އިދިކޮޅު މުޒާހަރާގެ ތެރެއިން.
އިދިކޮޅު މުޒާހަރާގެ ތެރެއިން.
އިދިކޮޅު ޕީޕީއެމްއިން މިއަދު އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ބޭއްވި މުޒާހަރާއިން ހައްޔަރުކުރީ 28 މީހުން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދުގެ މުޒާހަރާއިން 28 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެޗްޕީއޭގެ އެންގުމާއި ޚިލާފަށް މާލޭގެ މަގުތަކަށް އެއްވުމާއި ގުޅިގެން ކަމަށެވެ. މިއަދުގެ މުޒާހަރާ ފެށުމުގެ ކުރިންވެސް ފުލުހުން ވަނީ މުޒާހަރާ ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި ހޯމް މިނިސްޓްރީންވެސް ވަނީ އެޗްޕީއޭގެ ގައިޑްލައިނަށް ތަބާވުމަށް ޕީޕީއެމް އަށް އިލްތިމާސްކޮށްފައެވެ.

މިއަދުގެ މުޒާހަރާއިން ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ އާއި، ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫނާއި، ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ހިމެނެއެވެ.

އަދި މުޒާހަރާ ފެށުމުގެ ކުރިން ފުލުހުންވަނީ ކާނަލް ނަޝީދާއި، ފައިސާގޯނި އުފުލިކަމަށް ބުނާ ހޯރަފުށީ މުޙައްމަދު ވެސް ހައްޔަރުކޮށްފައެވެ. އަދި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޝާހިދު އާއި، ފެނަކައިގެ ކުރީގެ އެމްޑީ ނިމަލްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ފުލުހުން ވަނީ ހުރިހާ އެންމެން ވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކޮށް، ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

މާލެ ސަރަހައްދުގައި އެއްވެ އުޅުން މަނާކޮށް އެޗްޕީއޭއިން ވަނީ، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން