ދުންޔާ މައުމޫން
ދުންޔާ މައުމޫން
ކިޔަވައިގެން މޮޅު ކުއްޖަކަށްވެގެން މިޤައުމުގައި ލިބޭނެ ފައިދާއެއް ނެތް ކަމަށް ރައީސް ޔާމީންގެ ސަރުކާރުގައި ޚާރިޖީ ވަޒީރުކަން ކުރެއްވި ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދިވެހި ނޭޝަނަލް އެކްޝަން، ޑީއެންއޭ އިފްތިތާޙް ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ދުންޔާ ވިދާޅުވީ، ރާއްޖެ އިސްލާޙު ކުރުމަށް ރައީސް މައުމޫންގެ ވެރިކަމުގައި ފެށި މަސައްކަތުން މިއަދާ ހަމައަށް އާދެވުނުއިރު އެކަށީގެންވާ ނަތީޖާއެއް ނެރެވިފައި ނެތްކަމަށެވެ. އަދި 2008 އިން 2021 އަށް ކުރިއަށް އެޅުނު ފިޔަވަޅަށްވުރެ ފަހަތަށް އެޅުނު ފިޔަވަޅު ގިނަކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އެދުވަހު ދުށް ހުވަފެނާއި ގާތަށްވެސް ދެވިފައި ނުވާކަމަށާއި، ރައްޔިތުންގެ ދިރިއުޅުން އިތުރަށް ދަތިވެފައިވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ، ދިވެހިންގެ މަސައްކަތުން މިނިވަން މުއައްސަސާތަކެއް އުފައްދައި ދަޢުލަތުގެ ބާރުތައް ވަކިކޮށް ފާރަވެރި ކުރެވުނު ކަމަށެވެ. އަދި ޝަރުޢީ ނިޒާމް ވަރުގަދަކޮށް މިނިވަން ކުރުމަށް ފިޔަވަޅުތަކެއް އެޅުނުކަމަށާއި، މިނިވަން މީޑިއާއެއް ޤާއިމް ކުރުމަށް މަސައްކަތް ކުރެވުނުކަމަށް ދުންޔާ ވިދާޅުވިއެވެ. ނަމަވެސް ކޮރަޕްޝަން ނައްތާލަން އަންނަ ސަރުކާރުތަކުގެ ކޮރަޕްޝަން ކުރިއަށްވުރެ ގިނަ ކަމަށާއި، ކޮރަޕްޓް ވެރިން އުފެދޭ މިންވަރުވެސް އިތުރުވެފައިވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.

"ކިޔަވައިގެން މޮޅު ކުއްޖަކަށް ވެގެން ލިބޭނެ ފައިދާއެއް މިޤައުމުގައި ފެންނާކަށް ނެތް. ތަޢުލީމީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ނުލިބި ނާޤާބިލް އެކްޓިވިސްޓުން ފުރިފައިވާ ސަރުކާރުތައް އަންނާތީ އަޅުގަނޑުމެން އެންމެން ހިތާމަ ކުރަން." މިރޭގެ ޙަފްލާގައި ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރެވޭވަރުގެ އިދިކޮޅު ޕާޓީއެއް ވެސް ނެތް ކަމަށެވެ. އަދި ސަރުކާރުތަކަށް ދިވެހި ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައި ނުދެވޭކަމަށް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ އުންމީދުގެ ހުޅުކޮޅު ދަނީ ނިވެމުން ކަމަށާއި، އަދިވެސް ގޮވަނީ ތިރީސް އަހަރުގެ ވާހަކަ ކަމަށެވެ. އަދި މައްސަލަތައް ޙައްލު ނުކޮށް އަދިވެސް ގެންގުޅެނީ އެހެން ބައެއްގެ ބޮލުގައި ކަންކަން އެޅުވުމުގެ ސަޤާފަތްކަމަށް މިރޭގެ ޙަފްލާގައި ދުންޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އަލީ

06-Mar-2021

ބަންގލަދޭޝް މީހަކާ އިނީތީ އެމީހާގެ ރިސޯޓް މުޅިރާއްޖޭ. މިގައުމު މިއުޅެނީ ދުއްޏާގެ ދަރިންގެ ކިބައިން ސަލާމަތް ނުވެވިގެން


6

ކާފަބޭ2020

06-Mar-2021

ޚިޔާލު! ދެބޯގެރިދުއްވަން އުފެއްދިޙަރަކާތެއް ފަރުދާގެފުރަގަހުގައިތިބީ "ހިޔަޅުންގެ"ޓީމެއް ވަރަށްވެދުން ސޮރީ



ޓްރެންޑިން