ޕީޕީއެމް އިން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން
ޕީޕީއެމް އިން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން
އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން 17 މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިއަދުގެ މުޒާހަރާގެ ތެރެއިން މިހާތަނަށް 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިއަދު ކުރިއަށްދާ މުޒާހަރާއަކީ ޤާނޫނީ އިމުގެ ބޭރުން ކުރާ މުޒާހަރާއެއްކަމަށް ބުނެ މުޒާހަރާ ހުއްޓުވާނެ ކަމުގެ އިންޒާރު ފުލުހުންވަނީ ދީފައެވެ. އަދި ފުލުހުން ވަނީ ޕީޕީއެމްގެ އޮފީހަށް ދެވެން އޮތް ހުރިހާ މަގެއް ބަންދުކޮށްފައެވެ.

ނަމަވެސް އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުންވަނީ މާލޭގެ އެކި ސަރަޙައްދުތަކަށް އެއްވެ މުޒާހަރާ ކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި މިރޭ 6 ގެ ފަހުންވެސް ހުއްޓާނުލާ މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަތީފް ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި މިއަދު މުޒާހަރާކުރަމުން ދާއިރު އެޗްޕީއޭއިން ވަނީ މަގުތަކަށް އެއްފަހަރާ 5 މީހުންނަށްވުރެ ގިނަ މީހުން އެއްވެ ނޫޅެވޭނެކަން އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން