މިސްކިތުގައި ގައިދުރު ޓޭޕް ދަމަންވާނީ މަގުތަކުގެ ތޮއްޖެހުން ޙައްލުކުރުމަށްފަހު ކަމަށް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
މާލޭ ސަރަޙައްދުގައި ކޯވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާތީ އިސްލާމިކް މިނިސްޓްރީން ވަނީ މާލޭގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު ފަރުޟު ނަމާދުގެ ޖަމާޢަތް ކުރިއަށް ގެންދިއުމަށް ނިންމައި، 7 މިނެޓަށްވުރެ ދިގު ނުވާނެގޮތަށް ޖަމާޢަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
އެކަމާ ގުޅިގެން ޒަރިޔަންދު ވިދާޅުވީ، މިސްކިތަކީ އަތްފައި އަދި މޫނުވެސް ދޮވެގެން އަރާ ތަނެއްކަމަށާއި، މިސްކިތުގައި ގައިދުރުކުރަން އަންގަންވާނީ މާލޭގައި ތޮއްޖެހިގެން ކުރާ އެހެނިހެން ކަންތައްތައް ހުއްޓުމަށް ފަހު ކަމަށެވެ. އެގޮތުން އަތުގުޅައިގެން ބާޒާރަށް ދިއުމާއި، ކަންކަންމަތީ ގްރޫޕްހަދައިގެން ތިބުމާއި، ޓްރެކަށްގޮސް ދާތަކާއެކު އެކަކު އަނެކަކު އުނގުޅޭ އުނގުޅުން ކޮންޓްރޯލް ކުރުމަށް ޒަރިޔަންދު ވަނީ ގޮވާލައްވާފައެވެ.
ޒަރިޔަންދުވެ ވާހަކައަށް ތާޢީދުކޮށް ތަފްސީރު ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒް ވިދާޅުވީ، އޭނާވެސް ދައްކަނީ އެވާހަކަ ކަމަށާއި ޒަރިޔަންދު ފާހަގަކުރަށްވާފައިވާ ކަންކަމަކީ ކޮންމެހެންވެސް ޙުއްޓެން ޖެހޭ ކަންކަން ކަމަށެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަން މާލޭ ސަރަޙައްދުގައި ފެތުރެމުން ދިއުމާގުޅިގެން މާލޭގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން އެންގުމުން ބައެއް ދީނީ ޢިލްމުވެރިން ގެންދަވަނީ އެކަމާ ދެކޮޅަށް އަޑު އުފުއްލަވަމުންނެވެ. އެއްބަޔަކު ވަކާލާގު ކުރަނީ މިސްކިތުގައި ގައިދުރުކޮށް ޖަމާޢަތް ހެދުމަކީ މިވަގުތަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވެއެވެ. އަނެއް ބަޔަކު ވިދާޅުވަނީ އެފަދަ ޟަރޫރަތެއް އަމްދުން ނެތް ކަމަށެވެ. ކޮވިޑް ކޮންޓްރޯލުން ނެއްޓިފައިވާތީ ސިއްހީ މާހިރުން ބޭނުންވަނީ ފިޔަވަޅުތައް އަދިވެސް ހަރުކަށި ކުރުމަށެވެ.

އަތްފައި މޫނުދޮވެގެން ނަމާދަށްއަރާ މިސްކިތުގައި ގައިދުރު ޓޭޕް ދަމަންވާނީ، މާފަންނު ޓްރެކްގައި އުނގެޅެމުން މިދުވާދުވުމާއި، ކަންކަންމަތީ އެކަކު އަނެކަކާއި ޖެހިގަނެގެެންތިބުމާއި، އަތިގުޅާލައިގެން ބާޒާރަށްދިޔުން ކޮންޓްރޯލްކުރުމަށްފަހު.
— Ismail Zariyand (@zariyand) March 3, 2021
ޒަރިޔަންދުވެ ވާހަކައަށް ތާޢީދުކޮށް ތަފްސީރު ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒް ވިދާޅުވީ، އޭނާވެސް ދައްކަނީ އެވާހަކަ ކަމަށާއި ޒަރިޔަންދު ފާހަގަކުރަށްވާފައިވާ ކަންކަމަކީ ކޮންމެހެންވެސް ޙުއްޓެން ޖެހޭ ކަންކަން ކަމަށެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަން މާލޭ ސަރަޙައްދުގައި ފެތުރެމުން ދިއުމާގުޅިގެން މާލޭގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން އެންގުމުން ބައެއް ދީނީ ޢިލްމުވެރިން ގެންދަވަނީ އެކަމާ ދެކޮޅަށް އަޑު އުފުއްލަވަމުންނެވެ. އެއްބަޔަކު ވަކާލާގު ކުރަނީ މިސްކިތުގައި ގައިދުރުކޮށް ޖަމާޢަތް ހެދުމަކީ މިވަގުތަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވެއެވެ. އަނެއް ބަޔަކު ވިދާޅުވަނީ އެފަދަ ޟަރޫރަތެއް އަމްދުން ނެތް ކަމަށެވެ. ކޮވިޑް ކޮންޓްރޯލުން ނެއްޓިފައިވާތީ ސިއްހީ މާހިރުން ބޭނުންވަނީ ފިޔަވަޅުތައް އަދިވެސް ހަރުކަށި ކުރުމަށެވެ.
ކިޔުންތެރިންގެ ހިޔާލު