ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢީލް (ވ) އާއި ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު (ކ)
ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢީލް (ވ) އާއި ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު (ކ)
ސައިޒް އޮޅިގެން ނޫޅުމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢީލް، ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދަށް އަންގަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން "މެމްބަރުންގެ ކައިރިއަށް ފައިސާ ގޯނި ހިފައިގެން ހިނގި ކަމަށް" އިޢުތިރާފްވެ ވަޑައިގަންނެވުމާއި ގުޅިގެން މީޑިއާގެ ސަމާލުކަން ލިބިވަޑައިގެންނެވި މުޙައްމަދު އިސްމާޢީލް، ސައިޒް އޮޅިގެން ނޫޅުމަށް މެމްބަރު ނިހާދަށް ދެންނެވީ ދަޢުލަތެއް ލޫޓުވައިލީމާ ސަލާމަތް ނުވެވޭނެކަމަށް ވިދާޅުވެ ނިހާދު، ރައީސް ޔާމީނަށް ބަހުގެ ހަމަލާއެއް ދެއްވުމާއި ގުޅިގެންނެވެ.

މެމްބަރު ނިހާދު އެމޭރުމުން ރައީސް ޔާމީނަށް ނިސްބަތްކޮށް ވާހަކަ ދެއްކެވީ ރައީސް ޔާމީނަށް މިހާރު ލިބެމުންދާ އަނިޔާތައް ލިބެމުންދަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

އެކަމާ ގުޅިގެން މުޙައްމަދު އިސްމާޢީލް ވަނީ ދައުލަތަކީ ކޮބައިކަން ނިހާދަށް އެނގޭތޯ ސުވާލު ކުރަށްވާފައެވެ. އަދި ނިހާދު އުޅުއްވަނީ މި ސަރުކާރުގެ ނިމިދިޔަ 2 އަހަރު ދައުލަތުގެ ފައިސާ އާއި މުދަލުން “ދިރުވާލެވުނުވަރު” މަދުވެގެން ކަމަށް މުޙައްމަދު އިސްމާޢީލް ތުހުމަތު ކުރަށްވާފައިވެއެވެ. އެއަށް ފަހު މުޙައްމަދު އިސްމާޢީލް ވަނީ ނިހާދު ސައިޒު އޮޅިގެން ނޫޅުއްވުމަށް އަންގަވާފައެވެ.

"ތިމާގެ ސައިޒު އޮޅިގެން ނޫޅޭ! އައްޑޫގެ ރައްޔިތުންނަށް ތީ ކިހާވަރެއްގެ ކާކުކަން ސާފުވޭ؟ 97000 ރައްޔިތުންނާ ތިޔަދިމާކުރެވެނީ ހިތިފެންނާނެ." މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.



މީގެ އިތުރުން ޕީޕީއެމް ބައިބައިވެ ލީޑަރޝިޕަށް ރައީސް ޔާމީންގެ އިތުބާރު ގެއްލިފައިވާ ކަމަށް ފެތުރިފައިވާ ޚަބަރުތަކާ ގުޅިގެން މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ޕީޕީއެމްގެ ލީޑަރޝިޕް އޮތީ ރައްޔިތުންނާއެކު ބަދަހިކޮށް ކަމަށެވެ. އަދި ޕީޕީއެމް ހިންދަމާލާނީވެސް 2023 ގެ ރިޔާސީ އިންތިހާބް ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުމަށްފަހު ކަމަށް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ރައްދު ދެއްވަމުން މެމްބަރު ނިހާދު ވިދާޅުވެފައި ވަނީ،، ދަޢުލަތެއް ލޫޓުވާލުމަށް ފަހު އެއްވެސް މީހަކަށް ސަލާމަތް ނުވެވޭނެ ކަމަށެވެ. އަދި ތިމާ ކުރި ކަމެއްގެ ޒިންމާ ތިމާ އުފުލަންވާނެ ކަމަށާއި، އެހެން މީހެއްގެ ބޮލަށް އެކަން ކަނޑާލަން ނޫޅުއްވުމަށް މެމްބަރު ނިހާދު ވަނީ ރައީސް ޔާމީނަށް އިލްތިމާސް ކުރަށްވާފައެވެ. އަދި ރައީސް ޔާމީނަށް މިހާރު ލިބެމުންދާ އަނިޔާ ލިބެމުންދަނީ، އަޙްމަދު އަދީބު ލައްވައި ހުރިހާކަމެއް ކުރުވާފައި އޭނާ ކަތިލާފައި އަމިއްލަ އަށް ސަލާމަތްވާން މަސައްކަތް ކުރުމުން ނޫންތޯއޭ ވިދާޅުވެ ނިހާދު ވަނީ ސުވާލުކުރަށްވާފައެވެ.

މަަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މިހާރުވެސް 5 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން އުފުލާފައިވާ މަނީ ލޯންޑްރިންއާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދަޢުވާގައި އެމަނިކުފާނުގެ މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން ކުރިމިނަލް ކޯޓުގައި ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން