ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ މޮނީޓަރިން ހާލަތަށް ބަދަލުކޮށް ރަށަށް ލަފާފުރުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ މޮނީޓަރިން ހާލަތަށް ގެންގޮސް އެ ސިޓީއަށް އަރާ ފޭބުން މަނާ ކުރީ އެ ރަށުން ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެންނެވެ.

އެ ރަށުން އަލާމާތްތައް ފެނިފައި ވަނީ ށ. ނަރުދޫ “އަމާޒު” ބޯޓުގައި ދަތުރުކުރި މީހެއްގެ ފަރާތުންނެވެ. އޭނާ ދިރިއުޅޭ "ކިރުދޫނިގެ" މިހާރު ވަނީ ކަރަންޓީނު ކޮށްފަ އެވެ.

ނަރުދޫ، އަމާޒު ބޯޓުގެ ކެޕްޓަން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެ ބޯޓު 13 ރަށަކަށް ދަތުރު ކޮށްފައިވާއިރު އޭގައި 98 މީހަކު ދަތުރުކުރި އެވެ. ބޯޓު ދަތުރުކުރި ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ނުހިމެނުނު ނަމަވެސް އެ ބޯޓުގައި ކުޅުދުއްފުށީ ސިޓީގެ ތިން މީހަކު ދަތުރުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިއަދު އެޗްޕީއޭ އިންވަނީ އޭގެ ތެރެއިން ކިރުދޫނިގޭގައި ދިރިއުޅޭ މީހާގެ ސާމްޕަލް ނަގާފައެވެ. އޭނާގެ ގައިން ސާމްޕަލް ނެގީ، އޭނާގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިގެންނެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ކޯވިޑް-19 ފެތުރެމުން އަންނަ އިރު މިއަދު ރާއްޖެއިން ވަނީ 50 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން