ރާއްޖެއިން އިސްރާއީލް އަދި އިރާނާއި އެކު ފުރިހަމަ ސިޔާސީ ގުޅުން ޤާއިމްކުރާނެ ވަގުތަކާމެދު އދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް ރެލީޖަން އޯރ ބިލީފް ޑރ. އަޙްމަދު ޝަހީދު ސުވާލު ކުރަށްވައިފިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތާއި އީރާނާއި ގަތަރާ ގުޅުން ކަނޑާލިއެވެެ. ނަމަވެސް އެ ގައުމުތަކާ އަލުން ގުޅުން ގާއިމުކުރައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ރިޔާސީ އިންތިހާބު ތެރޭގައި ވައުދުވެވަޑައިގެންނެވިއެވެ. އޭގެތެރެއިން ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ރާއްޖެއިން އަލުން ވެފައި ވާއިރު، މިއަދު ރާއްޖެއިން ވަނީ ޤަތަރާ އެކުވެސް އަލުން ސިޔާސީ ގުޅުން ޤާއިމްކޮށްފައެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. ޝަހީދު ވިދާޅުވީ، ރާއްޖެއިން ޤަތަރާއެކު ޤާއިމް ކޮށްފައިވާ ސިޔާސީ ގުޅުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް މާކުރިން އަލުން އިޢާދަކުރަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖެއިން ސިޔާސީ ގުޅުން ކަނޑާލާފައިވާ އިޒްރޭލާއި، އީރާނާއެކު އަލުން ގުޅުން ޤާއިމް ކުރަނީ ކޮންއިރަކުންތޯ ޑރ. ޝަހީދު ސުވާލު އުފައްދަވާފައިވެއެވެ.
ރާއްޖެއިން މިއަދު ޤަތަރާއެކު އަލުން ސިޔާސީ ގުޅުން ޤާއިމްކޮށްފައިވާކަން އިޢުލާނު ކުރަށްވައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤަތަރާއެކު ގުޅުން ޤާއިމުކުރުމާއި ގުޅޭގޮތުން އެޤައުމުގެ ފޮރިން މިނިސްޓަރ ސުލްތާން ބިން ސާދު އަލް މުރައިޚީ އާއި، މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ސައުދީ އަރަބިއްޔާގައި މިހާރު ކުރިޔަށްދާ ގަލްފު ޤައުމުތަކުގެ ބައްދަލުވުމުން އިސްލާމީ ޤައުމުތައް އަލުން ޤަތަރާއެކު ސިޔާސީ ގުޅުން ޤާއިމްކުރުމަށް ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ރާއްޖެއިން ޤަތަރާއެކު އަލުން ސިޔާސީ ގުޅުން ޤާއިމްކުރުމަށް ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓްގައި ރާއްޖެއިން އަލުން ޤަތަރާއެކު ސިޔާސީ ގުޅުން ޤާއިމްކުރުމަށް ނިންމިނިންމުމަށް މަރުޙަބާ ވިދާޅުވެފައި ވެއެވެ. އަދި އިސްލާމީ ޤައުމުތަކުގެ މެދުގައި ހުރި ތަފާތު މައްސަލަތައް އަމިއްލައަށް ޙައްލުކޮށް އިސްލާމީ ޤައުމުތައް އެކަތިގަނޑަކަށް ވުމަކީ ވަރަށް ރަނގަޅު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެ އދ.ގެ މެމްބަރު ގައުމަކަށްވި ފަހުން އެންމެ ފުރަތަމަ ދިވެހި ރަދުންގެ އަރިހަށް ފަތްކޮޅު ހިފައިގެން ވަޑައިގެންނެވީ އިޒްރޭލުގެ ސަފީރެވެ. އެއީ ޑިސެމްބަރު 1965 ގައެވެ. ނަމަވެސް ކުރީގެ ރައީސް އަލްމަރުހޫމް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ޒަމާނުން ފެށިގެން ދިވެހިރާއްޖެއާއި އިސްރާއިލާއި ދެމެދު އޮތް ސިޔާސީ ގުޅުން ރާއްޖެއިން ސަސްޕެންޑް ކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އޭގެ ފަހުން އިޒްރޭލާ ގުޅުން ކަނޑާލި ކަމުގެ އެއްވެސް ރެކޯޑެއް ފޮރިން މިނިސްޓްރީއަކު ނެތެވެ. އަދި ރާއްޖޭގެ އެއްވެސް ސަރުކާރަކުން އިޒްރޭލާއި އެކު ގާތްގުޅުމެއް ބާއްވާފައި ނުވާއިރު، ރައީސް ނަޝީދުގެ ވެރިކަމުގައި ޑރ. ޝަހީދު ޚާރިޖީ ވަޒީރަކަށް ހުންނަވައިގެން އިޒްރޭލާއި ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރެއްވުމުން އެމައްސަލަ ވަރަށް ބޮޑަށް ހޫނުވިއެވެ.
ދިވެހިރާއްޖެއާއި އިރާނާއި ދެމެދު 2 ޖޫން 1975 ވަނަ އަހަރު ގާއިމުކޮށްފައި އޮތް ސިޔާސީ ގުޅުން ދިވެހި ސަރުކާރުން ކަނޑާލީ ގަލްފްގެ ގައުމުތަކާއި މުޅި މެދުއިރުމަތީގެ ހަމަޖެހުމާއި ސުލްހައަށް އިރާނުން ހުރަސް އަޅަމުންދާތީ ކަމަށް ބުނެ 2016 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު އެވެ. ދިވެހިރާއްޖެއާއި ގަތަރާއި ދެމެދު 26 މެއި 1984 ވަނަ އަހަރު ގާއިމުކޮށްފައި އޮތް ސިޔާސީ ގުޅުން ދިވެހި ސަރުކާރުން ކަނޑާލީ ޓެރަރިޒަމަށް ވާގިވެރިވާ ގޮތަށް ގަތަރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހު އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ކެމްޕޭންގެ ތެރޭގައި އަރަބި ގައުމުތަކާއި އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރުމަށް ޚާއްޞަ މަސައްކަތް ތަކެއް ކުރެއްވިއެވެ. އަދި ޓްރަމްޕްގެ މި މަސައްކަތުން ބައެއް ގައުމުތަކުން އިޒްރޭލާ ގުޅުން ބަދަހި ކުރިއެވެ.
ޤަތަރާއި އިސްލާމީ ގައުމުތަކާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލުމަށް އެންމެ ބޮޑަށް ބާރު އެޅީ ސަޢުދީ އަރަބިއްޔާއެވެ.

ކިޔުންތެރިންގެ ހިޔާލު