ކުރީގެ ރައީސް ޑރ. ވަޙީދު (ވ) އާއި މޭޔަރު ޝިފާ (ކ)
ކުރީގެ ރައީސް ޑރ. ވަޙީދު (ވ) އާއި މޭޔަރު ޝިފާ (ކ)
ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިޔާގެ ޓާޓާ ކުންފުންޏާއި ޙަވާލުކޮށްގެން މާލޭގައި އެޅުމަށް ނިންމި ފްލެޓްތައް ހުއްޓުވައި އެ މަސައްކަތް ގަޑުބަޑު ކުރީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ކަމަށް މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނަމަ އެންމެ ރަނގަޅުގޮތަކީ އެމަނިކުފާނު ވެރިކަމަށް ކުރިމަތިލެއްވުންކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ޝިފާ ވިދާޅުވީ، ޑރ. ވަހީދު ވެރިކަމަށް ކުރިމަތިލައްވަންވާނީ މާލޭގެ ބޮޑެތި ބިން ތަކަށް ދީފައިވާ ލަނޑު ސާފުކޮށް ދިނުމަށް ފަހުގައި ކަމަށެވެ.

ޝިފާ ވިދާޅުވީ، ވެރިކަމަށް ކުރިމަތި ލައްވާނަމަ ޑރ. ވަޙީދު ކުރަށްވަންވީ ކަމަކީ މީގެ ކުރިން ފްލެޓް އެޅުމަށް ނިންމި އޯޑިއޯން އާއި ނާދީގެ މައްސަލަ ސާފުކޮށްދިނުން ކަމަށެވެ. އަދި ޓާޓާ ފްލެޓްތައް ކުރީގެ ޕްލޭން އާއި އެއްގޮތަށް ދިޔަނުދީ ގަޑުބަޑު ކުރި މައްސަލަވެސް ސާފުކޮށްދޭން ޖެހޭ ކަމަށް ޝިފާ ވިދާޅުވިއެވެ.



އޭގެ އިތުރުން ޝިފާ ވަނީ މާލޭގެ ކުނީގެ މައްސަލަ ޙައްލުކުރުމަށް ދޮން މީހަކު ގެނެސް ކުޅުނު ކުޅިވަރުވެސް ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ޓާޓާ ފްލެޓްގެ ވާހަކަ ޝިފާ ދެއްކެވިއިރު ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޓާޓާ ކުންފުންޏަށް މާލޭގައި ދެ ފްލެޓް ޢިމާރާތް އަޅަން ދިނީ މާލޭގެ ބޮޑު ދެބިމާއި ފަޅުރަށެއް ލާޖެއްސުމަށްފަހުއެވެ. އެއީ އޯޑިއޯން ހުރި ބިމާއި ނާދީ ހުރި ބިމެވެ. މިބިންތަކާއެކު ދެ ފްލެޓް އިމާރާތުގެ ގްރައުންޑާއި ފުރަތަމަ ބުރިވެސް ލިބެނީ ޓާޓާއަށެވެ. ޓާޓާއާއެކު ވެފައިވާ އެއްބަސްވުމަށް ރައީސް ނަޝީދުގެ ސަރުކާރާއި ޑރ. ވަހީދުގެ ވެރިކަމުގައި ވެސް ބަދަލު ތަކެއް ގެނަސްފައި ވެއެވެ. އަދި ދެ ފްލެޓް އިމާރާތުގެ ބަދަލުގައި ފަޅުރަށް ނުދޭ ގޮތަށް ނިންމައި މާލެއިން ޓާޓާއަށް ދިން ބިން ތަކަށް ވެސް ބަދަލުތަކެއް ގެނައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެއެއްބަސްވުމުގެ ދަށުން ޓާޓާ ކުންފުންޏަށް މާލޭގެ ބަދަލުގައި ބިން ދީފައިވަނީ ހުޅުމާލެއިންނެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ހިންގި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކޮށްގެން ފްލެޓް ތަރައްގީކޮށްފައިވަނީ ކުރިން އަރަބިއްޔާ ހުރި ބިމުގައާއި ގާކޮށި ބިމުގައެވެ. މި އިމާރާތްތަކުގެ ފެންވަރު ދަށްކަމަށް ބުނެ އެތަންތަން ލިބުނު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ.

ޕީއެސްއެމްގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ރޭ ޑރ. ވަހީދު ވިދާޅުވީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވިއްޖެ ހާލަތެއްގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޕީޕީއެމާއި ޕީއެންސީން އެ މަނިކުފާނު ބަލައިގެންފި ނަމަ އިންތިޚާބަށް ނުކުމެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ރާއްޖޭގެ ގާނޫނު އަސާސީއާއި އިންތިޚާބާބެހޭ ގާނޫނުތައް ބުނާ ގޮތުން 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަކަށް ވާދައެއް ނުކުރެއްވޭނެއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ރައީސް ޔާމިންގެ ވެރިކަމުގައި ގެނަސްފައިވާ އިސްލާހެއްގެ ސަބަބުން އިދިކޮޅު ލީޑަރަށް ވުމުގެ ފުރުސަތުވެސް އެމަނިކުފާނަށް ވަނީ ގެއްލިފައެވެ.


ކިޔުންތެރިންގެ ހިޔާލު


11

ސާފު

02-Mar-2021

ބަލަ ސިފާ ތިހުރީ ހަމަހޭގައިތަ? ތިކަން ސާފުވާނީ ހައުސިންގ މިނިސްޓަރަށް. އެކަން ސާފުކޮށްފައެއްނޫންތަ ޓާޓާއިން "ވަން ސެންޓްރަލް" ގެ ނަމުގައި ހުޅުމާލޭގައި ފްލެޓުތައް އެއަޅަނީ. ވަހީދުލައްވާ ކޮންމެހެން ޖެހޭތަ ސާފުކުރަން. ސިފާ ކިޔައިދީބަލަ ސާފުކޮށް. ދެން ކޮބާ ސިންގަޕޫރުމީހުން ފްލެޓުއަޅަންދިން ބިމުގެ މައްސަލަ, އެކަން އަދިނުނިމޭ ސިފާ. އަދި ކުރިޔަށްއޮތީ ތިކަންތައް. ކޮރަލް ބޮލަވާރޑް އެމީހުން ދުވަނީ ސިފާފަހާ



ޓްރެންޑިން