ކެޕްޓަން ޢަލީ އިޙުސާން
ކެޕްޓަން ޢަލީ އިޙުސާން
ރާއްޖޭގައި ހުންނަ ބައެއް ޤައުމުތަކުގެ އެމްބަސީން ބައެއް މީޑިއާތަކަށް ސްޕޮންސަރގެ ނަމުގައި އެކިއެކި އެހީތައް ދެމުން ގެންދާ ކަމަށާއި ނަމަވެސް އެއީ ޤާނޫނެއް ފާސްކޮށްގެންވެސް ހުއްޓުވަންޖެހޭ ކަމެއް ކަމަށް އެމްއެންޑީއެފްގައި ކުރިން ވަޒީފާއަދާކުރެއްވި އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ކެޕްޓަން އިޙްސާން މިއަދު ވިދާޅުވީ، މީޑިއާއަކީ ދަޢުލަތުގެ ހަތަރުވަނަ ބާރު ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކަށް ދަޢުލަތުގެ ބަޖެޓުން ފައިސާ ދޭ ގޮތަށް މީޑިއާތަކަށްވެސް ވަކި އުސޫލަކުން ދަޢުލަތުގެ ބަޖެޓުން ފައިސާދޭން ޖެހޭކަމަށް އިޙުސާން ވިދާޅުވިއެވެ.

އެމްބަސީތަކުން މީޑިއާތަކަށް ސްޕޮންސަރ ދިނުމަކީ ޤައުމުގެ މިނިވަންކަމަށް ބުރޫއަރާފާނެ ކަމެއް ކަމަށް އިޙްސާން ވިދާޅުވިއެވެ.



އިޙްސާން މިފަދަ މޭރުމަކުން ވާހަކަދައްކަވާފައިވާއިރު ބޭރުގެ އެމްބަސީތަކުން ސްޕޮންސަރ ދޭ މީޑިއާތަކަކީ ކޮބައިކަން ހާމަކޮކުރަށްވާފައެއް ނުވެއެވެ. އަދި އެފަދަ ސްޕޮންސަރ ހުށައަޅަމުންދާ އެމްބަސީތަކުގެ ނަންވެސް ވިދާޅުވެފައެއް ނުވެއެވެ.

ނަމަވެސް މިފަހަކަށް އައިސް ބައެއް މީޑިއާ ތަކަށާއި ނޫސްވެރިންނަށް އެހީ ނުވަތަ ފައިސާ ދީގެން ވަކި ޚަބަރުތަކެއް ފެތުރުމަށް މަސައްކަތް ކުރުމުގެ ތުހުމަތު ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގެ މައްޗަށް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން މި ތުހުމަތުތައް ބައެއް ސިޔާސީ ޕޯޑިއަމް ތަކުންނާއި މީސް މީޑިއާގެ އެކި ވަސީލަތްތަކުން ކުރެވެމުން ދާކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން