ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ބޭރު ޤައުމެއްގެ އަސްކަރީ މަރުކަޒެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާ ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތްކަމަށް ވިދާޅުވެ، މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރަށް ރައްދު ދެއްވައިފިއެވެ.
ޖެނެރަލް ޑީޑީ މި މޭރުމުން އާދަމް ޝަރީފް ޢުމަރަށް ރައްދު ދެއްވީ، ބޭރުޤައުމުތަކާއެކު ރާއްޖެއިން އަސްކަރީ މުޢާމަލާތްތައް ހިންގަންވާނީ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިންކަމަށް އާދަމް ޝަރީފް ވިދާޅުވުމާ ގުޅިގެންނެވެ. އާދަމް ޝަރީފް ވިދާޅުވީ، އެފަދަ މުޢާމަލާތްތައް ހިންގަންވާނީ، އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމާއެކު، އިންޑިއާ ކަނޑުގެ ހަމަޖެހުން ޤާއިމް ކުރުމުގައި ދިވެހިންގެ ދައުރު އަދާކުރެވޭނެ ގޮތަށް ކަމަށެވެ.
"ބޭރުގެ ޤައުމުތަކާއެކު އަސްކަރީ ޙަރަކާތްތަކާއި އެއްބަސްވުންތައް ހަދައި، ދިވެހި ފަސްގަނޑުގައި އެމީހުންނާއެކު ތަމްރީން ބާއްވާއިރު، އެކަމުގެ ފުރިހަމަ މަޢުލޫމާތު ހިއްސާ ކުރެވެން ޖެހޭނެ. އެއީ އެމެރިކާ، އިންޑިއާ ނުވަތަ ޗައިނާ ވިޔަސް." އާދަމް ޝަރީފް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ޖެނެރަލް ޑީޑީ ވިދާޅުވީ، ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ މ. އާއި ފ. އަށް ބަލާލުމުން އެފަދަ މުޢާމަލާތްތައް ހިންގަން ޖެހޭގޮތް ސާފުވާނެ ކަމަށާއި، ރާއްޖެއަކީ ރިޔާސީ ނިޒާމަށް ހިންގާ ދަޢުލަތެއް ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ބޭރު ޤައުމެއްގެ އަސްކަރީ މަރުކަޒެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާ ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައި އެބަ އޮތްކަމަށް ޖެނެރަލް ޑީޑީ ވިދާޅުވިއެވެ.
ޖެނެރަލް ޑީޑީ ވިދާޅުވީ، އާދަމް ޝަރީފް މިނިސްޓަރުކަން ކުރެއްވީ ޖެނެރަލަކު ބުނާ ގޮތަކަށް، އާދެ ލައްބަ ކިޔައިގެން އަރިމައްޗެއްގައި ހުންނަވައިގެން ކަމަށެވެ. އެހެން ކަމުން އަސްކަރިއްޔާގެ ކޮމާންޑް އެންޑް ކޮންޓްރޯލް ހިނގާ ގޮތް އާދަމް ޝަރީފަށް އެނގިވަޑައި ނުގަންނަވާނެ ކަމަށް ޑީޑީ ވިދާޅުވިއެވެ. އަދި މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ޑިފެންސް މިނިސްޓަރކަން އެ ކުރަށްވަނީ މަދަނީ އަސްކަރީ ގުޅުންތައް ބާއްވަވައިގެން ފުރިހަމައަށް މަދަނީ ކޮންޓްރޯލް އަސްކަރިއްޔާގެ މައްޗަށް ބާއްވަވައިގެން ކަމަށްވެސް ޖެނެރަލް ޑީޑީ ވިދާޅުވިއެވެ.
ޖެނެރަލް ޑީޑީ އަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، 7 ފެބްރުއަރީ 2012 ގައި އޭރުގެ ސަރުކާރު ވެއްޓެން މެދުވެރިވީ މާލޭ އޭރިއާގެ ކޮމާންޑަރަކަށް ޖެނެރަލް ޑީޑީ ހުންނަވައިގެން ޢަމަލު ކުރެއްވި ގޮތުގެ ސަބަބުން އަސްކަރިއްޔާގެ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލުމުން ކަމަށެވެ. އަދި ރައީސް ނަޝީދަށް ސިފައިންގެ މައި ހެޑްކުއަރޓަރ އަށް ވަދެވަޑައިގަންނަވަން ޖެހިވަޑައިގަތީ ޖެނެރަލް ޑީޑީ ފެއިލް ވުމުން ކަމަށް އާދަމް ޝަރީފް ތުހުމަތު ކުރަށްވާފައި ވެއެވެ.

QA 115 މ ފ ves ballavaa levvun muhimmu dheththoa. Mi ee riyaasee nizaameh adhi dheththoa? pic.twitter.com/EbcX8HAWLc
— Ibrahim M Didi (@ibrahimmdidi) January 5, 2021
ޖެނެރަލް ޑީޑީ ވިދާޅުވީ، އާދަމް ޝަރީފް މިނިސްޓަރުކަން ކުރެއްވީ ޖެނެރަލަކު ބުނާ ގޮތަކަށް، އާދެ ލައްބަ ކިޔައިގެން އަރިމައްޗެއްގައި ހުންނަވައިގެން ކަމަށެވެ. އެހެން ކަމުން އަސްކަރިއްޔާގެ ކޮމާންޑް އެންޑް ކޮންޓްރޯލް ހިނގާ ގޮތް އާދަމް ޝަރީފަށް އެނގިވަޑައި ނުގަންނަވާނެ ކަމަށް ޑީޑީ ވިދާޅުވިއެވެ. އަދި މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ޑިފެންސް މިނިސްޓަރކަން އެ ކުރަށްވަނީ މަދަނީ އަސްކަރީ ގުޅުންތައް ބާއްވަވައިގެން ފުރިހަމައަށް މަދަނީ ކޮންޓްރޯލް އަސްކަރިއްޔާގެ މައްޗަށް ބާއްވަވައިގެން ކަމަށްވެސް ޖެނެރަލް ޑީޑީ ވިދާޅުވިއެވެ.
ޖެނެރަލް ޑީޑީ އަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، 7 ފެބްރުއަރީ 2012 ގައި އޭރުގެ ސަރުކާރު ވެއްޓެން މެދުވެރިވީ މާލޭ އޭރިއާގެ ކޮމާންޑަރަކަށް ޖެނެރަލް ޑީޑީ ހުންނަވައިގެން ޢަމަލު ކުރެއްވި ގޮތުގެ ސަބަބުން އަސްކަރިއްޔާގެ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލުމުން ކަމަށެވެ. އަދި ރައީސް ނަޝީދަށް ސިފައިންގެ މައި ހެޑްކުއަރޓަރ އަށް ވަދެވަޑައިގަންނަވަން ޖެހިވަޑައިގަތީ ޖެނެރަލް ޑީޑީ ފެއިލް ވުމުން ކަމަށް އާދަމް ޝަރީފް ތުހުމަތު ކުރަށްވާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު