އިތުބާރު ނެތް ކަމަށް ފާސްކޮށް ރައްޔިތުންގެ މަޖިލީހުން މަޤާމުން ދުރުކޮށްފައިވާ ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބިރު ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މަލީޙް މިއަދު ވިދާޅުވީ، އޭނާ އިއްޔެ މަޖިލީހަށް ވަޑައިގަތީ ވަރަށް ރަނގަޅަށް ހޯމްވޯކް ހައްދަވައިގެން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މަޖިލީސް ޚަރާބުކޮށް ޤާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ހާ އާއި ޚިލާފުވެވަޑައިގެން އޭނާއަށް ބިރު ދައްކާފައި ކަމަށް މަލީޙް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް މަލީޙް ވަނީ ގޮވާލައްވާފައެވެ.
ޤާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ހާ ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެމަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާގޮތުގެމަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓް ދިނުމުގައި ޢަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަޙުޤީޤެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދަޢުވާއެއްކޮށް ހަދައިގެން ނުވާނެ ކަމަށެވެ.
އިއްޔެ މަޖިލީހުގެ ޖަލްސާގައި، ޖަވާބުދާރީވުމަށް ލިބުނު ފުރުސަތުގައި މަލީޙް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މަދު މެންބަރުންތަކެއް، ވަޒީރުންނަށް ކަނޑައެޅިގެން ބިރުދައްކާ ކަމަށެވެ. އެގޮތުން ބައެއް މެންބަރުން ވަޒީރުންގެ މަސްއޫލިއްޔަތު އަދާކުރަން ތަކުރާރުކޮށް ހުރަސް އަޅުއްވައި ބިރުދައްކަމުންދާކަމަށާއި، ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ މަޤާމުން އިސްތިއުފާ ދެއްވީވެސް ބިރު ދައްކައިގެން ކަމަށް މަލީޙް ވިދާލުވިއެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވީ، މިނިސްޓަރ މަލީޙް މަޖިލީހުގައި ދޮގު ވާހަކަ ދައްކަވާފައިވޭތޯ ބެލުމަށް އިމްތިޔާޒު ކޮމިޓީ އަށް ފޮނުއްވާނެ ކަމަށެވެ. އަދި އެގޮތަށް ވާހަކަ ދައްްކަވާފައި ވާނަމަ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަަލްގެ އޮފީހަށް ފޮނުއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު