ޑރ މުޙައްމަދު ޢިޔާޒް
ޑރ މުޙައްމަދު ޢިޔާޒް
ހޮނޑައިދޫގައި ރާބޮއިގެން ޢަމަލުވެފައި ތިބި މީހުން ޤައުމީ ޔުނިވަރސިޓީގެ ކައުންސިލްގައި އެބަތިބި ކަމަށް ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ ޤައުމީ ޔުނިވަރސިޓީގެ އަބުރާއި ޢިއްޒަތާއި ޤަދަރަށް ހީނަރުކަން ލިބޭ ގޮތަށް މީސް މީޑިޔާ މެދުވެރިކޮށް މުޚާތަބުކުރާތީ ޑރ މުޙައްމަދު ޢިޔާޒަށް ލިޔުމުން އިންޒާރުދީފައި ވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ޑރ. ޢިޔާޒަށް ޤައުމީ ޔުނިވަރސިޓީން ލިޔުމުން އިންޒާރުދީފައިވާތީ އެކަމާ ގުޅިގެން "ރަސް އޮންލައިނަށް" މަޢުލޫމާތު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ، ޔުނިވަރސިޓީގެ މިހާރުގެ ވައިސް ޗާންސެލަރ އަކީ މަޤާމުގައި ހުންނަވައިގެން އެމްޑީޕީގެ ޕްރައިމަރީގައި ކަލާފާނު ސްކޫލް ހޯލްގައި ހިންގި ހަމަނުޖެހުމުގައި ޢަމަލީގޮތުން ޙަރަކާތްތެރި ވެފައިވާ ބޭފުޅެއް ކަމަށެވެ.

"ނަމަވެސް ސިޔާސީ ކަންކަމުގައި އުޅޭކަމަށް މިވީ އަޅުގަނޑު. ހޮނޑައިދޫގައި ރާބޮއިގެން އަމަލު ވެފައިތިބި މީހުން ޔުނިވަރސިޓީ ކައުންސިލްގައި ތިބި އިރު، ޔުނިވަރސިޓީގެ އިއްޒަތަށް ނުލިބުނު ގެއްލުން މި ލިބުނީ ކްރިސްމަސް ފާހަގަކުރުމާއި ދެކޮޅަށް ވާހަކަދެއްކި ނިކަމެތި އަޅުގަނޑަށް." ޑރ. އިޔާޒް ވިދާޅުވިއެވެ.

ޔުނިވަރސިޓީން ޑރ. އިޔާޒަށް ލިޔުމުން އިންޒާރުދިނުމުގެ ގޮތުން ދީފައިވާ ލިޔުމުގައި ވަނީ، ޔުނިވަރސިޓީ ކައުންސިލުން ޢަމަލްކުރަމުން ގެންދާ، ކޮލެޖް ކައުންސިލްގެ "ކޮލެޖް ނަމުގައި ސިޔާސީ ޙަރަކާތްތައް ހިންގުމާއި ކެމްޕަސް ތެރޭގައި ސިޔާސީ ޙަރަކާތްތައް ހިންގުމާޤުޅޭ ކަންތައްތައް ކުރުމާ ބެހޭ ސިޔާސަތު"ގެ 3 ވަނަ މާއްދާގެ (ނ) އާއި ޑރ. އިޔާޒް ތަކުރާރުކޮށް ޚިލާފުވަމުންދާ ކަމަށެވެ.

އެގޮތުން ސިޔާސީ ކަންކަމުގައި ކޮލެޖް ވަކި ފަރާތަކަށް ޖެހިގެން ނުވާނެކަމަށް އެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ކަމަށާއި، އަނގަބަހުން ނުވަތަ ލިޔުމުން ސިޔާސީ ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާރޓީއަކަށް ތާއީދުކޮށް ނުވަތަ އެފަދަ ފަރާތަކާ އިދިކޮޅަށް ކޮލެޖްގެ މުވައްޒަފަކު ކޮލެޖްގެ ހައިސިއްޔަތުން އެއްވެސް އެއްޗެއް ބުނެގެން ނުވާނެ ކަމަށް އެ ސިޔާސަތުގައި ކަނޑައަޅާފައިވާ ކަމަށް ކޮލެޖްގެ އިންޒާރުގައިވެއެވެ. އަދި މުވައްޒަފަކު މިފަދަ ވާހަކައެއް ދައްކާއިރު އެވާހަކަ ދައްކަނީ، ކޮލެޖްގެ ހައިސިއްޔަތުން ވަކި ފަރާތަކަށް ތާއީދުކޮށް ނުވަތަ އިދިކޮޅަށް ކަމަށް ހީވެދާނެ ކޮންމެ ހާލަތެއްގައި އެ ވާހަކަ ދައްކަނީ އަމިއްލަ ހައިސިއްޔަތުންކަން ބުނަން ވާނެ ކަމަށާއި، ކޮލެޖްގެ ވަޒީފާގެ މަޤާމުގެ ނަން ބޭނުން ކުރަންވާނީ ހަމައެކަނި ކާކުކަން ހާމަކުރުމަށް ކަމަށް ޔުނިވަރސިޓީގެ އިންޒާރުގައި ވެއެވެ.

