ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށް ގެންދިޔަ ބިޔަ މަޝްރޫޢުގެ ދަށުން މުހިންމު ލަނޑުދަނޑިތަކެއް ޙާޞިލްކުރެވި، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ އޮނިގަނޑު އިތުރަށް ހަރުދަނާވެ އިޤްތިޞާދީ އައު ދޮރުތަކެއް ހުޅުވިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
އެމްއޭސީއެލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިރުޝާދުގެ ދަށުން ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެއަރޕޯޓުގެ ވަސީލަތްތަކާއި އޮޕަރޭޝަންތަކަށް ވަނީ އިންޤިލާބީ ބަދަލުތަކެއް ގެނެވިފައި ކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެ، ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި އެއަރޕޯޓުގެ ދައުރު ވަރުގަދަވެގެން ގޮސްފައިވާ ކަމަށް އެ ބަޔަނުގައިވެއެވެ. އަދި މިއީ ފަތުރުވެރިކަމަށާއި، ވިޔަފާރިއަށް އަދި ޤައުމީ އިޤްތިޞާދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
އެމްއޭސީއެލް އިން ބުނީ، މި ތަރައްޤީގެ އެންމެ މުހިންމު އެއް ބިންގަލަކީ 26 ޖުލައި 2025 ގައި ރަސްމީކޮށް ހުޅުވުނު އައު ބައިނަލްއަޤްވާމީ ޕެސެންޖަރ ޓަރމިނަލް (ޓަރމިނަލް 1) ކަމަށެވެ. މި ޒަމާނީ ވަސީލަތުގެ ސަބަބުން ދަތުރުވެރިންގެ ތަޖުރިބާ މުއްސަނދިވެ، ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޑިމާންޑާ އެއްވަރަށް ފުރިހަމައަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ވަނީ އިތުރުވެފައެވެ. މީގެއިތުރުން، އެތެރޭގެ އުދުހުންތަކަށް ޚާއްޞަކޮށްގެން ތަރައްޤީކުރި ޓަރމިނަލް 2، 17 ފެބުރުވަރީ 2026 ގައި ހުޅުވުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ގޮސްފައިވެއެވެ.
ވައިގެ މަގުން މުދާ އުފުލުމުގެ ދާއިރާއަށް ބަލާއިރު، "ސީ-ޓު-އެއަރ ކާގޯ" އިނީޝިއޭޓިވްގެ ދަށުން ވެސް ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން 15 ޖެނުއަރީ 2024 ގައި އިމްޕޯޓް ކާގޯގެ ޚިދުމަތް ފަށައި، 11 އޮގަސްޓު 2024 ގައި އެކްސްޕޯޓް ކާގޯގެ އޮޕަރޭޝަންތައް ފެށުމާއެކު، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވައިގެ މަގުން މުދާ އުފުލުމުގެ ފުރުޞަތުތައް ފުޅާކުރުމުގެ ޤާބިލުކަން އެއަރޕޯޓަށް ވަނީ ލިބިފައެވެ.
ހަމައެއާއެކު، އެއަރޕޯޓުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 7 ނޮވެމްބަރު 2024 ގައި ވަނީ އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމްގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ބަޔާނުގައިވެއެވެ. މިއާއެކު ބޯޓުފަހަރަށް ތެޔޮ އެޅުމާއި ތެޔޮ ރައްކާކުރުމުގެ ނިޒާމު އެތައް ގުނައަކަށް ވަނީ ފުޅާވެފައި ކަމަށާއި، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައި 27 ޖޫން 2024 ގައި ހުޅުވި އައު ފަޔަރ ސްޓޭޝަނުގެ ސަބަބުން ކުއްލި ޙާލަތްތަކަށް އަވަހަށް އިޖާބަދިނުމުގެ ޤާބިލުކަން ވެސް ވަނީ އެތައް ގުނައަކަށް އިތުރުވެފައި ކަމަށް ބަޔާނުގައިވެއެވެ.
އެމްއޭސީއެލް އިން ވަނީ، މި މަޝްރޫޢުތަކަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ޒަމާނީ ކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅުތަކެއްކަން ފާހަގަ ކޮށްފައެވެ. މީގެ ފައިދާ އެއަރޕޯޓުގެ ހިންގުން ހަރުދަނާވުމުގެ އިތުރުން، ފަތުރުވެރިކަމަށާއި، ވިޔަފާރިތަކަށާއި، އެތެރޭގެ ދަތުރުފަތުރަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ވާދަވެރިކަން އިތުރުކުރުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އޭގެ އިތުރުން އެ ކުންފުނީގެ މައިގަނޑު އަމާޒަކީ މި ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފައި، ދުނިޔޭގެ އޭވިއޭޝަން ދާއިރާއަށް އަންނަ ބަދަލުތަކާ ފައިހަމަކުރެވޭނެ ފަދަ މަތީ ފެންވަރެއްގެ ޚިދުމަތެއް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުން ކަމަށާއި، މި ކުރިއެރުންތަކާއެކު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ މުޅި ސަރަޙައްދުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ފުރިހަމަ ޚިދުމަތްތަކެއް ދޭ ތަނަކަށް ހެދުމަށް ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެމްއޭސީއެލްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު