އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވަވަމުން ދިޔައިރު އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމަށް ވަނުމަށް ހުރަސްއެޅިކަމަށް ބުނެ ދައްކާ ވާހަކަތައް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ދޮގު ކުރަށްވައިފިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ދިޔައިރު މަޖިލީހުގެ ތަޅުމުގައި ރައީސްގެ ބަޔާނާ ދެކޮޅު ހައްދަވައި ޝުޢޫރު ފާޅުކުރަށްވަމުން ގެންދެވި މަންޒަރު ފެނިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު އެވެ. ޖާބިރު ގިނިކަންޏާ ކުރެއްވި އިޙްތިޖާޖުގައި އިދިކޮޅު ކޯލިޝަންގެ އެއްވެސް މެމްބަރަކު ބައިވެރިވެފައެއް ނުވެއެވެ.

ނަމަވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު މަޖިލީހުގެ ތަޅުމުން ބޭރުގައި އިދިކޮޅު މެމްބަރުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިޙްތިޖާޖް ކޮށްފައެވެ. އަދި އެ މެމްބަރުން މަޖިލީހުގެ ތަޅުމަށް ވަނުމަށް މަޖިލީހުގެ ސެކިއުރިޓީން ހުރަސްއަޅާ މަންޒަރު ފެންނަ ވީޑިއޯތައްވެސް މީސް މީޑިއާގައި ވަނީ ޢާއްމުވެފައެވެ. ނަމަވެސް އެ ވީޑިއޯތަކަކީ އެއްވެސް އަސްލެއްނެތް ވީޑިއޯތަކެއް ކަމަށް ދޭހަވާ މޭރުމަކުން މެމްބަރު ރޮޒެއިނާ ވަނީ ވާހަކަ ދައްކަވާފައެވެ.



އިދިކޮޅު މެމްބަރުންގެ ތުހުމަތުތައް ދޮގުކުރަށްވައި މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ޕީޕީއެމް މެމްބަރުން މަޖިލީހުގެ ތަޅުމަށް ނުވެއްދި ކަމަށް ބުނެ ދައުރުކުރާ ވީޑިއޯ އަކީ ބޮޑު ދޮގެއް ކަމަށެވެ. އަދި އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުގައި ތިއްބެވުމަށްފަހު ރައީސް ވަޑައިގަތުމުން ބޭރަށް ނުކުންނެވީ އަމިއްލައަށް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"މަހިބަދޫ އެމްޕީ އެތެރޭގަ ހުންނެވީ އެމްޕީ ޖާބިރަށް ހިތްވަރުދޭން. ޖާބިރު ބޭރަށް ނުކުންނަ އިރަށް ބޭރުގަ ތިބި ޕީޕީއެމް އެމްޕީން އޭނަ އަނބުރާ އެތެރެއަށް ވައްދަމުން ދިޔައީ." ރޮޒެއިނާ ވިދާޅުވިއެވެ.

މަޖިލީހުގެ އެހެން ބައެއް މެމްބަރުންވެސް ވިދާޅުވެފައި ވަނީ މަޖިލީހުގެ ދޮރުތައް ރިޔާސީ ބަޔާން އިއްވަމުން ދިޔައިރު ބަންދު ކޮށްފައިނުވާ ކަމަށާއި، ވީޑިއޯ އިން ފެންނަނީ ޕީޕީއެމް މެމްބަރުން ގެންގުޅުއްވި ބެނަރ އަކުން މެމްބަރު ޖާބިރު ނިވާކޮށްގެން މަޖިލީހުގެ ތަޅުމަށް ވެއްދުމަށް މަސައްކަތް ކުރާ މަންޒަރު ކަމަށެވެ. އިއްޔެ މަޖިލީހުގެ ތަޅުމުން ބޭރުގައި އިދިކޮޅު މެމްބަރުން އިޙްތިޖާޖު ކޮށްފައިވާ އިރު ރައީސް ޞާލިޙާއި، ރައީސް ނަޝީދު ވަނީ އެބޭފުޅުންގެ އަރިހަށް ވަޑައިގެން އެބޭޅުންނާ ވާހަކަފުޅު ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


13

ޚޮބާތޯ

11-Feb-2021

ކޮބާތޯ އިންސާފު ⚖️🦧 ކުޅަދުންވަންތަކަން ރައީސް.


10

ޗޮއްޕަޓޭ

11-Feb-2021

ނުވަދެ ނުކުމެވޭތަ? ކަލޭގެ މާމަ ގާތުން ކާފަ ނުކުތީވެސް އަމިއްލައަށް. އެއީ ކާކުކަން އެނގޭތަ ކަލެއަށް?



ޓްރެންޑިން