ސްކޫލެއްގައި ދަރިވަރުން ތަޢުލީމް ޙާސިލް ކުރަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
ސްކޫލެއްގައި ދަރިވަރުން ތަޢުލީމް ޙާސިލް ކުރަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
މިއަހަރު މެއި އަދި ޖޫން މަހު ބާއްވާ އޭލެވެލް އިމްތިހާނު ނުބާއްވަން ނިންމައިފިއެވެ

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް މިއަހަރުގެ މޭ ޖޫން ގައި ބޭއްވުމަށް ހަމަޖައްސާފައިވާ އޭ.އެސް އޭ ލެވެލް އިމްތިހާނު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ނުގެންދާނެކަމަށް އިނގިރޭސި ވިލާތުގެ ޕިއާސަން އިން ބުނެފައިވާ ކަމަށެވެ. ނަމަވެސް މޭ ޖޫން ގައި އޭ.އެސް އޭ ލެވެލް އިމްތިހާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމާއި ސެޓްފިކެޓް ދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތެއް މިމަހުގެ 22 ގައި އިނގިރޭސިވިލާތުގެ "އޮފްކޮލް" އިން އިއުލާނު ކުރާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.



މޭ ޖޫންގެ އޭ ލެވެލް އިމްތިހާނު ނުބާއްވަން ނިންމި ނަމަވެސް މިއަހަރުގެ އޮކްޓޯބަރު ނޮވެމްބަރު ގައި ބޭއްވުމަށް ހަމަޖައްސާފައިވާ އޭއެސް އޭ ލެވެލް އިމްތިހާނު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ދާނެ ކަމަށްވެސް ޕިއާސަންގެ ބަޔާނުގައި ބުނެފައިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ނިންމުމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ކުރިޔަށްގެންދާ އޭއެސް އޭ ލެވެލްގެ އެޕްލިކޭޝަން މަރުހަލާއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

މީގެ އިތުރުން އެޑިއުކޭޝަނުން ބުނީ، އޭ.އެސް އޭ ލެވެލް އިމްތިހާނުތަކަށް ދަރިވަރުން ތައްޔާރުވަމުން ދިޔަ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިޔަށް ގެންދިޔުމަށް ސްކޫލްތަކަށާއި އަމިއްލަގޮތުން އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް އަންގާ ކަމަށެވެ. ކޮވިޑުގެ ހާލަތާ ގުޅިގެން މިދިޔަ 2020 ވަނަ އަހަރުގެ މެއި ޖޫން އޭލެވެލް އިމްތިހާނު ވެސް ބާއްވައިފައެއް ނުވެއެވެ. އެ އިމްތިހާނު ކުރިއަށް ގެންދިޔައީ އޮކްޓޯބަރު ނޮވެމްބަރުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން