އެމެރިކާގެ ރިޔާސީ އިންތިޚާބު ކުރިއަށް ދިޔައީ ވަރަށް އިންސާފުވެރިކޮށް ކަމަށާއި، އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރެއްވުމަށް ރައީސް ޓްރަމްޕަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމެރިކާގައި ކުރިއަށްދިޔަ އިންތިހާބަކީ ވަރަށް އިންސާފްވެރި އިންތިހާބެއް ކަމަށާއި، އެ އިންތިހާބުގެ ނަތީޖާ ބަލައިގަތުމަށް ރައީސް ޑޮނާލްޑް ޓްރަމްޕަށް ގޮވާލައްވާކަމަށެވެ.
2013 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބަށް އިޝާރާތް ކުރަށްވައި ރައީސް ނަޝީދު ވިދާޅުވީ، އިންތިޚާބުގެ ފުރަތަމަ ބުރުން ރައީސް ނަޝީދު މޮޅުވި ނަމަވެސް، ސުޕްރީމް ކޯޓުން އިންތިޚާބު ފަސްކޮށް ނަތީޖާ ބާތިލްކުރި ކަމަށާއި، އަދި ސުޕްރީމް ކޯޓުގެ ނިންމުން އެމަނިކުފާނު ބަލައިގަތް ކަމަށެވެ. އެއީ ގައުމުގެ ހަމަޖެހުމާއި އަމާންކަމަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސްކުރާ ގެ ކަމަށްވާ ކެޕިޓަލް ބިލްޑިންގަށް ބަޔަކުވަދެ މިއަދު ހެނދުނު ކުރަން މަސައްކަތްކުރީ ބަޣާވާތެއް ކަމަށް ކުރީގެ ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާގެ ސައްހަކަން ކަނޑައަޅަން ސެނެޓްގެ ބައްދަލުވުން ކުރިއަށް ދަނިކޮށް ރައީސް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ކެޕިޓަލް ބިލްޑިންގަށް ވަދެގެންފައެވެ. މި ހަމަނުޖެހުންތަކުގައި 4 މީހަކު މަރުވެ 50 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

In 2013, Maldives Supreme Court annulled 1st round prez election (I won) and kept delaying and re-running the vote to ensure I lost. Nevertheless, I conceded in the interests of peace & stability. The US election, by contrast, proceeded smoothly. @realDonaldTrump should concede.
— Mohamed Nasheed (@MohamedNasheed) January 7, 2021
އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސްކުރާ ގެ ކަމަށްވާ ކެޕިޓަލް ބިލްޑިންގަށް ބަޔަކުވަދެ މިއަދު ހެނދުނު ކުރަން މަސައްކަތްކުރީ ބަޣާވާތެއް ކަމަށް ކުރީގެ ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާގެ ސައްހަކަން ކަނޑައަޅަން ސެނެޓްގެ ބައްދަލުވުން ކުރިއަށް ދަނިކޮށް ރައީސް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ކެޕިޓަލް ބިލްޑިންގަށް ވަދެގެންފައެވެ. މި ހަމަނުޖެހުންތަކުގައި 4 މީހަކު މަރުވެ 50 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު