ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ (ވ) އާއި ޕީއެންސީގެ ލީޑަރ އަދުރޭ (ކ)
ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ (ވ) އާއި ޕީއެންސީގެ ލީޑަރ އަދުރޭ (ކ)
މުޒާހަރާކުރަން އަދުރޭ ގެންގުޅޭ ސްޓްރެޓަޖީ އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ އަށް ބަހުގެ ޙަމަލާއެއް ދެއްވައިފިއެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމުގައި ސަރުކާރުން އޮޅުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މިއަދު ކުރުމަށް ތައްޔާރުވި މުޒާހަރާއަކީ ރައްޔިތުން ނުރައްކަލަށް ހުށައެޅޭ ގޮތަށް ހިންގާ ޙަރަކާތަކަށް ވުމާއެކު މުޒާހަރާ ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް އިމްރާން މިއަދު ވިދާޅުވިއެވެ. އަދި އިމްރާން ވަނީ ފުލުހުން މެދުވެރިކޮށް މުޒާހަރާ ހުއްޓުވައި އަދުރޭވެސް ހައްޔަރު ކޮށްފައެވެ.

އަދުރޭ ހައްޔަރު ކުރުމަށްފަހު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުޒާހަރާކުރަން އަދުރޭ ގެންގުޅޭ ސްޓްރެޓަޖީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އިމްރާނާއި އަދުރޭ އަކީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ކުރި މުޒާހަރާތައް ރޭވުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނެވެ.



އެޗްޕީއޭގެ އެންގުމާ ޚިލާފަށް މިއަދު ކުރި މުޒާހަރާއިން ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ އާއި، ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫނާއި، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ހިމެނެއެވެ.

އަދި މުޒާހަރާ ފެށުމުގެ ކުރިން ފުލުހުންވަނީ ކާނަލް ނަޝީދާއި، ފައިސާގޯނި އުފުލިކަމަށް ބުނާ ހޯރަފުށީ މުޙައްމަދު ވެސް ހައްޔަރުކޮށްފައެވެ. މީގެއިތުރުން ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޝާހިދާއި، ފެނަކައިގެ ކުރީގެ އެމްޑީ ނިމާލްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ފުލުހުން ވަނީ ހުރިހާ އެންމެން ވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކޮށް، ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ވަނީ، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން