ޑރ. އަޙްމަދު ޝަހީދު (ވ). ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ (ކ)
ޑރ. އަޙްމަދު ޝަހީދު (ވ). ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ (ކ)
ރަސްކަމުގެ ޒަމާން މިހާރު ނިމިއްޖެ ކަމަށް ވިދާޅުވެ ކުރީގެ ފޮރިން މިނިސްޓަރ އަދި އދ. ގެ ސްޕެޝަލް ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ކޯވިޑް-19ގެ ނުރައްކާ ރާއްޖޭގައި ބޮޑުވެ، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސިއްޙަތު ނުރައްކަލަށް ހުށަހެޅިފައިވާތީ، މާލޭގައި ސިޔާސީ އެއްވުންތައް ނުބޭއްވުމަށާއި، ސިޔާސީ ޙަރަކާތްތައް ޒިންމާދާރު ކަމާއެކު ކުރިއަށް ގެންދިއުމަށް ހޯމް މިނިސްޓްރީން އިއްޔެ ވަނީ އަންގަވާފައެވެ. އަދި އެއްވެއުޅުމުގެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ ރައްޔިތުން ބޮޑު ނުރައްކަލަކަށް ހުށަނޭޅޭ ގޮތަށް ބަލައިގެން ކަމަށާއި، އެނޫން ގޮތަކަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ އިއްޔެ ވިދާޅުވިއެވެ. އަދި އިއްޔެ އިމްރާން ވަނީ އިދިކޮޅު ފަރާތްތަކަށް ސިޔާސީ ގޮތުން ބަހުގެ ހަމަލާތަކެއް ވެސް ދެއްވާފައެވެ.

އިމްރާނުގެ ވާހަކަތަކަށް ރައްދު ދެއްވަމުން މިހާރު އެމެރިކާގެ ނިއުޔޯކުގައި ދިރިއުޅުއްވާ ޑރ. ޝަހީދު ވިދާޅުވީ، އެއްވެސް ކަމަކަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ބުނުމަކީ އަސާސީ މިނިވަންކަމާ ބެހޭ ގޮތުން ޑިމޮކްރެސީއެއްގައި ބޭނުންކުރާ ވަރަށް ވުރެ ހަރުކަށި އަދި ޖަދަލު ކުރުމުގެ ރޫޙެއް ހާމަކޮށްދޭ ޢިބާރާތެއް ކަމަށެވެ.



އަދި "ރަސްކަމުގެ ޒަމާން ނިމިއްޖެ" ކަމަށް ވިދާޅުވެ ޑރ. ޝަހީދު ވަނީ އިމްރާންގެ ވާހަކައަށް ރައްދު ދެއްވާފައެވެ.

އިއްޔެ ޕީޕީއެމުން މާލޭގައި ބާއްވަން މަސައްކަތް ކުރި އެއްވުމާ ގުޅިގެން ހޯމް މިނިސްޓްރީން ބުނެފައިވަނީ ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގެ (ނ) ގައި މުޖުތަމަޢުގެ ދުޅަހެޔޮކަމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މައްސޫލިއްތެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމުގައި ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.

މާލޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި މުޒާހަރާތައް ނުބޭއްވުމަށް ހޯމް މިނިސްޓްރީއާއި ފުލުހުން އިލްތިމާސްކޮށްފައިވަނިކޮށް އިދިކޮޅުން ވަނީ އިއްޔެ ވެސް މާލޭގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރިއަށް ގެންގޮސްފައެވެ. އެ މުޒާހަރާގެ ތެރެއިން އެޕާޓީގެ އިސްވެރިން ހިމެނޭހެން 30 ފަރާތެއް ހައްޔަރު ކުރުމަށްފަހު ރޭގައި ވަނީ ދޫކޮށްލާފައެވެ. ފުލުހުންނާއި ސަރުކާރުން ބުނަނީ އިދިކޮޅުން މުޒާހަރާ ކުރަނީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ކަމަށެވެ. ނަމަވެސް އިދިކޮޅުން ބުނަނީ އެމީހުން ގާނޫނީ ގޮތުން ލިބިފައިވާ ހައްގެއްގެ ބޭނުން ހިފަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


15

ކިނބޫ

02-Mar-2021

އެއް ވައްތަރު ދޭތި ތީ.


2

ކިނބޫ

02-Mar-2021

އެއް ވައްތަރު ދޭތި ތީ.


10

ޏައިކް

02-Mar-2021

މިބުރާންޗެއް ދޯ ކޮންއިރަކު ތަ ނިމުނީ ރަސްކަމުގެ ޒަމާން، ދުނިޔޭގެ އެންމެ ބޮޑު އެއް ގައުމު އިގިރޭސި ވިލާތުގެ އޮތީ ރަސްކަން އަދިވެސް