ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ (ކ.) އާއި ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ވ)
ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ (ކ.) އާއި ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ވ)
ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދަށް ވެރިކަން ނޫން އެއްޗެއް ނުފެންނަނީތޯ އައްސަވައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ޑރ. ޖަމީލަށް ވަރުގަދަ ސުވާލުތަކެއް ކުރިމަތި ކުރުވައިފިއެވެ.

ސަރުކާރުން އަހަރެއް ނިންމާލީ ހުސްވާހަކަދެއްކުމުގައި ކަމަށާއި، އެންމެން ހާލުގައިޖެހިއްޖެ ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުން ބްރިގޭޑިއާ ޖެނެރަލް ޑީޑީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެއަހަރު ކޯވިޑްގެ ޙާލަތުގައިވެސް އަތޮޅުތެރޭގެ ރަށްރަށުގައި ކުރިޔަށް ގެންދަވާ މަޝްރޫޢުތައް ޑރ. ޖަމީލަށް ފެނިވަޑައި ނުގަންނަނީ ޙަސަދަވެރިކަމުން ކަމަށް ވެދާނެކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވެފައި ވަނީ ސަރުކާރުން މަސްވެރިންނަށްވީ ވަޢުދު ނުފުއްދާ ކަމަށާއި، ހުޅުމާލޭގައި އެންމެ ގާކޮޅެއްވެސް އަލަށް ނުބޭއްވުނު ކަމަށެވެ. އަދި މުޅި ސަރުކާރުގެ ކުންފުނިތައް ބަވަނަވީ ކޮރަޕްޝަނުން ކަމަށް ވިދާޅުވެ ޑރ. ޖަމީލް އިތުރަށް ވިދާޅުވީ 5 އަހަރު ވެރިކަން ކުރެއްވި ވެރިއަކު ހުރީ ޖަލުގައިކަމަށެވެ.

ބްރިގޭޑިއާ ޖެނެރަލް ޑީޑީ ޑރ. ޖަމީލަށް ރައްދުދެއްވަމުން އިތުރަށް ވިދާޅުވެފައިވަނީ، ޑރ. ޖަމީލަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ޤައުމަށް ގެނެސްދެއްވާ ތަރައްޤީ ފެނިވަޑައި ނުގަންނަވަނީ ހަމައެކަނި މާލެ ފެންނަ ލެންސެއް ގެންގުޅުއްވާތީ ކަމަށް ވެދާނެ ކަމަށެވެ. އަދި ޑރ. ޖަމީލަށް ވެރިކަން ނޫން އެއްޗެއް ފެނިވަޑައި ނުގަންނަވަނީތޯވެސް ޖެނެރަލް ޑީޑީ ސުވާލު ކުރަށްވާފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ކޯވިޑް-19 ގެ ޙާލަތު ހަމަޔަކަށް އަޅުއްވައި އަތޮޅުތެރެއަށް ފެތުރިގެން ނުދީ ރައީސް ޞާލިޙް ކުރެއްވި ޙިކްމަތްތެރި މަސައްކަތްޕުޅަށް ޑީޑީ ވަނީ އައްސަރިބަހާއި ސާބަސް ރައްދުކުރަށްވާފައެވެ.

"ރަންބިސްއަޅާ ކުކުޅު މިޙާލަތުގައި ބީވެގެން ނުދާނެ ރޭއްވެވުންތަކަށް ސާބަސް ދަންނަވަން. އެއްވެސް ދިވެއްސެއް ބަނޑަކަށް ނުޖެހޭ." ޑީޑީ ވިދާޅުވިއެވެ.

ޑރ. ޖަމީލް މިއަދު ވިދާޅުވެފައިވަނީ، މި ސަރުކާރުގައި ބޮޑު ދެ މުޖްރިމުން ގޭގައި އެބަތިބި ކަމަށާއި، އެސެޓް ރިކަވަރީގެ ނަމުގައި ހެދި ކޮމިޝަނަށް އަދިވެސް އެއްވެސް އެސެޓެއް ރިކަވަރ ނުކުރެވޭ ކަމަށެވެ. އަދި އެއްވެސް މަރަކަށް އިންޞާފު ނުލިބޭ ކަމަށާއި، ރީތި ނަމުގެ ބަދަލުގައި ރައީސަށް ނެންގެވެން އޮތީ ހުސް ބްލޭމް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ނައިބުރައީސްގެ ގޮތުގައި ހުންނަވަނިކޮށް މަޤާމުން ދުރުކުރުމުން މީގެ ކުރިން ޑރ. ޖަމީލް އުޅުއްވީ މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތަކާ ގުޅިގެން އިނގިރޭސިވިލާތުގައި ސިޔާސީ ޙިމާޔަތް ހޯއްދަވައިގެންނެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީޕާޓީގެ ފަރާތުން ވިލިމާލެ ދާއިރާއަށް ވާދަކުރަށްވައި ނާކާމިޔާބުވެ ވަޑައިގެންނެވި ފަހުން ޑރ. ޖަމީލް ވަނީ މި ސަރުކާރަށް ފާޑު ވިދާޅުވާން ފަށްޓަވާފައެވެ.

މިވަގުތު ރައީސް ޔާމީންގެ ދީފާޢީ ވަކީލުންގެ ޓީމުގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވާ ޑރ. ޖަމީލް މިވަގުތު ހުންނެވީ ޕީޕީއެމްގެ އެޑްވައިޒަރެއްގެ މަޤާމުގައެވެ.


ކިޔުންތެރިންގެ ހިޔާލު


16

ގުއިއްޒު

02-Jan-2021

ވެރި ބަލި ޖެހިފަ ޖަމީލަށް އެހެރީ.


13

ބަދަން ތައުފީގު

02-Jan-2021

ޑޮކުޓަރް ޖަމީލު ކިޔަން ކުފޫހަމަނުވާމީހަކު ތިގޮތަންއަގަހުޅުވަން ލަދުޔާތްކުޑަވެ ވެރިކަމާއި ހޭބަލިވާން ފުކެއްބޮޑުވަރު ހުވަދޫ އަތޮޅުމީހުން ފަޅުރައްރަށުން ހުވަނިބާލަން ދިގުރުކަށް ނަގަނީ ތިކަހަލައިވަހުތާން.


10

ޙަސަން

02-Jan-2021

ލޮލަށް ނުފެންނަ އަޑުނީވޭ ވަސްނުދުވާ މީހަކަށް މުޖުތަމަޢުގައި ހިނގާ ކަންތައްތައް ސިފަކޮށެއް ނުދެވޭނެ. ދައްކާ ވާހަކައިން މީހާގެ ނުކުޅެދުންތެރިކަން ހާމަވާނެ.


2

ބޮނިބަތްބެ

02-Jan-2021

ތިމީހާ ކޮންމެވެރިކަމެއްގައިވެސް ތިވައްތަރައް ތެޅިއަރުވަނީ


4

އަައްލާ

02-Jan-2021

ދީދީއައްލިބޭހެއްހިއްވަރަކޮއްލަ!



ޓްރެންޑިން