އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، އެޗްޕީއޭގެ ގައިޑްލައިނުތަކާއި ހިލާފަށް އަދުރޭގެ ލީޑާޝިޕްގެ ދަށުން ކުރިއަށް ގެންދިޔަ އެއްވުމެއް ރޫޅާލުމުގެ ބޭނުމުގައި ކަމަށެވެ.
އަދި މަޢުލޫމާތު ސާފު ކުރުމަށްފަހު އަދުރޭ މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދުރޭ ހައްޔަރުކުރީ އެއްވުމެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެފައިވާއިރު، ޕީއެންސީގެ ނައިބުރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، އަދުރޭ ހައްޔަރުކުރީ އޮފީހުގައި އިންނެވުމަށްފަހު ގެއަށް ވަޑައިގަތުމަށް ނިކުމެވަޑައިގަތް ވަގުތު ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން މާލޭގައި އެއްވުންތައް ބާއްވަމުން ގެންދާއިރު، އެޗްޕީއޭއިން ވަނީ 10 މީހުންނަށް ވުރެ ގިނަ މީހުން އެއްވުން މަނާކޮށް ގައިޑްލައިނެއް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު