ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ (މ)
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ (މ)
އިދިކޮޅު ކޯލިޝަން ހިންގެވުމާ ޙަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ޕީއެންސީގެ ނައިބުރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، އަދުރޭ ހައްޔަރުކުރީ އޮފީހުގައި އިންނެވުމަށްފަހު ގެއަށް ވަޑައިގަތުމަށް ނިކުމެވަޑައިގަތް ވަގުތު ކަމަށެވެ.



ސައީދު ވަނީ މިހާރުން މިހާރަށް އަދުރޭ ދޫކޮށްލުމަށް ގޮވާލައްވާފައެވެ، އަދި މި ސަރުކާރުގެ އަނިޔާވެރިކަން ހުއްޓާލުމަށްވެސް ސަޢީދު ގޮވާލެއްވިއެވެ.

އަދުރޭ ހައްޔަރުކޮށްފައިވާއިރު، އިދިކޮޅު ކޯލިޝަނުންދަނީ މާލޭގެ މަގުތަކުގައި މުޒާހަރާތަކާއި، އެއްވުންތައް ބާއްވަމުންނެވެ. މިކަމާ ގުޅޭގޮތުން ފުލުހުން އަދި ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން