ޕީޕީއެމް އިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ޕީޕީއެމް އިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
މުޒާހަރާ ފެށުމުގެ ކުރިން މުޒާހަރާގެ ބައިވެރިން ހައްޔަރުކުރި ނަމަވެސް ސަރުކާރު ފެއިލް ނުވާކަމަކަށް ނުވާނެ ކަމަށް ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހިޔާމަޝްރޫޢުގެ ފްލެޓްތައް ދިނުމުގައި ސަރުކާރުން އޮޅުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ މުޒާހަރާ ކުރުމަށް ނިންމާފައެވެ. ނަމަވެސް ފުލުހުންވަނީ މުޒާހަރާ ފެށުމުގެ ކުރިން މުޒާހަރާގައި އިސްކޮށް ޙަރަކާތްތެރިވާ ގިނަ ބަޔަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި މުޙައްމަދު އިސްމާޢީލާއި، މަޖިލިސް މެމްބަރު މޮސްޓާގެ އިތުރުން ކާނަލް ނަޝީދު ހިމެނެއެވެ.

އެކަމާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރ މުޙައްމަދު އިސްމާޢީލު ހައްޔަރު ކުރުމަކުން މުޒާހަރާ ނުހުއްޓުވޭނެ ކަމަށެވެ.

"މުޙައްމަދު އިސްމާޢީލުވެސް ނުހުއްޓުވޭނެ. އޭނަ ޖެހިލުމެއްވެސް ނުވާނެ. ސަރުކާރު ފެއިލްނުވާކަމަކަށްވެސް ނުވާނެ. މިހާރުން މިހާރަށް މުޙައްމަދު އިސްމާޢީލު ދޫކޮށްލުމަށް ގޮވާލަން." އަދުރޭ ވިދާޅުވެފައިވެއެވެ.



ފުލުހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ފެތުރުން އިހުނަށްވުރެ އިންތިހާއަށް އިތުރު ވެފައިވާ މި ނާޒުކު ދަނޑިވަޅަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަންޖެހޭ ވަގުތު ކަމަށް ދެކޭ ކަމަށެވެ. އަދި، އިދިކޮޅު ފަރާތްތަކުން އިންތިޒާމްކުރާ ގާނޫނާއި ގަވާއިދާ ޚިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ވަނީ ހުރިހާ އެންމެން ވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކޮށް، ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

މާލެ ސަރަހައްދުގައި އެއްވެ އުޅުން މަނާކޮށް އެޗްޕީއޭއިން އަންގާފައިވަނީ، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން