ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު (ކ) ކުރީގެ ޤާޟީ އަޙްމަދު ޙައިލަމް (ވ)
ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު (ކ) ކުރީގެ ޤާޟީ އަޙްމަދު ޙައިލަމް (ވ)
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް އަކީ ފައިސާއަށް ޤާނޫނު މާނަކޮށްދޭ މީހެއް ކަަމަށް ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސަކަށް ހުންނެވި ޑރ. ޖަމީލް އެ މަގާމުން ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށްބުނެ ސުޕްރީމް ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލާގައި ޖަވާބުދާރީވަމުން މަޖިލީހަށް އޮތް ބާރެއްގެ މައްޗަށް ސުޕްރީމްކޯޓަށް ބަސްނުބުނެވޭނެކަމަށް ދަޢުލަތުން ބުނެފައިވާތީ، އެކަމަށް ޙައިލަމް ވަނީ ފާޑުވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޙައިލަމް ވިދާޅުވީ، ‏ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ގޮންޖަހައި ބަސް ބުނުމުގެ ބާރު މަޖިލީހަށް ލިބިދެވޭ ކަމަށާއި، އެކަމަކު މަޖިލީހުގެ ނިންމުންތަކާމެދު ދައުލަތުގެ އެންމެ މަތީ ކޯޓަށް ބަހެއް ބުނުމުގެ ބާރެއް ނެތް ކަމަށެވެ. އަދި އެންމެން މި ކިޔަނީ އެއް ޤާނޫނުއަސާސީއެއްތޯ ޙައިލަމް ސުވާލު އުފައްދަވާފައިވެއެވެ.

ޙައިލަމަށް ރައްދު ދެއްވަމުން ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވީ، ޙައިލަމްގެ ވާހަކަތަކާމެދު ލަދުވެތިވާ ކަމަށެވެ. އަދި ފައިސާއަށް ޤާނޫނު މާނަކޮށްދޭ މީހަކު ޤާނޫނު މާނަ ކުރާނީ ފައިސާދޭ މީހާ ބުނާ ގޮތަކަށް ކަމަށް ނިހާދު ވިދާޅުވިއެވެ.



ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސަކަށް ހުންނެވި ޑރ. ޖަމީލް އެ މަގާމުން ވަކިކުރީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. އެއީ ޖޫން 2015 ގައެވެ. ޕީޕީއެމްގެ މެޖޯރިޓީ އޮތް އެމަޖިލީހުން އެ ގޮތަށް ފާސްކުރިއިރު ޖަމީލް ވަކިކުރަން ޕީޕީއެމްގެ އިތުރުން އިދިކޮޅުގައި އޭރު ތިބި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން ވެސް ވޯޓް ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ކިނބޫ

26-Feb-2021

ކަލެއަކީ ފައިސާއަށް އައުގުރާނަ ގޮވައިދޭ މީހެއް!


5

ފޭދޫ މީހާ

26-Feb-2021

ކަލޯތީ ފައިސާއަށް ނަފުސު ރީނދުލަށް ވިއްކާ މީހާތޯ؟



ޓްރެންޑިން