ލޯކަލް ކައުންސިލް އިންތިޚާބު ވީހާވެސް އަވަހަށް ބޭއްވުން ވަރަށް މުހިއްމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާނުކޮށްފައިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިއްޔެ ވަނީ އިތުރުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު، ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ނުލިބޭނެ ގޮތަކަށް ނުބޭއްވޭނެ ކަމަށެވެ. އަދި އިންތިޚާބު ބޭއްވޭނީ އެޗްޕީއޭ އިން އެފުރުސަތު ދެއްވުމުން ކަމަށް އީސީ ޝަރީފް ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބު ވީހާވެސް އަވަހަށް ބޭއްވުން ވަރަށް މުހިއްމު ކަމަށާއި، އެކަމަށްޓަކައި ޤާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ އެކަންވެސް ކުރުން މުހިއްމު ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، 30 ދުވަހުގެ ތެރޭގައި އިންތިހާބަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނުނިމޭނެ ކަމަށާއި، ކެނޑިޑޭޓުންނަށްވެސް ކެމްޕެއިން ކުރުމަށް ވަގުތު ދޭންޖެހޭނެ ކަމަށެވެ. އަދި ކެނޑިޑޭޓުންގެ ޙައްޤުތަކަށް އުނިކަން ލިބޭ ގޮތަށް އިންތިޚާބު ނުބޭއްވޭނެކަމަށާއި، އެހެންކަމުން އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް މިހާރު ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށާއި، މައްސަލައަކީ އީސީ އަށް އޮތް ބާރެއް ޤާނޫނަކުން އެހެން ފަރާތަކަށް ޙަވާލުކޮށްފައިވުން ކަމަށެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.

Local Council inthikhab veehaaves avahah beyvun varah muhinmu. Mikan kurumah qanoon ah badhal gennan jehey nama, ekanves kurun muhinmu kamuga alhugandu dheken
— Mohamed Nasheed (@MohamedNasheed) January 4, 2021
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، 30 ދުވަހުގެ ތެރޭގައި އިންތިހާބަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނުނިމޭނެ ކަމަށާއި، ކެނޑިޑޭޓުންނަށްވެސް ކެމްޕެއިން ކުރުމަށް ވަގުތު ދޭންޖެހޭނެ ކަމަށެވެ. އަދި ކެނޑިޑޭޓުންގެ ޙައްޤުތަކަށް އުނިކަން ލިބޭ ގޮތަށް އިންތިޚާބު ނުބޭއްވޭނެކަމަށާއި، އެހެންކަމުން އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް މިހާރު ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށާއި، މައްސަލައަކީ އީސީ އަށް އޮތް ބާރެއް ޤާނޫނަކުން އެހެން ފަރާތަކަށް ޙަވާލުކޮށްފައިވުން ކަމަށެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.
ކިޔުންތެރިންގެ ހިޔާލު