މަޝްހޫރު ތަފްސީރު ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް، އަދާކުރަށްވަމުން ގެންދެވި ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނެވި ޑރ. އިޔާޒް ސަސްޕެންޑް ކޮށްފައިވަނީ 14 ދުވަހުގެ މުއްދަތަށެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކުގެ ސަބަބުން އެކަމުގެ ނުރަނގަޅު އަސަރު މުޖުތަމަޢަށް ފޯރާތީ އެކަން ތަހުގީގު ކުރުމުގެ ގޮތުންނެވެ.
އެކަމާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ، ހަކުރާގޭގައި އެކޮޅުކޮޅުން އެލުވާފައި ހަވަރަށް ދިނަސް ޙައްޤުބަސް ބުނުމަށް ފަސް ނުޖެހޭނެ ކަމަށެވެ. އަދި ގައިދުރުކޮށް ފަރުޟު ނަމާދުގެ ޖަމާޢަތް ހެދުމަކީ ބޮޑުވެގެންވާ މުންކަރާތެއް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
"ބިރުން އެއްޗެކޭ ނުބުނެ ދުނިޔޭގެ އަދަބުން ސަލާމަތް ވެވުނަސް ޤިޔާމަތް ދުވަހު ﷲގެ ޙަޟުރަތުގައި ދޭނީ ކޮން ޖަވާބެއްތޯ؟ މިއީ 2020 ގެ ބިދުޢަ އެއް." ޑރ. ޢިޔާޒް ވިދާޅުވެފައިވެއެވެ.
ޑރ. އިޔާޒް މީސްމީޑިއާގައި ސިޔާސީ ޕޯސްޓް ކުރަށްވާކަމަށް ބުނެ ޔުނިވަރސިޓީން މީގެ ކުރިން ވަނީ ޑރ. އިޔާޒަށް އިންޒާރުވެސް ދީފައެވެ. އޭގެ ފަހުންވެސް މާލޭ ސަރަޙައްދުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ނިންމުމުން އެކަމަށް ދެކޮޅުހައްދަވައި ގިނަ ވާހަކަތަކެއް ޑރ. އިޔާޒް ދައްކަވާފައިވެއެވެ.
އެގޮތުން ރަސް އޮންލައިނަށް ދެއްވި އިންޓަވިއު އެއްގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ގައިދުރުކޮށް ނަމާދުކުރަން ބުނާނަމަ މައްކާގެ ޙަރަމްފުޅުގެ ނަމާދު ޓީވީ އިން އަޅުވައިގެން ގޭގެ ކޮޓަރި ތެރޭ ހުރެ ނަމާދު ކުރުން ރަނގަޅުވާނެ ކަމަށާއި، އޭރުން ޙަރަމްގައި ނަމާދު ކުރުން ކަމަށްވެސް ވެދާނެކަމަށެވެ.
އިޔާޒް ވިދާޅުވީ ކޯވިޑް-19 އަކީ ކުރިމަތިވެފައިވާ ބޮޑު އިމްތިޙާނެއް ކަމަށާއި، މި އިމްތިޙާނުން ފާސްވުމަށް الله ގެ ދީނަށް ރުޖޫޢަވާން ޖެހޭކަން ގަބޫލުކޮށް އެކަން މީސްތަކުންނަށް ވިސްނައިދޭން ޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ދީނުގެ ތެރެއަށް الله އެންމެ ރުހިވޮޑިގެން ނުވާ ބިދުޢަވެރިކަން އަޅުކަމުގެ ތެރެއަށް ވައްދަން ވެއްޖެނަމަ މިބަލިން ސަލާމަތްވުން ވާނީ ލަސްތޯ އަވަސްތޯ އަމިއްލަ ނަފްސަށް ސުވާލުކޮށްލަން އެބަ ޖެހޭ ކަމަށް އިޔާޒް ވިދާޅުވިއެވެ.

Mi manzaru dhekeykah faseyha eh noon. Miee bodu vegen vaa munkaraatheh. Birun echchekey nubune Dhuniyeege adhabun salaamaiy vevunas giyaamaiy dhuvahu Allah ge hazrathugai dheynee kon javaabeh tho? Miee 2020 ge bidhu'a eh. والله المستعان
— Dr.Mohamed Iyaz (@dr_iyaz) March 5, 2021
ޑރ. އިޔާޒް މީސްމީޑިއާގައި ސިޔާސީ ޕޯސްޓް ކުރަށްވާކަމަށް ބުނެ ޔުނިވަރސިޓީން މީގެ ކުރިން ވަނީ ޑރ. އިޔާޒަށް އިންޒާރުވެސް ދީފައެވެ. އޭގެ ފަހުންވެސް މާލޭ ސަރަޙައްދުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ނިންމުމުން އެކަމަށް ދެކޮޅުހައްދަވައި ގިނަ ވާހަކަތަކެއް ޑރ. އިޔާޒް ދައްކަވާފައިވެއެވެ.
އެގޮތުން ރަސް އޮންލައިނަށް ދެއްވި އިންޓަވިއު އެއްގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ގައިދުރުކޮށް ނަމާދުކުރަން ބުނާނަމަ މައްކާގެ ޙަރަމްފުޅުގެ ނަމާދު ޓީވީ އިން އަޅުވައިގެން ގޭގެ ކޮޓަރި ތެރޭ ހުރެ ނަމާދު ކުރުން ރަނގަޅުވާނެ ކަމަށާއި، އޭރުން ޙަރަމްގައި ނަމާދު ކުރުން ކަމަށްވެސް ވެދާނެކަމަށެވެ.
އިޔާޒް ވިދާޅުވީ ކޯވިޑް-19 އަކީ ކުރިމަތިވެފައިވާ ބޮޑު އިމްތިޙާނެއް ކަމަށާއި، މި އިމްތިޙާނުން ފާސްވުމަށް الله ގެ ދީނަށް ރުޖޫޢަވާން ޖެހޭކަން ގަބޫލުކޮށް އެކަން މީސްތަކުންނަށް ވިސްނައިދޭން ޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ދީނުގެ ތެރެއަށް الله އެންމެ ރުހިވޮޑިގެން ނުވާ ބިދުޢަވެރިކަން އަޅުކަމުގެ ތެރެއަށް ވައްދަން ވެއްޖެނަމަ މިބަލިން ސަލާމަތްވުން ވާނީ ލަސްތޯ އަވަސްތޯ އަމިއްލަ ނަފްސަށް ސުވާލުކޮށްލަން އެބަ ޖެހޭ ކަމަށް އިޔާޒް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު