެއް ކަމަށް ވާތީ ކަމަށެވެ.

ބޮންޑޭގެ ވާހަކަތަކާ ގުޅިގެން އަލްހާން ވަނީ އެމްޑީޕީގެ މެމްބަރުންނަށް ރައީސް ނަޝީދު ދަސްކޮށްދެއްވި ޑިމޮކްރެސީ އަކީ މިއީތޯ އާއި، އެމްޑީޕީ އަކީ ޤަބީލާއެއްތޯ ސުވާލު ކުރަށްވާފައެވެ.

ފައްޔާޒުއާ ގުޅޭގޮތުން ބޮންޑޭ ދެއްކެވި ވާހަކަތަކާ ގުޅިގެން ފައްޔާޒު ކުރިން ފުރުއްވި ގަމު ދާއިރާގެ ގޮނޑި މިހާރު ފުރުއްވަމުން ގެންދަވާ ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ވިސާމްވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކުރަށްވާފައެވެ. ވިސާމް ވިދާޅުވީ، ނިމިދިޔަ މަޖިލީހުގައި ގަމު ދާއިރާގެ ގޮނޑި މިނިސްޓަރ ފައްޔާޒް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ފުރުއްވީ ޝަރަފުވެރިކަމާއެކު ކަމަށާއި، އެއީ ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަމުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ނުގުޑާފަދަ އަޒުމެއްގައި އަނިޔާގެ ކުރިމަތީ ކުޑަކަކޫ ނުޖަހައި ސާބިތުކަމާއެކު ހުންނެވި ބޭފުޅެއް ކަމަށެވެ.

ބޮންޑޭގެ ވާހަކަތަކަށް ފައްޔާޒްވެސް ވަނީ ރައްދު ދެއްވާފައެވެ. ފައްޔާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަކީ ހަމައެކަނި އެމްޑީޕީ ވެރިކަމުގައި އޮންނައިރު ފެންނަ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ގަމު ދާއިރާގެ މެމްބަރުކަން ކުރެއްވުމުގެ އުފާ ލިބިވަޑައިގެންނެވި ކަމަށާއި، އެމްޑީޕީ އިދިކޮޅުގައި އޮތްއިރު އެ ޕާޓީގެ ހަރަކާތްތަކުން ބޮންޑޭ ފެނިވަޑައިގަތް ހަނދާނެއް ނެތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ދުވަސްވަރު ކަމަށްވާ ރައީސް ނަޝީދުގެ ވެރިކަމުގައާއި މިހާރުގެ ވެރިކަމުގައި ބޮންޑޭ އެމްޑީޕީގެ ހަރަކާތްތަކުން ފެންނަމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-14

ސުޖާޢު ހަސަން

30-Dec-2020

ކިތެންމެ މާކެޓު ކުރިއަސް ތިޔަ އަލްހާނެއް ދެނެއް ނުހިނގާނެ


-6

ޒަބީ

29-Dec-2020

ނޫން އަލަހާނު. އެއީ ޓިކެޓެއް.. އެއީ ޅަދުވަހު ވަގަށް ކޮންމެ ދުވަހަކު ގްރޫޕް ހަދާފައި ގޮސް ބޯލާ ތެޔޮބިޑިއަކަށް ކިޔާނަން. އެއީ ކަށިވިދުރިއެއް



ޓްރެންޑިން