ޕީޕީއެމް އިން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން
ޕީޕީއެމް އިން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން
އިދިކޮޅު ފަރާތްތަކުން މާލޭގައި މިއަދު ކުރިއަށް ގެންދިއުމަށް މަސައްކަތްކުރި މުޒާހަރާ ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތް ނާކާމިޔާބުވެ އިދިކޮޅު މެމްބަރުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.

އިދިކޮޅު މުޒާހަރާ ބޭއްވުމަށް ފުރުސަތު ނުދޭނެ ކަަމަށްބުނެ ފުލުހުން ޙަރަކާތްތެރި ވެފައިވަނީ ޕީޕީއެމް އޮފީސް ސަރަޙައްދުގައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންވަނީ މާލޭގެ އެހެނިހެން ސަރަޙައްދުތަކަށް ޖަމާވެ މާލޭގެ މަގުތަކުގައި އިޙްތިޖާޖް ފަށާފައެވެ. އަދި އެ ބައިވެރިން ހުއްޓުވުމަށް ފުލުހުން އަދި ޙަރަކާތްތެރި ވަމުންނެއް ނުދެއެވެ.

ހިޔާމަޝްރޫޢުގެ ފްލެޓްތައް ދިނުމުގައި ސަރުކާރުން އޮޅުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މިއަދު ކުރުމަށް ތައްޔާރުވި މުޒާހަރާ ހުއްޓުވާ ފުލުހުންވަނީ މުޒާހަރާ ފެށުމުގެ ކުރިން މުޒާހަރާގައި އިސްކޮށް ޙަރަކާތްތެރިވާ ގިނަ ބަޔަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ މަޖިލިސް މެމްބަރު މުޙައްމަދު އިސްމާޢީލާއި، މަޖިލިސް މެމްބަރު މޮސްޓާ އާއި، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްގެ އިތުރުން ކާނަލް ނަޝީދު ހިމެނެއެވެ.

ފުލުހުން ވަނީ ހުރިހާ އެންމެން ވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކޮށް، ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން