ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން ފަތުރުވެރިން އަންނަނީ ރާއްޖޭގެ ރީތި ގޮނޑުދޮށްތަކުގެ ސަބަބުން ކަމަށް ވިދާޅުވެ މޫދަށް ކުނިއުކާ މައްސަލައިގައި ރައްޔިތުންގެ މަޖިލީސް ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ޓްވީޓަކާއި ގުޅުވައިގެންނެވެ. ރާއްޖޭގެ ރިސޯޓް ތަކުން މޫދަށް ކުނިއަޅާ މައްސަލައާއި ގުޅިގެން ތަފާސް ހިސާބުން މަންޒަރު ސިފަކޮށްދެއްވަމުން ސަލީމް ވިދާޅުވެފައި ވަނީ ރާއްޖޭގެ ރިސޯޓް ތަކުން ދުވާލެއްގެ މައްޗަށް 389 ޓަނުގެ ކުނި މޫދަށް އުކާލާ ކަމަށާއި އޭގެ ތެރެއިން 233 ޓަނުގެެ ކުންޏަކީ ކުނިވާ ޒާތްޒާތުގެ ކާބޯތަކެތި ކަަމަށެވެ. ރިސޯޓުތަކުން މޫދަށް ކުނިވާ ޒާތް ޒާތުގެ ކާބޯތަކެތި އެޅުމުގެ ހުއްދަ ދީފައި އޮންނަ ކަމަށާއި، ނަމަވެސް މިހާރު މޫދަށް އުކާލެވެނީ އޭގެ ޒާތުގައި އަމިއްލަައަށް ފަސޭހައިން ނެތިގެން ދިއުމަށް ދަތިވާ މިންވަރަށް ކަމަށް ސަލީމް ވިދާޅުވިއެވެ. މި މައްސަލަ ގާނޫނާއި ގަވާއިދުތައް ބަދަލުކޮށްެގެެން ނަމަވެސް ހައްލުކުރަން ޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ.

"މިއީ ބޮޑު މައްސަލައެއް. މިފަދަ ކަންކަން ތަކުރާރުވުން އެކަށީގެންވޭ ރިސޯޓުތައް ގިނަވިވަރަކަށް. ނަމަވެސް މިއައްވުރެ ޒިންމާދާރު ގޮތަކަށް ކުނި މެނޭޖްކޮށް ނައްތާލެވޭނެ. ކުނި ކޮމްޕޯސްޓު ކުރުމާއި، ކާބޯތަކެތީގެ ބާވަތްތަކުގެ ކުނި ބަޔޯގޭހަށް ބަދަލު ކުރެވިދާނެނުންތޯ؟ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން މީހުން އަންނަނީ ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާހެދި. އަހަރުމެން އަމިއްލައަށް އަހަރުމެންގެ ގޮނޑުދޮށްތައް ހަޑިކޮށް ތިމާވެށި ހަލާކު ކުރަނީ." ސަލީމްގެ ޓްވީޓަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.



ރިސޯޓްތައް އެންމެ ގިނައިން ހިމެނޭ މާލެ އަތޮޅުގެ ރިސޯޓް ތަކުން މޫދަށް އުކާލާ ކުނި ރަށްރަށުގެ ފަޅުތެރެއާއި ގޮނޑުދޮށް ތަކަށާއި އަތިރިމައްޗަށް ޖަމާވެ އެތަންތަން ކުނިގޮނޑު ތަކަށް ބަދަލުވަމުންދާތީ ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން މިހާރުވެސް ޗުއްޓީ ހޭދަކުރަމުންދާ ކ. މާފުށީގެ މޫދުން ފެށިގެން އަތިރިމައްޗާއި ރަށު ތެރެ ގޮނޑުވަމުންދާތީ ގިނަ ބަޔަކު މިއަދުވަނީ އެކަން ކަމާބެހޭ ފަރާތް ތަކުވެ ސަމާލު ކަމަށް ގެނަސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން