ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް
މާދަމާ މަޖިލީހަށް ވަޑައިގަންނަވާނީ ވަޒީފާގެ ދިފާޢުގައި ނޫންކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހްގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ 14 މެމްބަރުން ސޮއިކޮށް މެޖޯރިޓީ ލީޑަރ ޢަލީ އާޒިމް މަޖިލީހަށް ހުށައަޅާފައިވާ މައްސަލަ މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާއިރު މާދަމާގެ ޖަލްސާގައި އެ މައްސަލައަށް ޖަވާބުދާރީ ވުމަށް މަލީޙަށް 30 މިނެޓްގެ ފުރުސަތެއް ލިބިވަޑައިގަންނަވާނެއެވެ.

މާދަމާގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލައަށް ޖަވާބުދާރީ ވާނެކަން ހާމަކުރަށްވައި މަލީޙް ވިދާޅުވީ، މާދަމާ ހެނދުނު މަޖިލީހަށް ވަޑައިގަންނަވާނީ ވަޒީފާ ދިފާޢުކުރުމަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މަޖިލީހަށް ވަޑައިގަންނަވާނީ ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ޚިޔާލުފާޅު ކުރުމުގެ ދިފާޢުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދުލާ ޤަލަމުން އެމީހަކަށް ފެންނަ ވާހަކައެއް އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތަށް ފާޅު ކުރުމުގެ މިނިވަންކަން ކޮންމެ ދިވެއްސަކަށް ލިބިގެންވޭ." ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައިވާ ޢިބާރާތް ތަކުރާރު ކުރަށްވަމުން މަލީޙް ވިދާޅުވެފައިވެއެވެ.



އެމްޑީޕީން މިނިސްޓަރ މަލީޙްގެ އިތުބާރުނެތްކަމަށް މަޖިލީހަށް ހުށައަޅާފައިވާއިރު އެކަމުގައި އެމްޑީޕީން މަޖިލީހުގެ ތަޅުމުގައި ޢަމަލުކުރާނެ ގޮތް އަދި ވަނީ ސާފްވާގޮތް ނުވެފައެވެ. އެމްޑީޕީގެ ޕީޖީ ލީޑަރ ވިދާޅުވީ މަލީހުގެ މައްސަލާގައި އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ އެކަމުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން ގޮތެއް ނިންމާނީ މާދަމާ ހެނދުނު ކަމަށެވެ. އަދި އިދިކޮޅު ޕީޕީއެމް އިންވެސް މި މައްސަލާގައި ވަކިގޮތަކަށް ނިންމާފައެއް ނުވެއެވެ.

މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް އެމްޑީޕީން މަލީހް މަގާމުން ވަކި ކުރަން ފެންނަ ކަމަށް ނިންމައި، އެމްޑީޕީގެ ޕީޖީއަށް މައްސަލަ ހުށަހެޅުއްވީ އެ ޕާޓީގެ 10 މެމްބަރަކު ސޮއި ކުރަށްވައެވެ. މައްސަލަ ހުށައެޅުމުން، މިދިޔަ އަހަރުގެ ފަހުކޮޅު އެމްޑީޕީގެ ޕީޖީއިން ފާސްކުރީ މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެންނެވުމަށެވެ. ނަމަވެސް އެކަމުގައި ރައީސް ވަކި ގޮތެއް ނުނިންމެވުމުން އާޒިމް އިސްކޮށް ހުންނަވައި 14 މެމްބަރުންގެ ސޮޔާއެކު މަލީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ހުށައަޅާފައެވެ.

އިންޓަނެޓް އަގު ތިރި ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަން ކުރެވެން އަންނަނީ މަލީހް ހުންނެވި މިނިސްޓްރީގެ ތެރެއިންނެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރު ފުރި ތިން ވަނަ އަހަރަށް އެޅި އިރުގައިވެސް އެކަން ނުވެ އޮތުމުން ސަރުކާރަށް ގިނަ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މަލީހް ވިދާޅުވެފައި ވަނީ އެކަމާ ގުޅިގެން މިނިސްޓްރީން ކުރަންޖެހޭ މަސަައްކަތް ނިންމައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


7

ތުނިޔަ

02-Mar-2021

މިވެރިކަމުގައި ފާލުގާކޮންމެކަމެއްކުރިޔަސް ވާނެކަމެއްނޯންނާނެއެވެ. ކުރިމަތީގާވައްކަންކުރިޔަސް މީހަކު މެރިޔަސް ކުރިމަތީގައި ޒިނޭކުރިޔަސް ރޭޕްކުރިޔަސް ވާނީދޮންބޭސޮރުބުނިވަރު



ޓްރެންޑިން