އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ ރައްޔިތުން ބޮޑު ނުރައްކަލަކަށް ހުށަނޭޅޭ ގޮތަށް ބަލައިގެން ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހިޔާމަޝްރޫޢުގެ ފްލެޓްތައް ދިނުމުގައި ސަރުކާރުން އޮޅުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މިއަދު ކުރުމަށް ތައްޔާރުވި މުޒާހަރާއާ ގުޅޭގޮތުން އިމްރާން ވިދާޅުވީ، ރައްޔިތުން ނުރައްކަލަށް ހުށައެޅޭ ގޮތަށް ހިންގާ ޙަރަކާތްތަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު އިޢުލާނެއްގައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ އިން ކަށަވަރުކޮށްދޭ މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ ޙައްޤާއި 32 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްޤަކީ ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިގެންވާ އަދި ސަރުކާރުން އެކަން ކަށަވަރުކޮށްދޭ ޙައްޤުތަކެއް ކަމަށެވެ. ހަމައެއާއެކު ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކުރެވިގެންވާ މިނިވަންކަމަކީ އެއާއެކު ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއްވާ އަދި ހުދޫދުތަކެއްވެސް ކަނޑައެޅިގެންވާ ކަންކަން ކަމަށްވެސް މިނިސްޓްރީގެ އިޢުލާނުގައި ވެއެވެ.
މިނިސްޓްރީން ބުނެފައިވަނީ ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގެ (ނ) ގައި މުޖުތަމަޢުގެ ދުޅަހެޔޮކަމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މައްސޫލިއްތެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ވަބާގެ އަސަރު ދިވެހިރާއްޖެއަށް ކޮށް، ދިވެހި ލޮބުވެތި ރައްޔިތުންގެ ތެރެއިން 60 މީހުން އެބަލީގައި ނިޔާވެގޮސް، އެތައްބަޔަކު އެބައްޔަށް ޕޮޒިޓިވްވެ، ގިނަ ޢަދަދެއްގެ މީހުން އެނދުމަތިކޮށްގެން ފަރުވާކުރުމަށް މަޖުބޫރުވެ، އެކަމަށްޓަކައި ޚާއްސަކުރެވިގެން ޤާއިމުކޮށްފައިވާ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޖާގަފުރި، ރެއާދުވާލު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރާ ސިއްޙީ ޚިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާ ނުބައްދަލު މިންވަރަށް ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމުގައި ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތްކުރުމެއްނެތި، ހަމަނުޖެހުމާއި ހަލަބޮލިކަން އުފެއްދުމަށްޓަކައި، އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވުންތަކާއި ހިނގާލުންތައް ނުރޭވުމަށާއި އެގޮތަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ހޯމް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ހަމައެއާއެކު ސިޔާސީ ޕާޓީތަކަށްވެސް ރައްޔިތުންގެ އާންމު ސިއްހަތު ސަލާމަތްކުރުމަށްޓަކައި ޒިންމާދާރުވުމަށް މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

ehve ulhumuge minivankan beynun kuranvaanee rayyithun bodu nurakkalakah husha neylhey goiy balaigen. https://t.co/BcCmoCItAW
— Imran Abdulla (@ShimranAb) February 26, 2021
މިނިސްޓްރީން ބުނެފައިވަނީ ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގެ (ނ) ގައި މުޖުތަމަޢުގެ ދުޅަހެޔޮކަމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މައްސޫލިއްތެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ވަބާގެ އަސަރު ދިވެހިރާއްޖެއަށް ކޮށް، ދިވެހި ލޮބުވެތި ރައްޔިތުންގެ ތެރެއިން 60 މީހުން އެބަލީގައި ނިޔާވެގޮސް، އެތައްބަޔަކު އެބައްޔަށް ޕޮޒިޓިވްވެ، ގިނަ ޢަދަދެއްގެ މީހުން އެނދުމަތިކޮށްގެން ފަރުވާކުރުމަށް މަޖުބޫރުވެ، އެކަމަށްޓަކައި ޚާއްސަކުރެވިގެން ޤާއިމުކޮށްފައިވާ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޖާގަފުރި، ރެއާދުވާލު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރާ ސިއްޙީ ޚިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާ ނުބައްދަލު މިންވަރަށް ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމުގައި ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތްކުރުމެއްނެތި، ހަމަނުޖެހުމާއި ހަލަބޮލިކަން އުފެއްދުމަށްޓަކައި، އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވުންތަކާއި ހިނގާލުންތައް ނުރޭވުމަށާއި އެގޮތަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ހޯމް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ހަމައެއާއެކު ސިޔާސީ ޕާޓީތަކަށްވެސް ރައްޔިތުންގެ އާންމު ސިއްހަތު ސަލާމަތްކުރުމަށްޓަކައި ޒިންމާދާރުވުމަށް މިނިސްޓްރީން ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު