ޢަދާލަތު ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން
ޢަދާލަތު ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީން ރިޔާސީ އިންތިޚާބު ބާއްވަން އިއުލާން ކޮށްފިއެވެ.

ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕްގެ އިސް މަޤާމުތަކަށް ބޭފުޅުން ޢައްޔަނުކުރުމަށް މީގެ ކުރިންވެސް ގިނަ އިންތިޚާބުތައް ބާއްވާފައިވެއެވެ. ނަމަވެސް މިއީ މިފަދަ ގޮތަކަށް ރިޔާސީ އިންތިޚާބެއް ބާއްވާކަމަށް ޕާޓީއަކުން އިޢުލާނުކުރި ފުރަތަމަ ފަހަރެވެ. ޢަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް މިއަހަރުގެ ފެބުރުއަރީ 26 އަދި 27 ގައި ބާއްވާގޮތައް ވަނީ ނިންމާފައެވެ.

ޤައުމީ މަޖިލީހަކީ ކޮންމެ ދައުރެއް ނިމުމުން ބޭއްވުމަށް ޢަދާލަތު ޕާޓީގެ ދުސްތޫރު ބަޔާންކޮށްފައިވާ ޕާޓީގެ އެންމެ އިސް ރުކުނެވެ. އެގޮތުން ޤައުމީ މަޖިލީހުގައި ޢިލްމުވެރިންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި މަޝްވަރާ މަޖިލީހުގެ ހުރިހާ މެންބަރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި އިދާރީ މަޖިލީހާއި އަންހެނުންގެ މަޖިލީހާއި ޒުވާނުންގެ މަޖިލީހުގެ އިތުރުން ދާއިރާތަކާއި ގޮފި ތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ޢަދާލަތު ޕާޓީން މިރޭ ޢާއްމުކޮށްފައިވާ ބަޔާނެއްގައިވަނީ، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު 2 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން ޕާޓީގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުވަން ބޭނުންވާ ފަރާތްތަކުން އިއުލާނާއެކު އެއް ކަރުދާސްކޮށްފައިވާ ފޯމާއި ފާމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުން 9 ޖަނަވަރީ 2021 ވަނަ ދުވަހު 14:00 ގެ ކުރިން އަދާލަތު ޕާޓީގެ މައި އޮފީހަށް ހުށައެޅުއްވުމަށް އެ ޢިއުލާނުގައި ވަނީ އެދިފައެވެ.

18 އޯގަސްޓް 2005 ގައި ރަޖިސްޓްރީ ކޮށްފައިވާ، ޢަދާލަތުޕާޓީގެ ރައީސްގެ މަޤާމުގައި ހުންނެވީ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އެވެ. ޢިމްރާން އެ މަޤާމުގައި ހުންނަވާތާ މިހާރު ވަނީ 12 އަހަރުވެފައެވެ. އެ ޕާޓީގައި މިވަގުތު 6436 މެމްބަރުން އެބަތިއްބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން