ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު
އެމްޑީޕީގެ ވަކަރުގޭ މީހުން ދައްކާ ބިރަކަށް ފަހަތަކަށް ނުޖެހޭނެ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވަރސިޓީން މިއަދުވަނީ ޢަލީ ޒައިދުގެ އެކުވެރިޔާ ޑރ. އިޔާޒް ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކުގެ ސަބަބުން އެކަމުގެ ނުރަނގަޅު އަސަރު މުޖުތަމަޢަށް ފޯރާތީ އެކަން ތަހުގީގު ކުރުމުގެ ގޮތުންނެވެ.

އެކަމާ ގުޅިގެން ޑރ. އިޔާޒަށް ހިތްވަރު ދެއްވަމުން ޢަލީ ޒައިދު ވަނީ ޑރ. އިޔާޒް ސާބިތުވެ ކުރިޔަށް ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. އަދި ލާދީނީ މީހުން ދައްކާ ބިރަކަށް ފަހަތަށް ޖެހުމެއް ނެތްކަމަށްވެސް ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވެއެވެ.

ޢަލީ ޒައިދު ވިދާޅުވީ، މިއީ އިމްތިޙާނުގެ ވަގުތު ކަމަށާއި، މި ވަގުތު ކެތްތެރިވާން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީގެ ވަކަރުގޭ މީހުން ދައްކާ ބިރަކަށް ފަހަތަކަށް ނުޖެހޭނެ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.



ޝައިޚް ޢަލީ ޒައިދުގެ ޓްވީޓާ ގުޅިގެން ޑރ. ޢިޔާޒް ވިދާޅުވީ، ހަކުރާގޭގައި އެކޮޅުކޮޅުން އެލުވާފައި ހަވަރަށް ދިނަސް ޙައްޤުބަސް ބުނުމަށް ފަސް ނުޖެހޭނެ ކަމަށެވެ.

ޑރ. އިޔާޒް މީސްމީޑިއާގައި ސިޔާސީ ޕޯސްޓް ކުރަށްވާކަމަށް ބުނެ ޔުނިވަރސިޓީން މީގެ ކުރިން ވަނީ ޑރ. އިޔާޒަށް އިންޒާރުވެސް ދީފައެވެ. އޭގެ ފަހުންވެސް މާލޭ ސަރަޙައްދުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ނިންމުމުން އެކަމަށް ދެކޮޅުހައްދަވައި ގިނަ ވާހަކަތަކެއް ޑރ. އިޔާޒް ދައްކަވާފައިވެއެވެ.

އެގޮތުން ޑރ. އިޔާޒް ވިދާޅުވެފައިވަނީ ގައިދުރުކޮށް ފަރުޟުނަމާދުގެ ޖަމާޢަތް ހެދުމަކީ 2020 ގެ ބިދުޢައެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


0

ބަދުރު

07-Mar-2021

ބަލަ ޒައިދުވެސްތިހުރީ ވަކަރުގޭ ދަރިންނަށް ބައިއަތުވެސް ހިފައިގެން ނޫންތޯ



ޓްރެންޑިން