އދ.ގެ ޚާއްސަ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދު
އދ.ގެ ޚާއްސަ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދު
ސިޔާސީ ބާރު ބޭނުންކޮށްގެން ދީނީ އިލްމުވެރިންގެ ފިކުރު ކުރިއެރުވުމަކީ ނުރައްކާ ކަމެއް ކަމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަދި އދ. ގެ ޚާއްސަ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ. އަޙަމްދު ޝަހީދު މި މޭރުމުން ދީނީ ޢިލްމުވެރިންނަށް ރައްދެއް ދެއްވާފައިމިވަނީ ދީނީ ޢިލްމަށާއި، އިލްމުވެރިންނަށް އަދި އިސްލާމްދީނަށް ނަފްރަތުކުރާ ބަޔަކަށް އިސްލާމްދީނުގެ އިލްމުވެރިންގެ ކިބައިގައި ހުންނަންވާ ސިފަތަކާއި ޝަރުތުތައް ނޭގޭނެ ކަމަށް ތަފްސީރު ޢިލްމުވެރިޔާ ޑރ. އިޔާޒް ވިދާލުވުމާ ގުޅިގެންނެވެ. ޑރ. ޝަހީދު މީގެ ކުރިންވެސް ވަނީ އިލްމުވެރިންނަށް އިލްމުވެރިންގެ ގޮތުގައި ތިބެވޭނީ ސިޔާސީ ނުފޫޒުތަކާއި ސިޔާސީ މަޤާމުތަކާއި ބޭނުންތަކާއި އެކަހެރިވެ ތިބެގެންކަމަށް ވިދާޅުވެފައެވެ.

ޑރ. ޝަހީދު މިއަދު ވިދާޅުވެފައިވަނީ، ޢިލްމުވެރިންގެ ފިކުރާ ހޯދުން ކުރި އަރަނީ އެކަންކަމުގެ އޮށްޓަރު ހުރި މިންވަރަކުން ކަމަށެވެ. އަދި ސިޔާސީ ބާރު ބޭނުންކޮށްގެން ޢިލްމުވެރިންގެ ފިކުރު ކުރިއެރުވުމަކީ ނުރައްކާ ކަމެއް ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

ސިޔާސީ ބާރު ބޭނުންކޮށްގެން ދީނީ ފިކުރު ކުރިއަރުވަން އުޅުމަކީ ނުރައްކާ ކަމެއްކަމަށް ޑރ. ޝަހީދު ވިދާޅުވެފައިވާއިރު، ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން އިސްލާމްދީނުގެ ނަމުގައި އަބޫޖަހުލުމެން މަސައްކަތް ކުރިގޮތަށް މަސައްކަތްކުރާކަމަށް އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިޚް ހުސައިން ރަޝީދު އަހުމަދުވެސް ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަން މާލޭ ސަރަޙައްދުގައި ފެތުރެމުން ދިއުމާގުޅިގެން މާލޭގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން އެންގުމުން ބައެއް ދީނީ ޢިލްމުވެރިން ގެންދަވަނީ އެކަމާ ދެކޮޅަށް އަޑު އުފުއްލަވަމުންނެވެ. އެބޭފުޅުންގެ ތެރެއިންވެސް ޑރ. އިޔާޒް ފާހަގަ ކުރެވެނީ އެކަމާ ދެކޮޅަށް އެންމެ އަޑު ހަރުކޮށް ތަކުރާރުކޮށް ވާހަކަ ދައްކަވަމުން ގެންދާ އެއްބޭފުޅެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން