އިބްރާހިމް އިސްމާޢީލް (ކ) އާއި. އާދަމް ޝަރީފް (ވ)
އިބްރާހިމް އިސްމާޢީލް (ކ) އާއި. އާދަމް ޝަރީފް (ވ)
ރައީސް ޔާމީންގެ މުދާ ދަޢުލަތަށް ނެގުން، ރައީސް ނާސިރުގެ މުދާ ދަޢުލަތަށް ނެގުމާ ހަމަހަމަ ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރުކަން ކުރެއްވި އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

މަަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މިހާރުވެސް 5 އަހަރަށް ޖަލަށް ހުކުމްކޮށްފައިވަާ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން އުފުލާފައިވާ މަނީ ލޯންޑްރިންއާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދަޢުވާގައި އެމަނިކުފާނުގެ މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން ކުރިމިނަލް ކޯޓުގައި ވަނީ އެދިފައެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވަނީ ރައީސް ނާސިރުގެ މުދާވެސް ސަރުކާރަށް ނެގިކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމުން ޤައުމަށް ލިބުނު ފައިދާއެއް އަދި ރައްޔިތުންނަށް ޙާސިލް ކުރެވުނު ކަމެއްވެސް ނެތްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މިއީ ސަރުކާރު ބަލިކަށިވަމުންދާތީ ކުރިީގެ ރައީސް ނާސިރާއި މެދު ޢަމަލުކުރި ގޮތަށް ރައީސް ޔާމީން އާއި މެދު ވެސް ޢަމަލުކުރުމަށް ސަރުކާރުން ކުރާ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވީ، ރައީސް ޔާމީންގެ މުދާ ދަޢުލަތަށް ނެގުން، ރައީސް ނާސިރުގެ މުދާ ދަޢުލަތަށް ނެގުމާ ހަމަހަމަ ނުކުރެވޭނެ ކަމަށެވެ. އެގޮތުން ރައީސް ނާސިރުގެ މުދާ ދަޢުލަތަށް ނެގީ ސަރުކާރުގެ ބޭނުމަށް އެ މުދާ ނަންގަވަން ބޭނުންވެގެން ކަމަށް އިބްރާ ވިދާޅުވިއެވެ. އިބްރާ ވިދާޅުވީ، ރައީސް ނާސިރުގެ މައްޗަށް ސާބިތުކުރެވުނު ކުށެއް ނެތްކަމަށާއި، ކުރެވުނު ތަޙުޤީޤުތަކުންވެސް ރައީސް ނާސިރުގެ މައްޗަށް ކުށެއް ސާބިތުވާ ވަރުވެ ހެއްކެއް ނުފެނުނު ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވީ ހުޅުވިފައިވާ ޝަރީޢަތެއްގައި ކަމަށް އިބްރާ ވިދާޅުވިއެވެ.

"އޭ ޝަރީފް. ކިޔޭ ނުކިޔޭ ނޭނގިހުރެ އަނގަ ނުހުޅުވައްޗޭ." ރައީސް ޔާމީންގެ މުދާ ދަޢުލަތަށް ނެގުން، ރައީސް ނާސިރުގެ މުދާ ދަޢުލަތަށް ނެގުމާ ހަމަހަމަ ކުރުމުން ކޯފާ އިސްކުރަށްވައި އާދަމް ޝަރީފަށް ނިސްބަތްކޮށުރަށް އިބްރާ ވިދާޅުވިއެވެ.



އިބްރާއަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވަނީ، އެއްވެސް ކުށެއް ސާބިތުނުވެ ރައީސް ނާސިރުގެ މުދާ ދަޢުލަތަށް ނުނަންގަވާތޯ ސުވާލު ކުރަށްވާފައެވެ. އަދި ރައީސް ޔާމީން ޖަލަށް ލާފައިވަނީ ފުލުހުންނަށް ހުށައެޅުނު މައްސަލާގައި ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ. އެއީ ނުޙައްޤު ނުބައި ޝަރީޢަތެއް ކަމަށާއި، ޒާތީ ތަޢައްސަބެއް ނެތް ކޮންމެ މީހަކު ރައީސް ޔާމީންގެ އެ ޝަރީޢަތް ކުރީ ގޯސްކޮށްކަން ޤަބޫލު ކުރާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އިބްރާ ވަނީ ރައީސް ނާސިރާއި، ރައީސް ޔާމީން އެއް ތިލަފަތަކުން ކިރަން އުޅުމަކީ އާދަމް ޝަރީފްގެ ހުރި ޖާހިލުކަމާއި ގޮތްނެތްކަން ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ މެމްބަރަކަށް ހުރެ އެޒާތުގެ ވާހަކަ ދެއްކުމަކީ ހުތުރު ކަމެއް ކަމަށް އިބްރާ ވިދާޅުވިއެވެ. މީގެއިތުރުން ޝަރީފަކީ ޑިފެންސް މިނިސްޓަރަކަށް ހުރެގެން ސިފައިން ފޮނުވައިގެން މަޖިލީސް ބަންދު ކުރި މީހެއް ކަމަށާއި، ޤާނޫނު އަސާސީގެ ބާރު ކަނޑުވާލި މީހެއް ކަމަށް އިބްރާ ވިދާޅުވިއެވެ. އިބްރާ ވިދާޅުވީ، ރައީސް ނާސިރު ކުރެއްވި ވަރުގެ ވެރިކަމެއް މި ރާއްޖޭގެ ތާރީޚުންވެސް ފެންނަން ނެތް ކަމަށެވެ.

"ޤާނޫނު ހިންގުނު. ދަރަނިވެރިއެއް ނުވޭ. އިސްތިޤްލާލް ދެމެހެއްޓުނު. ވައްކަމެއް ނުކުރަށްވާ. ރައީސް ޔާމީން ގެންނެވި ތަރައްޤީއެއް ނުފެނޭ. ޖީލުތަކަށް ޤައުމު ދަރުވާލާފަ ކޮންކްރީޓް އެޅުން އެއީ ތަރައްޤީ؟ ރައީސް ނާސިރު ވެރިކަން ނިންމެވީ ރާއްޖެ ދަރަނިވެރި ނުކުރަށްވާ ރާއްޖޭގެ ކޮންމެ ބޮލަކަށް 20 ރުފިޔާގެ މަގުން ރައްޔިތުން ވިޔަފާރި ހިންގަން އަތޮޅު ކޮމިޓީތަކާ ޙަވާލު ކުރަށްވާފައި. ރައީސް ޔާމީން ވަޑައިގަތީ ރާއްޖެ ބިލިއަނުން ދަރުވާލާފައި އޭގެން ބޮޑު ބައެއް އަމިއްލަފުޅު ޖީބަށް ލައްވައިގެން." އިބްރާ ވިދާޅުވިއެވެ.

އިބްރާގެ ވާހަކަތަކަށް ރައްދު ދެއްވާ އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީން ގެންނެވި ތަރައްޤީވެސް ފެންނާނެ ކަމަށާއި، އަދި އެ ތަރައްޤީ ރައީސް ނާސިރުގެ ތަރައްޤީއާއި އަޅާކިޔަން ބޭނުން ނުވާ ކަމަށެވެ. އަދި އިބްރާ ދައްކަވަނީ މައްސަލައާ ގުޅުންހުރި ވާހަކަތަކެއް ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"މިދައްކަނީ މީގެ 40 އަހަރު ކުރިން ކަންކުރިގޮތަށް މިހާރުވެސް ސަރުކާރުން ކަންކުރާ ވާހަކަ. ބަދަލު ހިފާ ވާހަކަ. އިންސާފުވެރި ޝަރީއަތަކުން ފައިސަލާ ނުކޮށް ބަދަލު ހިފާ ވާހަކަ. މަރުޙޫމް ނާސިރަށް އަޅުގަނޑުގެ ފުރިހަމަ ޤަދަރާއި އިޙްތިރާމް ކުރަން. އަޅާކިޔަނީކީވެސް ނޫން." އާދަމް ޝަރީފް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގައި އިއްޔެ ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދަޢުލަތުން ބުނެފައިވަނީ، ރައީސް ޔާމީން ނުފޫޒު ބޭނުންކުރަށްވައިގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކުރަށްވައިގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

އަދި އެ ދައުވާއާ ގުޅިގެން ފުއްގިރި ކުއްޔަށް ދީގެން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ނެގި 1 މިލިއަން ޑޮލަރާއި އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށްވެސް ދަޢުލަތުން ވަނީ އެދިފައެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ ރައީސް ޔާމީން އަށް ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޢިބުރާ

13-Jan-2021

ޢިބުރާ ޖާހިލު!! ކަލޭގެ ތީ ހަމަޔަށް ހުރި މީހެއްނަމަ އަދި ހާދަ ނުލާފާ ވާނެއޭ ހިތައް އަރާ މަ !! ކަލޭގެ ތީ ޖާހިލު މުރައްކަބެއް ވީމަ ކަލެއަށް ނުފެންނަނީ ރައީސް ޔާމީން ކޮށްފަހުރި މަސައްކަތުން ރައްޔިތުންނަށް ލިބިފައިވާ އަދި ލިބެމުންދާ ފަސޭހަ ތަކާއި , ފައިދާތައް!! ޢޭ ރުނޑިޔާއެވެ!! ޢަމިއްލައަށް ނުކުރެވޭ ކަންތައް އެހެން ޤައުމް ތަކުންވެސް ކުރަނީ ދޭދޭ ގައުމް ތަކުގެ އެހީގައި އިސްތިގްލާލް ނުގެއްލޭ ގޮތަށެވެ. ޜައިސް ޔާމީން ގެ ކޮންކްރީޓް ތަކުން ފައިސާ އާއި ފައިދާ ދާއިމަށް ގައުމަށް ލިބޭނެއެވެ! ޢެކަމަކު އެކަން ކުރަން އެނގޭ ތައްލީމީ ގާބިލް ވެރިޔަކު ހުރި ނަމަތާއެވެ, އަދުގެ ޙާލަތަކީ ގައުމަށް ފައިދާ ނުވާތާނގައި ހަނޑޫ ހަކުރުން ފެށި ވައްކަން ވެންޓިލޭޓަރާއި ހަމައަށް ގެންދިއުމުގެ ކުޅަދާނަ ކަން ލިބި ތިކަހަލަ ދެއުޅިއެއްނުވާ ރުނޑިންނަށް ލިބުމެވެ. ގައުމް ހިންގަން ލިބުމުން ޤައުމް އިނދަޖެހި އިންޑިއަން އެމްބަސީން ޤައުމް ހިންގަން ފެށުމެވެ!! ކަލޭ ތިޔަހަރީ އަނގަ ބަންދުވެފައެވެ. ކަލޭ ތާކުން ތާކު ނުޖެހޭ މީހެއްކަން ދޭހަވާ ކަމަކީ ޤައުމަށްވުރެ ކަލެއަށް އިސްކުރެވެނީ އަމިއްލަ ފައިދާއެވެ!! ޢެެޢީ އަމިއްލަ ޖީބު ފުރޭތީއެވެ.


-5

އަފީ

12-Jan-2021

ރައީސް ޔާމީން ޖަލަށްލީ ކީއްވެގެންކަން އަދިވެސް ސާފްނުވޭ. ކޯޓް ތަލުމުގައި އެންމެންގެ ކުރިމަތީ އޭސީސީގެ ރައީސް މުއައްވިޒް ބުނެފައޮތީ ރައީސް ޔާމީންގެ އެކައުންޓްގައި ހުރި ފައިސާ އަކީ ދައުލަތުގެ ފައިސާކަމަށް ނުނިންމާކަމަށް އަދި އެއްވެސް ވުޒާރާއަކުންވެސް ނުނިންމާ.


5

ބަޑި43

10-Jan-2021

މިހާރު ފާސްކޮށްފަ އޮތް ގާނޫނުގެ ދަށުން, ތިނަދޫގެ ކުދިބޮޑު އެންމެން ރަށުންބޭލި ލާ އިންސާނީ ކުށް ދިވެހި ދައުލަތާ ދެކޮޅަށް އުފުލަންޖެހޭ. ނޫނީ އިންޓަޝޭނަލް ކޯޓް އޮފް ޖަސްޓިސް އަށް ހުށަ އަޅަން ޖެހޭ.


7

ނަން

10-Jan-2021

ތިޔަ އިބުރާއަށްވުރެ ވަކިން ޖާޖޮލު މީހެއް މަދުވާނެ މިވަހުތަށް ނަލާއިރު. ޖާހިލުގެ މާނަ މީނަޔަށް އެނގޭބާ!


-11

ބޭބެ

10-Jan-2021

އޭއި! އިބުރާއެވެ. ޏަސިރުގެ ަމިއްލަ ނަމުގާ މާލޭގަ 47 ހަތް,ގޯތި އޮތްކަން އެގޭހެއްޔެވެ? އޭ! އިބުރާއެވެ! އަލމަނިކާއި ނާސިރު ހިއްސާވާ ކްލައިމިކްސް ކޮންޕެނޫގައި 99 އާގުބޯޓް,އޮތްކަން,އެގޭ ހެއްޔެވެ. އޭއި އިބުރާއެވެ! ސީ.ޓީ އީ ގެ ނަމުގާ ގައުމުގެ ވިޔަފާރި ނާސިރު އަމިއްލަބާރުގެ ދަށަށް ގެނެސް ކޮންޓްރޯލް ކުރިކަން,އެގޭ ހެއްޔެވެ ވެރިކަންދޫކޮށް ރާއްޖެއިން ދިޔައީ މިލިއުނަރެއްގެ ގޮތުގައި ކަން ވެސް ހަމަ ނޭގެނީހެއްޔެވެ.އޭއި އިބުރާއެވެ މިއީހަމަ އަމިއްލަ މުސާރައިން ހޯދި ތަކެތި ހެއްޔެވެ ކުރެވުނުތަހުޤީޤުން ކުށްސާބިތުނުވާ ވާހަކަނުދައްކާށެވެ ރައްޔިތުންނަށްކަންކަން އޮޅުވާލަން މަސައްކަތް ކުރާ މުނާފިޤުންގެ ތެރެއިން އިބުރާނުވާށެވެ


0

ވަރަ

10-Jan-2021

ގައުމުގެ ތިބޭޢިއްޒަތްތެރިންނަށް ހީވާކަހަލަ ލިބޭމުސާރައާނުބައްދަލު ދިރިއުޅުމެއް އުޅޭނަމަ އެކުރެވެނީވައްކަމޭ އެމުދަލެއް ހޯދާނީވައްކަމެއް ކޮއްގެންނޭ . މީދެން ކިހާބޮޑުވެއްޖެކަމެއް . ލިބޭމުސާރަކަށް ތަބަޢަވުން ލާޒިމީތަ .؟ ނޫނީހަރާންކަމަކީތަ .؟ ނުބައްދަލު ދިރިއުޅުމޭނުބައްދަލުމުދާހޯދަނީއޭއެކިޔަނީ . މުސާރައިން ޑޮލަރ ގަނެލާ ޑޮލަރު މާރުކޮއްލައިގެން ޅަދަރިންގެ ޑިއުޝަންފީ ހަމަޖައްސާމީހުންވެސް މަދެއް ނުވާނެ . މިހީވަނީ ބަދުނާމުއަޅުވާއިރު ޑޮލަރުމާރުކުރުން މުސާރައަށް ވުރެ އިތުރަށް މަސައްކަތެއް ކޮއް އިތުރު އާއްމުދަނީއެއް ހޯދުން ހަރާން ކަމަކަށްވެގެންއުޅޭހެން އިބްރާކޮންތާކުން ހޯދިފައިސާއަކުންތަ މަންދު ކޮލެޖް ހަދައިގެން ތިއުޅެނީ . މަޖްލިސްގަހުރެ ހޯދިފައިސާކައިހުސްނުވަނީތަ .؟



ޓްރެންޑިން