ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ ކެމްޕޭން ޙަރަކާތެއްގައި ސިއްޙަތާބެހޭ ވަޒީރު އަޙްމަދު ނަސީމަށް މުޚާތަބްކުރެއްވި ގޮތަކީ ޢިބުރަތެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ސިލްސިލާކޮށް އޮންލައިންކޮށް ކުރިއަށްގެންދާ ރަށްވެހި ފަތިސް ކެމްޕެއިން ބައްދަލުވުންތަކުގެ ތެރެއިން ރ. އަތޮޅުގެ ކެމްޕެއިން ޓީމްތަކާއެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް އަދަބު އިޙްތިރާމް ކުޑަވާފަދަ ގޮތަކަށް އަމަލުކުރައްވާފައެވެ.

އެކަމާ ގުޅިގެން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ރައީސް ނަޝީދު ހެލްތް މިނިސްޓަރަށް މުޚާތަބް ކުރެއްވިގޮތް އެއީ ޢިބްރަތެއް ކަމަށާއި، އެއީ މިނިސްޓަރ ނަސީމް ވިސްނާވަޑައިންނަވަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން މިނިސްޓަރ ނަސީމްވަނީ މަޖިލީހުގެ ކޮމިޓީއެއްގައި ޝައިޚުން ފިތުނަ އުފައްދާކަމަށް ވިދާޅުވެފައި ކަމަށާއި، އޭގެ ބަދަލު މިނިސްޓަރ ނަސީމަށް ލިބިވަޑައިގެންނެވީ މަޖިލީހުގެ ރައީސްގެ ފަރާތްޕުޅުން ލައިވް ޓީވީގައި ކަމަށް ޒައިދު ވިދާޅުވިއެވެ.



އަދި މިއީ ވިސްނާ ބަޔަކަށް ޢިބުރަތެއްކަމަށްވެސް ޒައިދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން އޮންލައިންކޮށް ކުރިއަށްދިޔަ ބައްދަލުވުމެއްގައި ނަސީމް ވާހަކަދައްކަވަނިކޮށް ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުން، އެކަމުގެ ނުރުހުން ރައީސް ނަޝީދު "ބޭލީ" ހެލްތު މިނިސްޓަރ ނަސީމަށެވެ. އަދި ކޮންމެސް ބޭފުޅަކު ނަސީމަށް ގުޅުއްވާފައި މިކަންކަން ހިނގާ ގޮތް ކިޔައި ދެއްވުމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ވަރަށް ރުންކުރުކޮށް މުހާޠަބު ކުރެއްވުމުން މީސް މީޑިއާގައި އެވިޑިއޯ ކްލިޕް ހިއްސާކޮށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ރައީސް ނަޝީދަށް އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޒާހިދު

06-Mar-2021

އޭރުވެސް އަދި މިހާރުވެސް އަހަރެން މިބުނަނީ ނަޝީދަކީ ޖާހިލެކޭ. ބަޔަކަށް އެކަން ގަބޫލުނުވެގެން އެމަލްއޫނު ފަހަތުން ދުވަނީ


-2

މާސްޓަރ

06-Mar-2021

ސާބަހޭ. އެވާހަކައިން މަށަށް ދޭހަވީ ދެމީހުންގެ އެކުވެރިކަމާއި ގާތްކަން. ދިވެހި ދެ ގާތް ދެރަޙްމަތްތެރިން ވާހަކަ ދައްކާއިރު މިކަހަލަ ގޮތަކަށް ދިމާކޮށްލާނެ! މިކަން ނޭގީގެން ނޫން ނޫސްވެރިން މިކަން ސިޔާސީ ކޮށްލައިގެން މިއުޅެނީ.



ޓްރެންޑިން