އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރު (ކ) އާއި، އަޙްމަދު ސިއްދީޤު (ވ)
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރު (ކ) އާއި، އަޙްމަދު ސިއްދީޤު (ވ)
އިންޑިއާގެ ބޮޑުވަޒީރު މޯޑީގެ މިހާރުގެ ސަރުކާރަކީ ސްޓޭޓް ޓެރަރިޒަމް ހިންގާ ސަރުކާރެއްކަމަށް އިދިކޮޅު ޕީއެންސީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާއަށް ވާދަކުރެއްވި އަޙްމަދު ސިއްދީޤު ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި އިންޑިއާ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރުމާ ގުޅިގެން ސިއްދީޤު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އިންޑިއާގެ މޯޑީގެ މިހާރުގެ ސަރުކާރަކީ ސްޓޭޓް ޓެރަރިޒަމް ހިންގާ ސަރުކާރެއް ކަމަށެވެ. ފުލުހުން އިއްޔެ ބުނެފައިވަނީ ޓެރަރިޜަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ އިންޑިއާ ފިރިހެނެއް ކަަމަށެވެ.

އެކަމާ ގުޅިގެން ސިއްދީޤު ބުނެފައިވަނީ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރު އަކީ އިންޑިއާ ސަރުކާރުން ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް ފޮނުވާފައިވާ މަޖޫސީއަކާ ވައްތަރުކަމަށެވެ. އަދި ޓެރަރިޜަމްގެ ތުހުމަތުގައި އެއާޕޯޓުން ހައްޔަރުކުރި މީހާގެ މައްސަލަ ތަޙުޤީޤު ކޮށްފިނަމަ ހައްޔަރުކުރި މީހާ އާއި، އިންޑިއާ ސަފީރާއި ގުޅުން އޮވެދާނެ ކަމަށް ސިއްދީޤު ބުނެފައިވެއެވެ.



ފުލުހުން އިއްޔެ ހާމަކޮށްފައިވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު 13:30 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ގޮސް ހުރެ ބޮމެކޭ ބުނެ ވާހަކަ ދައްކާފައިވާ ކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 5 ދުވަސް ޖަހައިދީފައެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ތަހުޤީޤު ކުރަމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން