މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު
މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު
ޤައުމީ އެއަރލައިން މޯލްޑިވިއަން ބަނގުޜޫޓް ވެދާނެ ކަމަށާއި، އެ ކުންފުނި އަވަހަށް އިސްލާޙު ކުރުމަށް މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.

މެމްބަރު ސަޢީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު މޯލްޑިވިއަންގެ ޢާމްދަނީ ގާތްގަނޑަކަށް 1.6 ބިލިއަނަށް އަރާ ކަމަށެވެ. އަދި ސާފު ފައިދާގެ ގޮތުގައި އެއަހަރު އެކުންފުންޏަށް 123 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.

ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ފާއިތުވީ ދެއަހަރު އެ ކުންފުނީގެ ދަރަނި 600 މިލިއަނަށް އަރާފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި ކުންފުނީގެ ޙާލަތު މިހާރުން މިހާރަށް ބަދަލު ނުކޮށްފިނަމަ ކުންފުނި ބަނގުރޫޓުވުމުގެ ބިރު އޮތްކަން ޤަބޫލުކޮށް އިސްލާޙު ކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރަށްވާފައެވެ.



މެމްބަރު ސަޢީދު މިގޮތަށް ވިދާޅުވެފައި ވާއިރު އިންޑިއާގައި ސީޕްލޭން ޚިދުމަތް ދިނުމަށްޓަކައި އައިލެންޑް އޭވިއޭޝަންއާއި ސްޕައިސްޖެޓް ގުޅިގެން ދިގުމުއްދަތަކަށް މޯލްޑިވިއަންގެ ފްލައިޓް ޗާޓަރ ކުރުމުގެ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އިންޑިއާގެ ސްޕައިސްޖެޓުން އެޤައުމުގައި ދެމުންދިޔަ ސީޕްލޭން ޙިދުމަތް އަލުން ފެށުމަށް މޯލްޑިވިއަންގެ ސީޕްލޭންއެއް ޗާޓަރުކޮށްގެން މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހު ވަނީ އެޤައުމަށް ގެންގޮސްފައެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އެހީތެރިކަމާއިއެކު އިންޑިއާގައި ސީޕްލޭންގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ އޮކްޓޯބަރުމަހުގެ 31 ވަނަ ދުވަހުއެވެ. އެފަހަރުވެސް ސްޕައިސްޖެޓުން ވަނީ މޯލްޑިވިއަންގެ ސީޕްލޭންއެއް ޗާޓަރކޮށްގެން ގެންގޮސްފައެވެ. މޯލްޑިވިއަނުން ބުނީ ސްޕައިސް ޖެޓުން މިފަހަރު މޯލްޑިވިއަންގެ ސީޕްލޭން ޗާޓަރުކޮށްގެން ގެންދިޔައީ 1 މަސްދުވަހަށްކަމަށެވެ. މި ދަތުރުގައި މޯލްޑިވިއަންގެ ސީޕްލޭން ކްރޫގެ 6 މެންބަރުން ވަނީ އިންޑިއާއަށްގޮސްފައެވެ.

މީގެ ކުރިން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވީ، ކޯވިޑް-19 އާއެކު ކުންފުންޏަށް ގެއްލުންވި ނަމަވެސް ގައުމީ އެއާލައިން، މޯލްޑިވިއަން ބަނގުރޫޓު ނުވާނެ ކަމަށާއި ކުންފުނި ދެމިއޮތީ ދިވެހިންނަށް ހިދުމަތް ކުރުމުގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-15

ނުހިނގާ

05-Jan-2021

ބަލާވެރިކަމެއް



ޓްރެންޑިން