ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ޢުމަރު
ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ޢުމަރު
ރައީސް ޔާމީން ޖަލުގައި އޮންނެވިޔަސް އިދިކޮޅު ލީޑަރަކަށް އެހެން މީހަކު ނުދެއްކޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ ތެރޭގައި ލީޑަރޝިޕާމެދު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށް މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ، ރައީސް ޔާމީންގެ ލެގަސީ ނައްތާލުމަށް ކުރާ ކޮންމެ ކަމަކުން ރައީސް ޔާމީނަށް ކުރާ ތާޢީދު ވާނީ އިތުރު ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް ތުހުމަތުކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، އިޙްތިރާމާ ޤަދަރަކީ ޤާނޫނަކުން ލިބޭ އެއްޗެއް ނޫން ކަމަށާއި، އަދި އެއީ ޤާނޫނަކުން ނިގުޅައި ގަނެވޭ އެއްޗެއްވެސް ނޫން ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ބަދަލު ގެނައި ނަމަވެސް ރައީސް ޔާމީން ނޫން ބޭފުޅަކަށް އިދިކޮޅު ލީޑަރަކަށް ނުވެވޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.



މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ބަދަލުގެނަސް އޭރު ޖަލުގައި ތިއްބެވި އޭރުގެ އިދިކޮޅު ލީޑަރުންގެ އަތުން ޕާޓީތަކުގެ އިސް މަޤާމުތައް އަތުލާފައެވެ. އެގޮތުން އެގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ރައީސް ނަޝީދާއި، ޝެއިޚް ޢިމްރާނާއި ޤާސިމް އިބްރާހީމްގެ އަތްޕުޅުން ވަނީ އެބޭޅުންގެ މަގާމު ގެއްލިފައެވެ.

އޭރުގެ ސަރުކާރުގައި އިސްކޮށް ތިއްބަވައިގެން ރައީސް މައުމޫންގެ އަތްޕުޅުން ޕީޕީއެމް އަތުލައި، އެ މަނިކުފާނު ޕާޓީން ބޭރުކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


19

މުހައްމަދު

27-Feb-2021

ގާނޫނުތަކަށް ބަދަލު ގެނެސްގެން ބޭނުންވި ކަންކަން ޙާސިލް ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ރައީސްޔާމީން. އާދަމް ޝަރީފް މެންނަށް މިކަން ރަނގަޅަށް އެނގިތިބެ މިކަހަލަ ވާހަކަ ދައްކަނީ އިތުރަށް ބަދުނާމުވާން ނޫންބާވައެވެ.



ޓްރެންޑިން