ޢާއްމު ތަނެއްގައި ބޭއަދަބީ ބަސް ބޭނުންކޮށްގެން ވާހަކަ ދެއްކެވި މައްސަލާގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް މި މަހުގެ ފެށުމަށް ހަމަޖެހިއްޖެއެވެ.
އަދުރޭގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.
އަދުރޭގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ އާންމު ތަނެއްގައި ބޭއަދަބީ ބަސް ބޭނުންކޮށްގެން ވާހަކަ ދެއްކެވި މައްސަލައެއްގައެވެ. އަދުރޭ ޢާއްމުތަނެއްގައި ބޭއަދަބީކޮށް ވާހަކަ ދައްކަވާފައިވަނީ، ރައީސް އަބްދުﷲ ޔާމީންއަށް ހުކުމް އިއްވި ދުވަހު، ކްރިމިނަލް ކޯޓުގެ ގާޟީންނަށް މުހާތަބު ކުރަށްވައެވެ. މިއީ ޤާނޫނުލް ޢުޤޫބާތުގެ ދަށުން މިފަދަ ދަޢުވާއެއް މީހެއްގެ މައްޗަށް އުފުލި ފުރަތަމަ ފަހަރެވެ.
އަދުރޭގެ ކޮރަޕްޝަންގެ މައްސަލަތަކެއް ދަޢުލަތުގެ ގިނަ އިދާރާތަކަކުން މިހާރުވެސް ދަނީ ތަޙްޤީޤު ކުރަމުންނެވެ. އަދުރޭ ފާހަގަކުރެވިފައިވަނީ ރާއްޖޭގެ ސިޔާސީ މާޙައުލުގައި ޙަރަކާތްތެރިވާ ބޭފުޅުންގެ ތެރެއިން ލައިވް ޓީވީގައި އަދަބާޚިލާފު ބަސްތައް ޢާއްމުކޮށް ބޭނުންކުރަށްވާ ބޭފުޅެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު