އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ "އޮކްސްފަރޑް-އެސްޓްރާޒެނެކާ ވެކްސިން،" ގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން ޖެހުމަށް އިދިކޮޅު ޕީޕީއެމުން ގޮވާލައިފިއެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔު.އެޗް.އޯ ގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާރޓްސް އޮން އިމިއުނައިޒޭޝަން (ސޭޖް) ގެ މާހިރުން ކުރި ހަތަރު ހަފްތާގެ ދިރާސާ ނިމި، ދެކުނު ކޮރެޔާގައި ތައްޔާރުކުރާ އޮކްސްފޮޑް-އެސްޓްރާޒެނެކާ މަރުކާގެ ވެކްސިނާއި އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑް މަރުކާގެ ވެކްސިން، އުމުރުން 18 އަހަރުން މަތީގެ މީހުން ބޭނުންކުރުމުގެ އިމަރޖެންސީ ހުއްދަ ރަސްމީ ސިފައެއްގައި ދިނުމާއެކު، އަދި ކުރިން ހުއްދަ ދީފައިވާ ފައިޒަރ-ބަޔޯއެންޓެކް މަރުކާގެ ވެކްސިންގެ އިތުރުން އެ ދެމަރުކާވެސް ބޭނުންކުރުމަށް އެޖަމްއިއްޔާއިން ގޮވާލާފައިވާތީ، އެކަމަށް އިޖާބަދީ، ވެކްސިން ޖެހުމަށް ދިވެހި ރައްޔިތުންނަށް އެކޯލިޝަނުން ހިތްވަރުދޭ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން އަބަދުވެސް އިސްކަންދީ، ބާރުއަޅާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި، އެގޮތުން، ވެކްސިންތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ދެނެގަތުމުގެ ފަންނީ ޤާބިލިއްޔަތު ރާއްޖޭގައި ޤާއިމުކުރެވިފައިނުވާ ހިނދު އަދި އެފަންނުގެ ދުނިޔޭގެ ފެންވަރުގެ މާހިރުން އަދި ރާއްޖޭގައި ނެތް ހިނދު، ޒަމާނުއްސުރެ އެފަދަ ކަންކަމުގައި އަމަލުކުރަމުން އައި ގޮތް ކަމުގައިވާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ލަފަޔާއި އިރުޝާދު ބަލައިގަތުމަކީ އެކޯލިޝަނުން ކުރިއަށްއޮތްތާނގައިވެސް ކަންކުރާނެގޮތް ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި އެގޮތަށް އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކަށްވެސް އެކޯލިޝަނުން ވަނީ ގޮވާލާފައެވެ.

"މިކޯލިޝަނުން ޤަބޫލުކުރާގޮތުގައި، ރައްޔިތުންގެ ޞިއްޙަތަށްވުރެ ކުރިއަށް ނެރެވޭނެ އެއްވެސް އެހެން އެޖެންޑާއެއް އޮވެގެންނުވާނެއެވެ. ޚާރިޖީ ގުޅުންކަމުގައިވިއަސް، ޞިއްޙީ ދާއިރާގެ ޚިދްމަތްތެރިންގެ މުސާރައާއި އިނާޔަތްތައް ކަމުގައިވިއަސް، އެފަދަ އެންމެހާ ކަންކަން އަންނަންވާނީ ރައްޔިތުންގެ ދުޅަހެޔޮކަމާއި، ސަލާމަތާ، ރައްކާތެރިކަން ކަށަވަރުކުރުމަށްވުރެ ފަހަތަށެވެ." އިދިކޮޅު ކޯލިޝަންގެ ނޫސް ބަޔާނުގައި ވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަރާތުން ނެރުނު ބަޔާނުގައި، އަދި އެޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ، ޓެޑްރޮސް ގެބްރިއޭސުސް ނޫސްވެރިންނަށް ދެއްވި މަޢުލޫމާތުގައި ވަނީ، އެޖަމްޢިއްޔާގެ އީ.ޔޫ އެލް އަށް މި ދެ މަރުކާގެ ވެކްސިން އިތުރުކުރެވުނުކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި، އެ މަރުކާތަކުގެ (ލަފާދީފައިވާ ދުރުމިނުގައި ދެވޭ) ދެ ޑޯޒަށްފަހު ކޮވިޑުން ރައްކާތެރިވުމުގެ 63.09 އިންސައްތަ ފުރުޞަތު އޮންނާނެކަން ހާމަކުރައްވާފައެވެ. މިއީ 95 އިންސައްތަ ޔަޤީންކަން އޮންނަ ފައިޒަރ.ބަރޯއެންޓެކް މަރުކާއަށްވުރެ ދަށް އަދަދެއްކަމުގައިވިއަސް، ރާއްޖެފަދަ ވެކްސިން ކޯލްޑް ޗޭން ޤާއިމުކުރެވިފައިނުވާ ޤައުމުތަކުގައި މި މަރުކާ ބޭނުންކުރުމުގެ ފަސޭހަތައްވެސް އެޖަމްޢިއްޔާގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ، ވެކްސިން ޖެހުމަށް ގޮވާލުމުގެ އިތުރުން، ޑަބްލިޔުއެޗްއޯ މެދުވެރިކޮށް ވެކްސިންގެ ސަލާމަތްތެރިކަން ކަށަވަރުވެފައިވާ ހިނދު، އެކަމަށް ދެވޭ އިތުރު ހިތްވަރެއްގެ ގޮތުން، އެކޯލިޝަނުގެ އިސްވެރިންނާއި ކައުންސިލް މެންބަރުން ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ވެކްސިން ޖަހާނެ ކަމަށެވެ.

އަދި އެހެން ބައެއް މަރުކާތަކުގެ ވެކްސިންވެސް ރާއްޖެ ގެނެވިފައިވާކަމަށާއި، ނުވަތަ ގެންނަން ހަމަޖެހިފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވާތީ، އެ މަރުކާތައްވެސް ޑަބްލިޔު.އެޗް.އޯ. ގެ އީ.ޔޫ.އެލް. ގައި ހިމެނިފައިވޭތޯ ކަށަވަރުކުރުމަށާއި، އޭގެ ކުރިން އާންމުކޮށް ޖަހަންނެރެ، އެ މަރުކާތައް ބޭނުންކުރަން ރައްޔިތުންނަށް ބާރު އެޅުން އެއީ ޒިންމާދާރުކަމެއް ނޫންކަން ހަނދާންކޮށްދީ، ސަރުކާރަށް އެކޯލިޝަނުން ވަނީ ނަސޭޙަތްތެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޢަލީ

20-Feb-2021

ލާހޫރޭ ކިތަންވީ


-2

ހަލީމަ

18-Feb-2021

އުބައްޖެހީ ހެހެހޭ ކުރިން ވެސް ފޫނުކަހާ ތިގޮތް އޮތެތްނު. ހަމަ އުބައްޖެހީ


7

އާމިނެ

18-Feb-2021

ހައްގައް ޕިއްޕީ މެންމިބޮއްގޮރޮބީގޮސް



ޓްރެންޑިން