އޭސީޕީ ފައިރޫޝް ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރުން ފާހަގަ ކުރުމަށް ބޭއްވި ކޭކު ފެޅުމުގެ ޙަފްލާގައި ކަމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ބައިވެރިވެ ވަޑައިގެންނެވުމުން އެމްޑީޕީގެ ޗެއަރޕަރސަން ޙަސަން ލަތީފް ވަރަށް ބޮޑަށް ކޯފާވެއްޖެއެވެ.
ފުލުހުންގެ މަތީ މަގާމުތަކަށް ބަދަލު ގެނެވޭ ގޮތަށް ފުލުހުންގެ ގާނޫނު އަލުން އެކުލަވާލައި އަމަލު ކުރަންފަށާފައި ވަނިކޮށް އޭސީޕީ ޑރ. ފައިރޫޝް ވަނީ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައި ޝަރަފްވެރިކަމާއެކު ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރަށްވާފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ފައިރޫޝް އިސްތިއުފާދެއްވީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީއެއްގެ ވަޒީފާއަކަށް ވަޑައިގަތުމަށެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ވަނަ އަހަރު ނިމުމަކަށް ގެނައުމަށް ޖުމްހޫރީ މައިދާނުގައި ހިންގި ޙަރަކާތްތަކުގައި އޭސީޕީ ފައިރޫޝް ވަނީ އޭނާ އަކީ ވަގުތީ ޕޮލިސް ކަމިޝަނަރ ކަމަށް އަމިއްލައަށް ޢިއުލާނުކުރަށްވައި ފުލުހުންގެ ކޮމާންޑަރެއްގެ ގޮތުގައި ޙަރަކާތްތެރި ވެވަޑައިގެންފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ގިނަ ބައެއްގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފައެވެ.
އޭސީޕީ ފައިރޫޝްގެ ރިޓަޔަރމަންޓް ހާމަކޮށް ކޮމިޝަނަރ ޙަމީދު ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި ޙަސަން ލަތީފު ކުރެއްވި ކުރު ޓްވީޓްގައި ވިދާޅުވެފައިވަނީ ސީޕީ ޙަމީދު ލަދުގަންނަން ޖެހޭނެ ކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 20 އަހަރަށް ފަހު ޑރ. އަބްދުﷲ ފައިރޫޝް ފުލުހުންގެ ފަޒީފާއިން މިއަދު ރިޓަޔަރކުރައްވާފައިވާ ކަމަށެވެ. އަދި އޭނާ ދިވެހި ފުލުހުންގެ މުވައްސަސާގައި ހޭދަކުރެއްވި ދުވަސްތަކުގައި ކޮށްދެއްވި ޚިދުމަތްތަކަށް ކޮމިޝަނަރ ވަނީ ޝުކުރު އަދާކުރަށްވާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ ފުލުހުންގެ ވަޒީފާ އިން ވަކިކުރި ފައިރޫޝަށް އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުއެވެ. އެއަށްފަހު ފައިރޫޝް އަނބުރާ ވަޒީފާއަށް ނުކުމެވަޑައިގަންނަވަން ފެއްޓެވިއެވެ.
ފައިރޫޝް ވަޒީފާ އިން ވަކިކުރި އިރު ހުންނެވީ އޮސްޓްރޭލިއާގައި ޕީއެޗްޑީ އަށް ކިޔަވައި ވިދާޅުވުމަށެވެ. އޭނާ މިހާރު ވަނީ ޕީއެޗްޑީ ނިންމަވައިފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕީއެޗްޑީ ހާސިލްކުރެއްވި ފައިރޫޝް އެންމެ ފަހުން ހުންނެވީ ރިސޯސް މެނޭޖްމެންޓްގެ ހެޑަކަށެވެ. މިއީ ފުލުހުންގެ ފައިނޭންސާއި އިންސާނީ ވަސީލަތްތަކާއި އިންޖިނިއަރިން އަދި މެކޭނިކަލް ސާވިސް ހިމެނޭ ޑިޕާޓްމެންޓެވެ.
ޑރ. ފައިރޫޝްގެ މި ކުއްލި ވަކިވުމާ ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައިވަނީ މި ފެންނަނީ ފުލުހުންގެ ގާނޫނަށް ގެނައި ބަދަލު ތަކުގެ އަސަރު ކަމަށެވެ. އަދިވެސް މިފަދަ އިތުރު ބަދަލުތައް ކުރިއަށް އޮތްތާނގައި ފެންނާނެ ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.

Shame on you... @M_Hameedh
— Hassan Latheef🎈 (@HassanLatheef) January 2, 2021

ކިޔުންތެރިންގެ ހިޔާލު