އަދި އެ ސިޔާސަތުގެ ދަށުން، ޑރ މުޙައްމަދު އިޔާޒްގެ ޓްވިޓަރ ހޭންޑުލްގައި ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރއެއްގެ ގޮތުގައި ޖައްސަވާފައިވާއިރު، ކުރައްވާ ސިޔާސީ ކޮމެންޓެއްކަމަށް ބެލެވިދާނޭ ކޮންމެ ޓްވީޓެއްގެ މުޤައްދިމާއެއްގެ ގޮތުގައި، ޓްވީޓް ކުރައްވަނީ އަމިއްލަ ހައިޞިއްޔަތުންކަން ފާހަގަ ނުކުރައްވައިފިނަމަ، އެއީ ސިޔާސަތާއި ޚިލާފުވުން ކަމަށް އެ އިންޒާރުގައިވެއެވެ.

މީގެ އިތުރުން ޔުނިވަރސިޓީގެ އެކަޑެމިކް މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓް ގެ 21 ގައި އަމިއްލަ ކަންތައްތަކާއި އުޅުން ބަހައްޓަންވީގޮތް ބަޔާންކުރަމުން ކޮންމެ އެކަޑަމިކް މުވައްޒަފެއްގެ ވެސް އުޅުމާއި ގުޅުން ބަހައްޓަށްވާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އަބުރާއި އިއްޒަތާއި ޤަދަރު ހިފެހެއްޓޭނޭ ގޮތަށް ކަމަށާއި، އެހެންކަމުން ޑރ މުޙައްމަދު އިޔާޒު ކުރައްވާ ސިޔާސީ ޓްވީޓްތަކާ ގުޅިގެން، ޔުނިވަރސިޓީގެ އަބުރާއި ޢިއްޒަތާއި ޤަދަރަށް ހީނަރުކަން ލިބެމުން ދާތީ، ސިޔާސަތުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް އަނގަބަހުން 21 އޮކްޓޫބަރ 2020 ވަނަ ދުވަހު އެކަން ދަންނަވައި ނަސޭހަތް ދިނުމަށް ފަހު، މި ފަހަރު ލިޔުމުން އެކަން އެންގީ ކަމަށް ޔުނިވަރސިޓީގެ އިންޒާރުގައިވެއެވެ.

ޑރ. އިޔާޒު ފާހަގަ ކުރެއްވި ހޮނޑައިދޫ ހާދިސާއަކީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ހިނގާފައިވާ ހާދިސާއެކެވެ. ހޮނޑައިދޫގައި ބަޔަކު ބަނގުރާ ބޯންތިބި ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެރަށުގައި ހިންގި އޮޕަރޭޝަންގައި އޭރުގެ ސިޔާސީ އިސް ފަރާތްތަކެއް ވެސް ހިމެނި ހައްޔަރު ކޮށްފައި ވެއެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ތަހުގީގު ހިންގައި ޝަރީއަތް ވެސް ކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


13

ހާމިދު ޝާހިދު

05-Jan-2021

އެއްފަހަރު ފޫގަޅައިގެން ނުކުންނާނެ މި ލާދީނީ ސަރުކާރު ހިމާޔަތް ކުރަން. އެމީހުން ކުރާ ދީނާ ހިލާފު ކޮންމެ ކަމެއްކަމުގައި ވިއަސް ނުފެންނަ ކަމަށް ހަދައިގެން. އެހެން އުޅެނިކޮށް އެމީހުން ތިބާއަށް މި ކަށިޖަހަނީވެސް. ދައްކަވަން ހުރި ކަމެއް ދައްކަވާނެތާ...!


7

ކިނބޫ

02-Jan-2021

ސުބްހާނަﷲ! މީނަ މީ އެތަނުގެ އެސިސްޓެންޓް ލެކްޗަރަރއެކޭ!? މާތްކަލާކޯ ދަރިވަރުންކޮޅު ސަލާމަތް ކުރައްވާށި!


-4

ޑރ.މިލަގަނޑު

02-Jan-2021

އެމީހުން ދިފާއު ކުރަންވެގެން ޓްވިޓަރގަ އެހެން މީހުނަށް ހަޑިހުތުރު ސާމާނު ގޮވަމުން ދުވާ މީހެއް ކަލެއަކީ. އަނގަ މަޑުން ލައިގެން ހުރޭ.


11

ބޯހަލާކު

02-Jan-2021

އަމިއްލަ ލޮލަށްއިލޮށި


-4

ބޯހަލާކު

02-Jan-2021

އަމިއްލަ އަތުން ފޭހުނު އިލޮށި އަމިއްލަ ލޮލަހެރެނީ ވިސްނާފިކުރުކުރާބަޔަކަށް އިބުރަތެއް އިއާޒަށް ވަރަށް ވެދުން


14

ބޯހަލާކު

02-Jan-2021

އަމިއްލަ އަތުން ފޭހުނު އިލޮށި އަމިއްލަ ލޮލަހެރެނީ ވިސްނާފިކުރުކުރާބަޔަކަށް އިބުރަތެއް އިއާޒަށް ވަރަށް ވެދުން



ޓްރެންޑިން