ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު އޮތްތޯ ބެލުމަށް މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރަށްވާ އަލްހާން ފަހުމީ މީސް މީޑިއާގައި ޕޯލް އެއް ނަގަން ފަށްޓަވައިފިއެވެ.

އަލްހާން ފަހުމީ މީސް މީޑިއާގެ ޓްވިޓަރ ގައި މިހާރު ފަށާފައިވާ މި ޕޯލާއި ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު އޮތްތޯ ބެލުމަށް ނަގާ އާންމު ވޯޓެއް ކަމަށެވެ. އަދި މި ވޯޓުގެ ބޭނުމަކީ ރައީސް ނަޝީދަށް ރައްޔިތުންގެ އިތުބާރުއޮތް މިންވަރު ބެލުން ކަމަށް އޭނާ ވިދާޅުވިއެވެ.



ފަސް ދުވަހުގެ މުއްދަތަށް އަލްހާން ފަށާފައިވާ މި ޕޯލް އަށް ގިނަ ބަޔަކު ދަނީ ވޯޓް ލަމުންނެވެ. ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދިއުމުގައި ރައީސް ނަޝީދު ޢަމަލު ކުރަށްވަމުން ގެންދަވަނީ އެންމެ ރަނގަޅަށް ނޫންކަމަށް ބުނެ ރައީސް ނަޝީދަށްވަނީ ގިޔަ ބައެއްގެ ފާޑުކިއުން އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު