ރައީސް ނަޝީދު (ކ) އާއި ޑރ. އިޔާޒް (ވ)
ރައީސް ނަޝީދު (ކ) އާއި ޑރ. އިޔާޒް (ވ)
ޑރ. އިޔާޒް އުޅުއްވަނީ ރައީސް ނަޝީދާއި ހިތާވެގެންތޯ އައްސަވައި ޑރ. ޢިޔާޒަށް ތިޔަވަނީ ލޯބި ވެވިފައި ކަމަށް އެލެކްސް އަޙްމަދު ބުނެފިއެވެ.

އެލެކްސް އަޙްމަދުގެ ޓްވިޓަރ ހޭންޑްލް އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، ޑރ. އިޔާޒް އުޅުއްވަނީ އޭނާ އާއި ހިތާވެގެންތޯ އަހާފައެވެ. އެލެކްސް އަޙްމަދަކީ ރައީސް ނަޝީދު އެބޭފުޅާގެ އަމިއްލަފުޅު ބައެއް ޚިޔާލުތައް ފާޅު ކުރެއްވުމަށް ގެންގުޅުއްވާ ޓްވިޓަރ ހޭންޑްލްކަމަށް މީސް މީޑިއާގައި ޙަރަކާތްތެރިވާ ފަރާތްތަކުން ވިދާޅުވެއެވެ.

އެލެކްސް މިގޮތަށް އަހާފައިވަނީ، ޑރ. ޢިޔާޒް ކުރެއްވި ޓްވީޓެއްގައި ރޫޙާނީ ލީޑަރގެ އަނިޔާވެރިކަން ވެއްޓުނުއިރު އޭނާ އާއި، ދެކޮޅުވީ އެންމެން ދެކެ އެމްޑީޕީގެ މެމްބަރުން އިންތިހާއަށް ރުޅިއަންނަކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ. ޑރ. އިޔާޒް ވަނީ، ވެރިކަން ވައްޓާލަން ދެކޮޅުވީ މީހުންދެކެ ރުޅިއައި ނަމަވެސް ތިމާމެން ހައްދަވާ ގެންގުޅުއްވާ ރިޒްޤު ދެއްވާ އިލާހަށް ދަރިކަލަކާއި ބައިވެރިޔަކު ވެޔޭ ބުނާ މީހުންގެ ޢީދު ތަކުގައި ބައިވެރިވެ ތަހުނިޔާ ކިއުމަކީ ކޮންފާޑެއްގެ ކަމެއްތޯ ސުވާލު ކުރަށްވާފައެވެ.

ޑރ. އިޔާޒަށް ރައްދު ދެމުން އެލެކްސް ބުނެފައިވަނީ، އޭނާގެ ޢުމުރުން މިހާރު 53 އަހަރު ވެއްޖެ ކަމަށާއި، އެހެން ނަމަވެސް މުޅި ޢުމުރުގައިވެސް ތިހާ ވަރަށް މީހަކު އެލެކްސް އާއި ހިތާވެފައި ހުއްޓާ ނުދެކޭ ކަމަށް، އެލެކްސްގެ ވަރަށް ގާތް އަންހެން ރަޙްމަތްތެރިއަކު ބުނެފައިވާ ކަމަށެވެ.

"ޑރ. އިޔާޒް ތިބޭފުޅާ އަޅުގަނޑާ ހިތާވީތަ؟ ލޯބިވަނީތަ؟ ހާދަ އަޅައިގަނެފައޭ." އެލެކްސް ޓްވީޓްގައި ބުނެފައި ވެއެވެ.



އެލެކްސް އަށް ރައްދު ދެމުން ޑރ. އިޔާޒް ވިދާޅުވެފައިވަނީ މުސްލިމުން މީހުންނާއި ގުޅުން ބަދަހި ކުރަނީ ﷲ އަށް ޓަކައި ކަމަށާއި، ރުޅި އަރަނީވެސް ﷲ އަށް ޓަކައި ކަމަށެވެ. އަދި މިކަން ނޭންގި އޮތުމުން ސާފުކޮށް ދިނީ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

އޭގެ ޖަވާބުގައި އެލެކްސް ބުނެފައިވަނީ ޑރ. އިޔާޒަށް ތިޔަވަނީ ލޯބި ވެވިފައި ކަމަށެވެ.

ޑރ. އިޔާޒް މީގެ ކުރިން ވިދާޅުވެފައި ވަނީ 7 ފެބްރުއަރީ 2012 ގައި އޭރުގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެފައިވަނީ ބަޣާވާތަކުން ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެދުވަހު ކަން ހިނގައިދިޔަ ގޮތާއި ގުޅޭގޮތުން ހާއްސަ ރިޕޯޓެއް އެކުލަވާލައި ވެރިކަން ބަދަކުވި ގޮތް ވަރަށް ސާފުކޮށް އެނގެން އޮތް ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު


5

އަހަންމާ

05-Jan-2021

އެލެކްސް ފ ޑ ބ ނ ވީނު.



ޓްރެންޑިން