ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ރާއްޖޭގެ ސިޔާސީ މައިދާނަށް އިސްލާޙީ ޙަރަކާތުގެ ނަމުގައި ނުކުންނަން ތައްޔާރުވަމުންދާ "ޑީއެންއޭ" ގައި ތިއްބެވީ ކުރިން ފުރުސަތުލިބި ނަތީޖާ ނުނެރެވުނު ބައެއް ކަމަށް ވިދާޅުވެ ޑީއެންއޭ މޫވްމަންޓްގެ ހަރަކާތްތައް ނުފެށެނީސް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ އެ ހަރަކާތުގެ ބޭފުޅުންނަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުން ބާރުވެރި ކުރުވުމަށް ކަމަށްބުނެ އަލަށް އުފަން ކުރުމަށް މަސައްކަތް ކުރަމުން އަންނަ "ޑީއެންއޭ" އިސްލާހީ ޙަރަކާތް މިރޭ ލޯންޗް ކުރުމަށް ތައްޔާރުވަމުން އަންނާތީ، އެޙަރަކާތުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށް ނިސްބަތްކޮށް ޖެނެރަލް ޑީޑީ ވިދާޅުވީ، ރައްޔިތުން ބާރުވެރި ކުރުވުމަށާއި، ދީން ޙިމާޔަތް ކުރުމަށް "އަލަށް" ނުކުންނަ ބޭފުޅުންގެ ސިޔާސީ މަސައްކަތުގެ "އައު" ކަމާމެދު ވިސްނަންޖެހޭ ކަމަށެވެ.

އަދި އެބޭފުޅުންނަށް މީގެ ކުރިން ދީން ޙިމާޔަތް ކުރުމަށާއި، ރައްޔިތުން ބާރުވެރި ކުރުވުމަށް ފުރުސަތު ލިބުނު ކަމަށާއި، ނަމަވެސް އެކަންކަމަށް ކުރެއްވި ކަމެއް ސާފު ނުވާކަމަށް ޖެނެރަލް ޑީޑީ ވިދާޅުވިއެވެ.

"މި ފޮޓޯއިން ފެންނަ ބޭފުޅުންނަކީވެސް ދީން ޙިމާޔަތް ކުރަން، ރައްޔިތުން ބާރުވެރި ކުރަން ފުރުސަތު ލިބިވަޑައިގެންފަ ވާ ބޭފުޅުން. ކޮން ކަމެއްބާ ކުރެއްވުނީ؟" ޖެނެރަލް ޑީޑީ ވިދާޅުވިއެވެ.

"ޑީއެންއޭ" ގެ ނަމުގައި ރައްޔިތުން ބާރުވެރި ކުރުވުމުގެ ޙަރަކާތެއް އުފެއްދުމަށް މަސައްކަތް ކުރަށްވާ ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރާއި، ރައީސް ޔާމީންގެ ސަރުކާރުގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނާއި، ރައީސް ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މާޒް ސަލީމާއި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަމުން ސުޕްރީމް ކޯޓުން ވަކިކުރެއްވި އަހްމަދު ފަޔާޒާއި އެމްޑީޕީގެ ރައީސް ކަމުން ވަކިކުރި ޑރ. އިބްރާހިމް ދީދީ އާއި އެމްއެންޑީއެފްގެ ރިޓަޔަރޑް ކެޕްޓަން އަލީ އިޙުސާން ހިމެނިވަޑައިގަންނަވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިބޭފުޅުންނަށް ނިސްބަތްކުރަށްވައި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވީ، މިބޭފުޅުން ދެން ވަޑައިގަންނަވާނީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމްގެ އަރިހަށް ކަމަށާއި، އޭރުން ކުރިން ކޮށްފައިހުރި ކަންކަމަށް އަދަބު ނުލިބި ޙިމާޔަތް ވާނެ ކަމަށެވެ.

"ޑީއެންއޭ" ގެ ޙަރަކާތްތައް މިރޭ ރަސްމީކޮށް ފަށާއިރު މި ޙަރަކާތުގެ މަސައްކަތް ތަކުގެ ތެރޭގައި 2023 ގައި އޮންނަ ރިޔާސީ އިންގިޚާބަށް މަސައްކަތް ކުރުން ހިމެނޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ބޮލުރޮދި

05-Mar-2021

ދެން މިހާރު ވެރިކަމުގަތިބީ? ހަމަ އެކައްޗެއް ނޫންބާ? މޮޅެތި ވާހަަކަ ދައްކާތި ކޮންމެ ގޮލަޔަކު.


5

އައްލާ

06-Mar-2021

އެމްޑީޕީއައްކޮންނަތީޖާއްނެރެވެނެއި


-6

މުުހުއްމަދާ

06-Mar-2021

ދީދީމެން ހަދާން ނެތަސް ގައުމުގައި ތިބީ ދެތިން ވައްތަރެއް. ފުރުސަތު ލިބި ކޮންމެވެސް ވަރަކަށް ކަންކުރިމީހުންނާއި, ކަންކުރަންނޭގި ގައުމުގެ ދުވަސް ދުއްވާލި މީހުންނާއި ފުރަތަމަ ބުރުގައި ކަންނުކުރެވުނު މީހުން. ހިތްވަރު ހުންނަމީހުން ދެވަނަ ތިންވަނަ ބުރައްވެސް ނުކުންނާނެ. ވައިޖަހައިގެން މަގާމެއްލިބޭތޯ ވައިއަގަތަޅާކަށް ނުތިބޭނެ.



ޓްރެންޑިން